ނާބުލްސް ގައި ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު ޢަމަލުތައް
ހަބަރު
23 Feb 2023 | 16:08
ނާބުލްސް ރެއިޑްގައި ޒަހަމްވި 4 މީހަކު އައިސީޔޫގައި

ފަލަސްޠީނުގެ ދެކުނު އައްސޭރީގެ ނާބުލްސް ގައި އިޒްރާއިލުން ސިފައިން ހިންގި މިލިޓަރީ ރެއިޑްގައި ޒަހަމްވި 4 މީހަކު އައިސީޔޫގައި ފަރުވާހޯދަމުން އެބަދެއެވެ.

ނާބުލްސް ގައި ހުންނަ ރަފީދިއާ ހޮސްޕިޓަލުގެ ޑިރެކްޓަރ ޣައްސާން ދޮޣްލަސް ވިދާޅުވީ ހަތަރު މީހަކު އެ ހޮސްޕިޓަލް ގެ އައިސީޔޫގައި ފަރުވާހޯދަމުން ދާކަމަށެވެ. "އެމީހުންގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން" ޣައްސާން އިތުރަށް ވިދާޅުވިއެވެ.

ފަލަސްޠީނުގެ ސިއްޙީ އޮފިޝަލަކު ވިދާޅުވީ 82 މީހަކު ވަޒަން އަރައިގެން ފަރުވާހޯދައިފައި ވާކަމަށެވެ. ފަލަސްޠީނުގެ ރެޑް ކްރޮސެންޓުން ބުނެފައިވަނީ އެޖަމިއްޔާގެ މެޑިކަލް އޮފިޝަލުން ކަރުނަ ގޭހުގެ އަސަރުކުރި 250 މީހަކަށް ފަރުވާ ދީފައިވާކަމަށެވެ.

ޒަހަމްވި މީހުންގެ ތެރޭގައި ފަލަސްޠީނުގެ ޓީވީ ޖާނަލިސްޓް މުހައްމަދް އަލްޚާޠިބް ވެސް ހިމެނެއެވެ. އޭނާގެ އަތަށް ވަނީ ވަޒަން އަރައިފައެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ނިދާ އިބްރާހިމް ބުނެފައިވަނީ ރާމައްﷲގެ މަގުތައް ރެއިޑް ތަކުގެ ސަބަބުން ހުސްވެފައިވާކަމަށެވެ.

"ފަލަސްޠީނުގެ ރައްޔިތުން ބުނެފައިވަނީ އެމީހުން ތިބީ އެކަނި ކަމަށް، އިޒްރާއިލް ސިފައިންގެ ހަމަލާތަކާއި އަނިޔާތަކާއި ކުރިމަތިލުމަށް ތިބީ އެމީހުން އެކަނި ކަމަށް، އެމީހުން ގެ ދިފާއު ގައި ތެދުވާނެ ބަޔަކުނެތްކަމަށް" ނިދާ ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Jul 2026
ކިލޯއަކަށްވުގެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ފުލުހުން ބުނީ، އެ މީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ފުލުހުންނަށް ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.
23 Jul 2026
ހޫތީން ސަޢޫދީ ދެ ތެޔޮ ޓޭންކަރަކަށް މިސައިލާއި ޑްރޯން ހަމަލާ ދީފި
ޙޫތީ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ބުދަ ދުވަހު ހާމަކުރި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ "އެންސީލިއާ" އާއި "ލައިލާ" ނަމަކަށް ކިޔާ ދެ ޓޭންކަރަށެވެ. ޙޫތީންގެ ހަތިޔާރު އެޅި ފައުޖުން ނެރެފައިވާ ކަނޑުގެ ދަތުރުފަތުރު ބަންދުކުރުމުގެ ނިންމުމާ އެ ދެ އުޅަނދު ޚިލާފުވެފައިވާ ކަމަށް ސަރީޢު ބުންޏެވެ. މީގެ އިތުރުން ގާތްގަނޑަކަށް ދިހައެއްހާ ބޯޓު މަގުން އެއްކައިރިކޮށް އަނބުރާ ފޮނުވައިލެވިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
23 Jul 2026
1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ބިލެއް އެމެރިކާއިން ފާސްކޮށްފި
ރިޕަބްލިކަން ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ހައުސްއިން ބުދަ ދުވަހު މި ބިލު ފާސްކުރީ ވަރަށް ހަނި ތަފާތަކުންނެވެ. ބިލު ފާސްކުރުމަށް 216 މެންބަރުން ވޯޓު ދިންއިރު، ބިލާ ދެކޮޅަށް 212 މެންބަރުން ވޯޓު ދިނެވެ. މި ވޯޓުގައި ރިޕަބްލިކަން ޕާޓީގެ ހަތް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދިންއިރު، ޑިމޮކްރެޓިކް ޕާޓީގެ ހަ މެންބަރަކު ވަނީ ބިލަށް ތާއީދުކޮށްފައެވެ.
23 Jul 2026
ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމަށް ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި
ހަރަކާތްތައް ފެށުމުގެ ގޮތުން ރޭ ދަންވަރު 12:00 ގައި އިސްކަންދަރު ބިލްޑިންގުގައި ނަގާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައިވެއެވެ.
23 Jul 2026
ފްރާންސްގައި 15 އަހަރުން ދަށުގެ ކުދިން މީސް މީޑިއާ ބޭނުންކުރުން މަނާކުރަނީ
ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން، 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ގާނޫނެއް މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފިއެވެ. މިއީ ވިލާތުގެ ގައުމުތަކުގެ ތެރެއިން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ގައުމެވެ.
23 Jul 2026
ބަރުދަން ލުއިވާ ކަމަށް ބުނާ ކާބޯތަކެތިން ސިއްހަތަށް ނޭދެވޭ އަސަރު
ބަލިބަލީގެ ފަރުވާއެއްގެ ގޮތުގައި ނުވަތަ ހަށިގަނޑަށް ވަކި ކަހަލަ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ބުނެ، ހަގީގަތާ ހިލާފު މައުލޫމާތު ހިމަނައިގެން ކާބޯތަކެތީގެ އުފެއްދުންތައް މާކެޓު ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން އަންގައިފިއެވެ.
23 Jul 2026
އައްޑޫ ސިޓީގެ އިހުތިސާސުން ސަވާހެލި ވަކިކޮށްފި
ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިޚްތިޞާޞުން އެ އަތޮޅު ސަވާހެލި ވަކިކުރައްވައި، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
23 Jul 2026
އަސާސީ ބޭސްތަކުގެ 80 އިންސައްތަ ބޭސްފިހާރަތަކުން ލިބެންޖެހޭގޮތަށް އުސޫލެއް