ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެމްޑީއޭއާއި ޕީޕީއެމް މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
23 Feb 2023 | 21:45
އެމްޑީއޭއާއި ޕީޕީއެމް އަކީ އެއްބަޔެއް، ކޯލިޝަން ހަދާނެކަމުގެ އުންމީދު ބޮޑު: އިދިކޮޅު

މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަކީ އެއްބަޔެއް ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީއޭއިން ޕީޕީއެމްއާއެކު ކޯލިޝަން ހަދާނެކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ. 

ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން އެ ދެޕާޓީން ވަނީ މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ. 

އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އިބުރާހިމް ޝުޖާއު ވިދާޅުވީ ޕީޕީއެމްއާއި އެމްޑީއޭއަކީ އެކުގައި މަސައްކަތް ކުރުމުގެ ތާރީހެއް އޮތް ދެ ޕާޓީކަމަށެވެ.

މިއަދު ކުރިއަށް ދިޔަ ބައްދަލުވުމަކީ ދެ ޕާޓީ ގުޅިގެން އިންތިޚާބުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން ކުރިއަށް ގެންދިޔަ ފުރަތަމަ ބައްދަލުވުން ކަމަށާއި، އަދި އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަމަށް ޝުޖާއު ވިދާޅުވި އެވެ. 

އެމްޑީއޭއާއި ޕީޕީއެމްގެ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން 

"ޕީޕީއެމް އާއި އެމްޑީއޭއަކީ މީ ވަކިނުވެވޭވަރުގެ ދެޕާޓީ، އަޅުގަނޑުމެންގެ އޮންނާނެ ވަރަށް ރީތި ތާރީހެއް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި އެމްޑީއޭގެ ރައީސް އޮނަރަބަލް ޝިޔާމަކީ މީ ވަރަށް ގާތް ދެބޭފުޅުން. އެހެންވެ އަޅުގަނޑުމެން ރައީސް ޔާމިންގެ ކާމިޔާބު ވެރިކަމުގައި އެންމެ މުހިންމު އެއް ބައިވެރިއަކީ އެމްޑީއޭ. އެހެންވީމަ އެމްޑީއޭއާ ޕީޕީއެމްއާއި ޕީއެންސީއަކީ މީ ހަގީގަތުގައި ތިން ޕާޓީއެއް ނަމަވެސް އެއް ޕާޓީއެއް. އަޅުގަނޑުމެންގެ ހަގީގަތުގައި ވަރަށް ކާމިޔާބު ބައްދަލުވުމެއް މި ދިޔައީ، އަޅުގަނޑުމެންވެސް ދައްކަން ޖެހޭ ވާހަކަތަކާއި، އަދި ޕާޓީއެއްގެ ގޮތުގައި އެމްޑީއޭވެސް ދައްކަން ޖެހޭ ވާހަކަތަކާއި ފުރަތަމަ ބައްދަލަވުން މި ބޭއްވުނީ"

ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއު 

ޝުޖާއު އިތުރަށް ވިދާޅުވީ އިދިކޮޅުން މީގެ ކުރިން އެމްޑީއޭއާކު ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުނުކުރީ، އެ ޕާޓީގެ ލީޑަރު ވެރިކަމަށް ކުރިމަތިލައްވާނެކަމަށް އިއުނާލުކޮށްފައި އޮތުމުން ކަމަށެވެ. 

އެހެން ނަމަވެސް ޕާޓީގެ ސްޓޭންޑު ބަދަލުވުމުން، ޕީޕީއެމްއިން ކޯލިޝަން ހެދުމަށް އެންމެ ފުރަތަމަ މަޝްވަރާކޮށްފައިވާނީ އެމްޑީއޭއާކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި އެމްޑީއޭއާއެކު ކުރިއަށް އޮތް އިންތިޚާބުގައި މަސައްކުރެވޭނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.