އެފްކޯންސްގައި ހިނގި އަލިފާނުގެ ހާދިސާ/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
24 Feb 2023 | 09:17
ގުޅިފަޅުން ފެނުނީ އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާގެ ހަށިގަނޑު: ފުލުހުން

ގުޅިފަޅުގައި ހަދާފައިވާ އެފްކޯންސްގެ އެކޮމޮޑޭޝަން ބްލޮކުގައި މިދިޔަ ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު ފެނުނު ހަށިގަނޑަކީ، އެ ހާދިސާގައި ގެއްލިގެން ހޯދި މީހާގެ ހަށިގަނޑު ކަމަށް ފުލުހުން ކަށަވަރުކޮށްދީފި އެވެ. 

ގުޅިފަޅުން މީހެއްގެ ހަށިގަނޑު ފެނިފައިވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އަލިފާނުގެ ހާދިސާއަށްފަހު އެފްކޯންސްގެ މުވައްޒަފެއް މަދުކަމަށް އެކޮމޮޑޭޝަން ބްލޮކުގައި ދިރިއުޅޭ މީހުން ވަނީ މެނޭޖުމަންޓަށް ރިޕޯޓުކޮށްފައެވެ. 

އަލިފާނުގެ ހާދިސާ ހިނގިތަކުން ހަށިގަނޑު ފުލުހުންނަށް ފެނިފައިވަނީ މީހަކު ގެއްލިގެން ރިޕޯޓުކުރުމާއި ގުޅިގެން ދެވަނަ ފަހަރަށް އެ ސަރަހައްދު ބަލާ ފާސްކުރުމުގެ ތެރެއިންނެވެ. އަދި އެ ހަށިގަނޑަކީ ގެއްލުނު މީހާގެ ކަށިތައްކަން ޔަގީންކުރުމަށް އިތުރު ތަހުލީލުތައް ހެދުމަށް ފުލުހުން ފުލުހުން ފޮނުވާލިއެވެ. 

އެކަމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެނުނު ހަށިގަނޑަކީ ގެއްލިގެން ހޯދު މީހާގެ ހަށިގަނޑު ކަމަށެވެ. އަދި އެ ހަށިގަނޑު އާއިލާއާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. 

"ގުޅީފަޅު އަލިފާނުގެ ހާދިސާ ހިނގި ތަނުން ފެނުނު އިންސާނެއްގެ ހަށިގަނޑަކީ އެތަނުން ގެއްލުނު މީހާގެ ހަށިގަނޑުކަން ވަނީ ކަށަވަރުކުރެވިފައި. އެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް މި ހަފުތާގައި ވަނީ އިންޑިއާއަށް ފޮނުވާފައި"

ދިވެހިންގެ ފުލުހުންގެ ޚިދުމަތް 

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޯންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅިފަޅުގައި ހަދާފައިވާ އެކޮމޮޑޭޝަން ބްލޮކުގައި އަލިފާން ރޯވިއިރު އެތަނުގައި 457 މީހުން ދިރިއުޅެމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެ ހާދިސާގައި 78 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، އޭގެތެރެއިން 32 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށް އެފްކޮންސްއިން ބުނެފައިވެ އެވެ. އަދި އެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް އެފްކޯންސްއިން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ