ތުޅާދޫ ދާއިރާގެ ރައީސް މުހައްމަދު ޢަޠީފް
ހަބަރު
23 Feb 2023 | 07:17
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ތުޅާދޫ ރައީސް ޢަޠީފް ހައްޔަރުކުރުން ކުށްވެރިކޮށްފި

ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނަގެ ބ ތުޅާދޫ ދާއިރާގެ ރައީސް މުޙައްމަދު ޢަޠީފް ހައްޔަރުކުރުމުން އެކަން ކުށްވެރިކޮށްފިއެވެ.

އެ ކޯލިޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ މިކޯލިޝަންގެ ތުޅާދޫ ދާއިރާގެ ނާއިބު ރައީސް މުޙައްމަދު ޢަޠީފް ހައްޔަރުކޮށް އޭނާއަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އަދި މިނޫސް ބަޔާނުގައި ބ. ތުޅާދޫ ދާއިރާގެ ނާއިބު ރައީސް މުޙައްމަދު ޢަޠީފް އާއި ދޭތެރޭ ބ. ތުޅާދޫ ފުލުހުން ޢަމަލު ކުރަމުން ގެންދާ ލާއިންސާނީ ގޮތްތައް މިހާރުން މިހާރަށް ބައްލަވާދެއްވާ ފިޔަވަޅު އަޅުއްވައިދެއްވުމަށް ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ގޮވާލައިފައެވެ. އަދި ފުލުހުންގެ ކިބައިން މިފަދަ ލާއިންސާނީ ޢަމަލުތައް ތަކުރާރުވަމުންދާ ދިއުމާއިމެދު ފުލުހުންގެ އިދާރާއިން ދިވެހި ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ހޯމް މިނިސްޓަރު އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށްވެސް ގޮވާލައިފައިވެއެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. ތުޅާދޫގައި ސަރުކާރުން ބޭއްވި ރަސްމީ ޖަލްސާއަށް ހޯމް މިނިސްޓަރުގެ ދައުވަތަށް ޕީޕީއެމް  ޕީއެންސީ ކޯލިޝަންގެ ތުޅާދޫ ދާއިރާގެ ނާއިބު ރައީސް މުޙައްމަދު ޢަޠީފް (އަތީ) ޖަލްސާއަށް ގޮސް، ޖަލްސާގައި ހުއްޓައި ޖަލްސާއިން ބޭރުކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިންޒާރު ދިނުމެއް ނެތިކަމާއި، ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހައްޔަރުކޮށްގެން ގެންގުޅޭއިރު އޭނާގެ ވަކީލުންނާއި އޭނާއާއި މުޢާމަލާތު ކުރުމުގެ ފުރުޞަތު ނުދީ ގެންގުޅޭ ކަމާއި، ސިއްޙީ ހާލު ދަށްވުމުން ރޭގެ ވަގުތެއްގައި ހޮސްޕިޓަލަށް ގެންގޮސް އެކަނިމާއެކަނި ހޮސްޕިޓަލަށް ދޫކޮށްލުމަށްފަހު އެތައް ވަގުތެއް ފާއިތުވި ފަހުން މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަނެއްކާވެސް އަނބުރާ ފުލުހުންގެ މަރުކަޒަށް ގެންގޮސްފައި ވާކަމަށް ނޫސް ބަޔާނުގައި ވެއެވެ.

ޢަޠީފްގެ ލޯޔަރުން އޭނާއަށް ޤާނޫނީ އެހިތެރިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތަށް ފުލުހުން ހުރަސް އަޅާ މުޙައްމަދު ޢަޠީފް ކިޔާ ބޭފުޅަކު ބ. ތުޅާދޫއިން ހައްޔަރުކުރެވިފައި ނުވާކަމަށް ވެސް ފުލުހުންގެ އިދާރާއިން ލޯޔަރުންނަށް ދެންނެވިކަމަށް ނޫސް ބަޔާނުގައިވެއެވެ. 

މުޙައްމަދު ޢަޠީފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭނާގެ ސިއްޙީ ހާލު ދަށްވުމުން ބ. ތުޅާދޫ ހޮސްޕިޓަލަށް އެކަނިމާއެކަނި ދޫކޮށްލުމަށްފަހު، މިއަދުގެ ވަގުތެއްގައި އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ވަކީލުންނަށް ފުރުޞަތު ނުދީ ގެންގުޅޭ ގެންގުޅުން އިދިކޮޅުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ނޫސް ބަޔާނުގައި ވެއެވެ.  

ހައްޔަރުކުރި ގޮތަށް މިވަގުތާއި ހަމައަށް ވަކީލަކު ޢައްޔަން ވުމަށް ހުރަސްއެޅުމުގެ އިތުރުން ޢަޠީފް އަށް ކާއެއްޗެއްވެސް ދީފައި ނުވާ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.