ޑރ ޖަމީލު ޕީޕީއެމްގެ ކޮންފަރެންސްގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
25 Feb 2023 | 13:47
ވެރިކަން ދަމަހައްޓަން މަސްތުވާތަކެއްޗާއި ހަށިވިއްކުން ފަހިކޮށްފި: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ދަމަހައްޓަން މަސްތުވާތަކެއްޗާއި ހަށިވިއްކުން ފަހިކޮށްފައިވާކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޞާލިހު ޑްރަގް ކާޓަލްތަކާއި ގުޅުމެއް ނެތްކަމަށް ވިދާޅުވުމުން އެކަން ޤަބޫލުފުޅު ކުރައްވަން ދަތިފުޅުވާކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވެފައިވާކަމަށް ޝާއިއުކޮށްފައިވާ ޚަބަރެއް ހިއްސާކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

ޖަމީލް ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއިން އެތައް އާއިލާއެއް ނިކަމެތިވެ ހާލުގައި ޖެހިފައިވީ ނަމަވެސް މިހާރު ޕޮލިސީ އޮތީ އެ ވަބާ ފެތުރޭގޮތައް ފަރުމާކޮށްފައި ކަމަށެވެ. އަދި އެ ޕޮލިސީ ތަންފީޒު ކުރަމުންދަނީ ސީދާ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަންގަވައިގެންކަމަށް ޑރ ޖަމީލު ތުހުމަތުކުރެއްވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ ވެރިކަން ދެމެހެއްޓުމަށް މަސްތުވާތަކެއްޗާއި ހަށިވިއްކުން މި ސަރުކާރުން ފަހިކޮށްފައިވާ ކަމަށެވެ. 

"އެތައް ޢާއިލާއެއް ނިކަމެތިވެ ޙާލުގައި ޖެހުނީ މި ވަބާއިން. ޕްލިސީ އޮތީ މިކަން ފެތުރޭގޮތައް. އެކަން ތަންފީޒު ކުރަނީ ސީދާ ރ. އިބޫ. ވެރިކަން ދެމެހެއްޓުމަށް މަސްތުވާ އެންމެހާ ތަކެއްޗާ ހަށިވިއްކުން މިސަރުކާރުންވަނީ ފަހިކޮށްފައި"

ކުރީގެ ނައިބު ރައީސް ޑރ ޖަމީލު 

މި ސަރުކާރުން މަސްތުވާތަކެތި އާންމުކުރާކަމަށް ޑރ ޖަމީލު ތުހުމަތު ކުރައްވާފައިވާއިރު މަސްތުވާތަކެތީގެ ވިޔާފާރި ކުރިކަމުގެ ކުށް ސާބިތުވެ ޖަލު ހުކުން ކޮށްފައިވާ މީހަކު މި ސަރުކާރުން ވަނީ މިނިވަންކޮށްފަ އެވެ. އަދި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބޭރު މީހުން އަނބުރާ ފޮނުވާލެވޭ ގައިދެއް ހަދާ، އެ ގަވައިދުގެ ދަށުން ބަޔަކު ވަނީ އަނބުރާ ފޮނުވާވެސް ލައިފައެވެ. 

ސަރުކާރުން މިފަދައިން އަމަލުކުރަމުންދާކަން ފާހަގަކޮށް އެމްޑީޕީގައި ތިއްބަވާ ސަރުކާރަށް ފާޑުކިޔާ މެމްބަރުންތައް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
ދިވެހި މުސްކުޅިން
ވެރިކަން ޚަރާބު ކުރަން ވައްކަމާއި ވައްކަން ދިފާޢުކުރާމީހުން ގިނަވެއްޖެ އެފަދަ މީހުންނަކީވެސް ވަގުން
25 Feb 2023
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.