މާލެސިޓީ ކައުންސިލްގެ މޭޔަރު އަދި ޕީޕީއެމް ގެ ނައިބު ރައީސް ޑރ. މުހައްމަދު މުޢިއްޒު--
ހަބަރު
23 Feb 2023 | 10:52
"الله ގެ ކޯފާއަށް ވުރެ ބިރުވެރިކަމެއް ނޯންނާނެކަމަށް ޖުޑީޝަރީގައި ތިއްބެވި ބޭފުޅުން ޤަބޫލުކުރަންޖެހޭ"

މާތް الله ގެ ކޯފާއަށް ވުރެ ބިރުވެރިކަމެއް ނޯންނާނެކަމަށް ޖުޑީޝަރީގައި ތިއްބެވި ފަރާތްތަކުން ޤަބޫލުކުރަންޖެހޭ ކަމަށް މާލެސިޓީ ކައުންސިލްގެ މޭޔަރު އަދި ޕީޕީއެމް ގެ ނައިބު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރޭ ބޭއްވި ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ނުހައްގުން ޖަލުގައި އޮންނަވާތާ މިހާރު ދެމަސްދުވަސް ވެފައިވާކަމަށެވެ.

އަދި ދިވެހި ގައުމުދެކެ ލޯބިވާ، ދިވެހި ގައުމުގައި ހިނގަމުންދާ ކަންކަން ރަނގަޅަށް އެނގޭ އެންމެހައި ފަރާތްތަކުން ވެސް އެދި ގޮވަނީ އެމަނިކުފާނު މިނިވަން ކުރެއްވުމަށް ކަމަށާ އެކަން ވަރަށް އަވަހަށް ވެގެން ދާނެ ކަމަށްވެސް މުޢިިއްޒު ވިދާޅުވިއެވެ. 

އެގޮތުން، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް މިހާރު އިސްތިއުނާފު ކޮށްފައިވާކަން ފާހަގަކުރައްވައި މުޢިއްޒުވަނީ އެ މައްސަލަ އަވަސް ކޮށްދީ، އެމަނިކުފާނަށް އިންސާފް ހޯދައި ދިނުމަށް ޖުޑިޝަރީގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް ގޮވާލާފައެވެ. 

އެމަނިކުފާނަށް އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ ވަރަށް ބޮޑު އަނިޔާއެއް އެމަނިކުފާނަށް ދެވިގެންދާ ދުވަހެއް. އެމަނިކުފާނަށް އިންސާފް ލިބިގެންދިޔުމަކީ މި ގައުމުގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެން ކޮންމެ މީހެއް އެދެމުންދާ ދުޢާކުރަމުންދާ ކަމެއް. 

ޑރ. މުހައްމަދު މުޢިއްޒު

މިއާއެކު މުޢިިއްޒު ވިދާޅުވީ ކޯޓުތަކުގައި ހަރުކޮށްފައިވާ ގުރުއާނުގެ އާޔަތުގައި ވަނީ ޢަދުލުވެރިކަމާއި އެކު ހުކުމް ކުރުމަށް ކަމަށާ، އިދިކޮޅުން އެދެނީ އެ ބަހާއި ޢަމަލާއި ދިމާކުރުން ކަމަށެވެ. 

އެހެންވީމާ ޢަދުލުވެރިކަމުގެ ކުނޑިފުކެއްވެސް ހައިކޯޓުގައި މި މައްސަލަ ފައިސަލާ ކުރެވޭއިރުގައި އޮތް ކަމުގައި ވާނަމަ، ހަމަ ޔަގީނުންވެސް ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ. އެއީ ޝައްކެއްވެސް އޮތް ކަމެއްނޫން. އެހާވެސް ސާފު މައްސަލައެއް މި މައްސަލަ އަކީ. 

ޑރ. މުހައްމަދު މުޢިއްޒު

މުޢިއްޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ އިންސާފުވެރިކަމާއި އެކު އަވަހަށް ނިންމުމަކީ ހަމައެކަނި ހައިކޯޓުގެ ޒިންމާއެއް ނޫން ކަމަށާ ސްޕްރީމްކޯޓުން ވެސް އެކަން އެގޮތަށް ކުރަންޖެހޭ ކަމަށާ، އެހެނީ އެމަނިކުފާނު މިނިވަންވެ މިގައުމުގެ ވެރިކަމާއި ހަވާލުވުމަކީ އެތައް ބަޔަކު އެދޭ އެދުމަކަށްވާއިރު، އެކަމަކީ ގައުމުގެ މަސްލަހަތާއި ގުޅުން ހުރި ކަމެއް ކަމަށެވެ. 

އެހެންވީމާ އަޅުގަނޑުމެން މިއެދޭ އެދުމަކީ ޝަރުޢީ ދާއިރާގައި އަދިލުވެރިކަން އިސްކޮށްދެއްވުމަށް. އިންސާފް އިސްކޮށްދެއްވުމަށް. އެއްވެސް ފަރާތަކުން ފޯރުވާ ނުފޫޒަކަށް މިކަމުގައި ދީލައި ނުލުމަށް. އެއީ، ކިތަންމެ ބޮޑު ބިރެއް ދެއްކި ކަމުގައި ވިޔަސް. ކިތަންމެ ބޮޑު ކަމެއް މަޖުބޫރު ކުރި ކަމުގައި ވިޔަސް. އެއްވެސް ކަހަލަ މަޖުބޫރު ކަމަކަށް، އެއްވެސް ކަހަލަ ބިރަކަށް، الله ސުބުޙާނަހޫވަތަޢާލާގެ ހަޟުރަތުން އަތުވެދާނެ ކޯފާ އަކަށްވުރެ ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނޯންނާނެކަން އެފަރާތުން އެބަޖެހޭ ގަބޫލު ކުރަން. 

ޑރ. މުހައްމަދު މުޢިއްޒު

އެހެންކަމުން ރައީސް ޔާމީނަށް އިންސާފް ހޯދައި ދިނުމުގައި ސާބިތުވެ ތިބުމަށް ޝަރުޢީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ ފަރާތަކުގެ އަރިހުން މުޢިިއްޒު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.