ރައިސް ޔާމީންގެ ގާނޫނީ ޓީމުން ދެއްވި ޕްރެސް ކޮންފަރެންސް/ ފޮޓޯ: ޕީޕީއެމް
ހަބަރު
22 Feb 2023 | 18:14
ރައީސް ޔާމީންއަށް ހުކުން ކުރާ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމަކީ ބޮޑު ގޯހެއް: ޑރ ޖަމީލު

ޕީޕީއެމް ގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ހުކުން ކުރާ ކޮންމެ ފަނޑިޔާރަކަށް ޕްރޮމޯޝަން ދިނުމަކީ ބޮޑު ގޯހެއްކަމަށް، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ވ އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ކުރި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެކަމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ޑރ ޖަމީލު ވަނީ ޝަރުއީ ދާއިރާއަށް އޮތް ސިޔާސީ ނުފޫޒުތަކަށް އަލިއަޅުވާލައްވާ މުހިންމު ވާހަކަތަކަށް ހިއްސާކުރައްވާފަ އެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހުކުން ކުރާ ކޮންމެ ފަނޑިޔާރަކަށް އެފަހުން ޕްރޮމޯޝަން ލިބިގެން ދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި އެހީ ޖުޑިޝަރީގެ ނަޒާހަތްތެރިކަން ގެއްލި، ކޯޓުތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. 

"ރައީސް ޔާމީންގެ މައްސަލައިގައި އެންމެ ފުރަތަަމަ މައްސަލައިގައި ހުކުން އިއްވި ފަނޑިޔާރަށް ޑިރެކްޓު ޕްރޮމޯޝަނެއް ސުޕްރިމް ކޯޓަށް. އެ މައްސަލަ ބެލި ހައިލަމް ވަކި ވެގެން ދިޔަ ގޮތް ފެންނަން އެ އޮތީ މައްސަލަ. އޭގެ ފަހުން ހައިލް ދިން ބަޔާނުގައި ހައިލަމް އެބައޮތޭ ވިދާޅުވެ ނުފޫޒު ފޯރުވިއޭ... ދެން އޭގެ ފަހުން ފާޅުވެގެން ދިޔަ، ލީކުވެގެން ދިޔަ އޯޑިއޯތައް.. އެ ފަނޑިޔާރުގެ ކަންތައް ނިމުނީ، މިހާރު އަޑުއިވޭ ގޮތުގައި އެންމެ ފަހުން ހުކުން އިއްވި މި ފަނޑިޔާރުވެސް މިހާރު އިންޓަވިއުއަށް ހިނގައްޖެ. މާދަމާ އިވޭނީ މިސާލަކަށް ޕްރޮމޯޝަން ލިބޭ އަޑު.. އެހެންވީމަ މި މިންވަރަށް ކަންތައްތައް ދިޔައިމަ މި ގޯސް"

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ ޖަމީލު 

ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމިނަށް ހުކުން ކުރާ ފަނޑިޔާރުން ކުއްލިގޮތަކަށް ޕްރޮމޯޝަންތައް ލިބިގެންދާ މައްސަލައަކީ ޖުޑިޝަރީގެ އިސް ނެންގެވުމުގެ ދަށުން ބަލަން ޖެހޭ މައްސަލައެއްކަމަށެވެ. ރާއްޖޭގެ ސުޕްރިމް ކޯޓުން އަމިއްލަ އިސް ނެންގެވުމުގެ ތެރެއިން އެ މައްސަލަތައް ބަލަން ޖެހޭކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ. 

"ޖުޑިޝަރީއޭ އަޅުގަނޑު މާނަ ކުރަނީ ޖުޑިޝަރީގެ އެންމެ ބޮޑު މަސްއޫލިއްޔަތެއް އޮތީ ސުޕްރިމް ކޯޓަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެބަޖެހޭ އެބޭފުޅުން މި ކަމުގައި ވިސްނުންތަކެއް ވިސްނަން. ޕާކިސްތާކުގައި އެބަ ބަލާއެބަ މިހާރު ޕާކިސްތާނުގެ ސުޕްރިމް ކޯޓުގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން އެތާގެ ފަނޑިޔާރުންތަކެއްގެ އޯޑިއޯތަކެއް ލީކުވެގެން. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގައި ފުލުހުންގެ މައްސަލަތަކެއް ނުބެލޭ. 

ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ ޖަމީލު 

ޝަރުއީ ދާއިރާގައި ހަދަމުންދާ ބޮޑެތި ގޯސްތައް ހުރި ނަމަވެސް ހައި ކޯޓުން ރައީސް ޔާމީނަށް އިންސާފު ލިބޭނެކަމާމެދު ޝައްކު ނުކުރައްވާކަމަށް ޑރ ޖަމީލު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމިންގެ ގާނޫނީ ޓީމުން އިސްތިއުނާފު ހުށައަޅާފައިވާނީ، ދަށު ކޯޓު މަރުހަލާގައި ހަދާފައިވާ ބޮޑެތި ގޯސްތައް ފާހަގަކޮށް ފުރިހަމަ ދިރާސާއެއްގެ މައްޗަށް ކަމަށެވެ. އަދި ގާނޫނީ ގިނަ އިސްތިއުނާފީ ނުގުތާތަކެއް ހުށައަޅާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ގާނޫނީ ފަންނުގެ ބޭފުޅުންނަށް ވަރަށް ތިލަކޮށް ކްރިމިނަލް ކޯޓުން ހަދާފައިވާ ގޯސްތައް އިސްތިއުނާފީ ނުގުތާތަކަށް ބަލާލުމުން ފާހަގަކުރެވޭނެ ކަމަށެވެ.

އެހެންނަމުން ދަށު ކޯޓުން ހަދާފައިވާ އެ ގޯސްތައް ހައިކޯޓުން ދަމަހައްޓާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ރައީސް ޔާމިން ހައިކޯޓު މަރުހަލާއިން މިނިވަންވެ ވަޑައިގަންނަވާނެކަމަށް ޔަގީންކުރައްވާކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.