އެންމެ ފަހުން އިދިކޮޅުން މާލޭގައި ބޭއްވި ބޮޑު ހިނގާލުން/ ފޮޓޯ: ވޮއިސް
ހަބަރު
23 Feb 2023 | 13:33
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅުގެ "ތިޔަހެން ނުވިއްކޭނެ" ހިނގާލުން ފަސްކޮށްފި

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިދިކޮޅުގެ "ތިޔަހެން ނުވިއްކޭނެ" ހިނގާލުން ފަސްކޮށްފިއެވެ. 

އިދިކޮޅު ކޯލިޝަނުން ބުނީ، އެކޯލިޝަންގެ ސެނެޓަރ އަދި ކ. ގުރައިދޫ ދާއިރާގެ މެންބަރު ރިޒާ ނިޔާވުމުގެ ހިތާމައިގައި، މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ "ތިޔަހެން ނުވިއްކޭނެ" ހިނގާލުން ފަސްކުރެވިފައިވާ ކަމަށެވެ. 

އިދިކޮޅުގެ މި ހިނގާލުމަކީ ތިލަފުށީގެ ބިން ދިގު މުއްދަތަކަށް ބޭރުގެ ކުންފުނިތަކަށް ކުއްޔަށް ދޭތީ އެކަމާއި ދެކޮޅަށް އަޑު އުފުލަން ބޭއްވުމަށް ހަމަޖެހުނު ހިނގާލުމެކެވެ. މި ހިނގާލުން ދެން ބާއްވާނެ ތާރީޚެއް އަދި އެ ކޯލިޝަނުން ހާމަ ނުކުރެއެވެ.  

ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާތާ ދުވަސްތަކެއް ވެއްޖެއެވެ. ރިޒާ އަވަހާރަ ވެފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ރިޒާއަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑަެއިގަންނަވާ މެމްބަރެކެވެ. އަދި އޭނާ އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ކ. ގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ފަރާތެވެ.

ރިޒާ އަވަހާރާވުމާއި ގުޅިގެން އިދިކޮޅުގެ ހިނގާލުން ފަސްކޮށްފައިވާއިރު، އެ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގާއި، ގުރައިދޫ ކައުންސިލްގެ ރައީސް, ޔާމީން އަދި ސެނެޓަރ ޒާހިދު ރަމީޒު ރިޒާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ކޯލިޝަނުން ބުނެއެވެ. 

ރިޒާގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު މެލޭޝިޔާ ގަޑިން 11:00 ގައި މެލޭޝިއާގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.