ރައީސް ޔާމީން ޕޮލިހަށް ވަޑައިގަތުމަށްފަހު ނިކުންނަވަނީ/ ފޮޓޯ: ހަމަ
ހަބަރު
21 Feb 2023 | 17:17
ރައީސް ޔާމީނަށް ކުރި ހުކުމް އިސްތިއުނާފު ކޮށްފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީނަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފިއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފްކޮށްފައިވާ ކަމަށާއި ހުށަހެޅި އިސްތިއުނާފް ގައި ހުރި ކަންކަމަށް ބަލައި، އިންސާފުވެރި ޝަރީއަތެއް ހިންގައިފި ނަމަ، އިރާދަކުރެއްވިޔާ އިސްތިއުނާފު ކާމިޔާބު ވާނެކަމަށެވެ.

"މާތް ރަސްކަލާނގެ ތަނަވަސް ރަހުމަތާއި އެކީގައި އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް. މި އިސްތިއުނާފް ކާމިޔާބު ވާނެ ކަމަށް ވަރަށް ފުރިހަމަ ޔަގީން ކަމެއް އެބައޮތް."

"އަޅުގަނޑުމެން މި މަސައްކަތް ކުރީ ވަރަށް ޔަގީން ކަމާއި އެކީގައި. އަޅުގަނޑުމެންނަށް މީގެން ފެނުނު ކަންތައްތައް އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރުކަން އެބައޮތް ރާއްޖޭގައި ގާނޫނު ކިޔަވައިގެން ތިބި ބޭފުޅުންނެއް ގަބޫލެއް ނުކުރާނެ ކަން ހެދި ގޯސްތައް ހިފަހައްޓަން. އެހެންވީމާ މި ކާމިޔާބު ވާނެ. ރައީސް ޔާމީން އިރާދަކުރެއްވިޔާ މި އަހަރު ބޭއްވޭ އިންތިޚާބުގައި މިނިވަންކަމާއި އެކީގައި ތިޔަބޭފުޅުންގެ އަރިހަށް ވަޑައިގަންނަވާނެ ކަމުގެ ވަރަށް ފުރިހަމަ ޔަގީން ކަން އަޅުގަނޑަށް އެބައޮތް" ޑރ. ޖަމީލް ވިދާޅުވި އެވެ. 

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

މި މައްސަލަ އިސްތިއުނާފް ނުކުރެވި ލަސްވަމުންދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ރައީސް ޔާމީންގެ ވަކީލުންނަށާއި ޕީޕީއެމަށްވެސް އަމާޒުވެގެން ދިޔައެވެ. އެހެން ނަމަވެސް، އިސްތިއުނާފު ލަސްވެފައިވަނީ، ލިޔެކިޔުންތައް ނުލިބި އަދިވެސް އެފަދަ މައްސަލަތައް ހުރުމުން ކަމަށް އެމަނިކުފާނުގެ ގާނޫނީ ޓީމުން އޭރުވެސް ދިޔައީ ބުނަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ