މުހައްމަދް ޖަވާރިބް/އިޒްރާއިލުން ބަޑި ޖަހައި ޝަހީދުކޮށްލި ފަލަސްޠިނުގެ ޒުވާނާ
ހަބަރު
25 Feb 2023 | 13:52
އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ފުލުހަކު ޝަހީދުކޮށްލައިފި

އިޒްރާއިލް ސިފައިން ހުޅަނގު އައްސޭރީގެ ދެކުނުގައި ފަލަސްޠީނުގެ ޒުވާން ފުލުހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފިއެވެ.

އުމުރުން 22 އަހަރުގެ މުހައްމަދު ޖަވާބިރް ޝަހީދު ކޮށްލައިފައިވަނީ އަރުއްބާ ރެފިޔުޖީ ކޭމްޕްގައި ހިންގި ލޭއޮހޮރުވުންތަކުގައެވެ. އިޒްރާއިލް ސިފައިން ބަޑިޖަހައި ފައިވަނީ މުހައްމަދުގެ ބޮލަށެވެ. އޭނާ މަރުވެފައިވަނީ ވަޒަން އަރައިގެން ފަރުވާ ހޯދަމުން ދަނިކޮށް ހުކުރު ދުވަހުގެ ފަތިހު ހޮސްޕިޓަލްގައެވެ.

އޭނާ އެޑްމިޓްކޮށްފައި އޮތީ އަލް އަހްލީ ހޮސްޕިޓަލުގެ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ.

މުޙައްމަދު އަކީ ފަލަސްޠީނުގެ ޕޮލިސް ފޯސްގައި މަސައްކަތް ކުރާ ޒުވާނެކެވެ. އޭނާ މަސައްކަތް ކުރަނި ބެތެލްހަމް ސިޓީގައެވެ. މުޙަމަދް އަކީ ފަލަސްޠީނުގެ ޓެކްނިކަލް ޔުނިވާސިޓީ އިން މީޑިއާ ޓެކްނޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލް ކޮށްފައިވާ ޒުވާނެއްކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އިޒްރާއިލްގެ ސިފައިން ފަލަސްޠީނުގެ 65 މީހަކު ޝަހީދުކޮށްލައި ފައިވެއެވެ. އޭގެ ތެރޭގައި 13 ކުޑަކުދިންވެސް ހިމެނެއެވެ.

"މިއަހަރުގެ ފެށުމަކީ 2000 ވަނަ އަހަރުގެ ފަހުން ހުޅަނގު އައްސޭރި ދުށް އެންމެ ލޭ އޮހޮރުވުން ގިނަ ދަވަސްވަރު، މި ފާއިތުވި 22 އަހަރުގެ ތެރޭގައި އަހަރުގެ ފުރަތަމަ ދެމަހުން މިހާ ގިނަ ޝަހީދުންގެ ޢަދަދު ރިކޯޑު ކުރެވިފައެއް ނުވޭ" ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ވިދާޅުވެފައިވެއެވެ.

އިޒްރާއިލް ސިފައިން ނާބުލުސްގައި ހިންގި މިލިޓަރީ ރެއިޑްގައި ފަލަސްޠީނުގެ 11 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި މިކަމުގެ ސަބަބުން ފަލަސްޠީނުގެ ޒުވާނުން ވަނީ ހަތިޔާރު ނެތަސް އިޒްރާއިލް ސިފައިންނާއި ކުރިމަތިލާން ފަށައިފައެވެ. މުހައްމަދު ޝަހީދުވެފައި މިވަނީ މިފަދަ ކުރިމަތި ލުމެއްގައެވެ. އިޒްރާއިލް ސިފައިން ނާބުލުސް ގައި ހިންގ ރެއިޑްގައި 85 މީހަކަށް ސީދާ އަމަޒުކޮށް ބަޑިން ހަމަލާ ދީފައި ވެއެވެ. އަދި 100 އަށް ވުރެ ގިނަ މީހުން އެކި ވަރުގެ ޒަހަމްތަކަށް ފަރުވާ ހޯދައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.