ޣައްސާނު ރައީސް ޔާމިންގެ އަރިހުގައި.. ފޮޓޯ: އިންޓަނެޓު
ހަބަރު
25 Feb 2023 | 21:35
ކެތްތެރިވެ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ތިބޭނަން: ޣައްސާނު

އެމްޑީއޭއިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހަދަން ނިންމިޔަސް ކެތްތެރިކަން އިސްކޮށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު އަނބުރާ ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ސާބިތުވެ ތިއްބަވާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޣާއްސާސް މައުމޫނު ވިދާޅުވެއްޖެ އެވެ. 

ޣައްސާނު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީއޭއިން އެމްޑީޕީއާއި ކޯލިޝަން ހަދަން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ޣައްސާނު ވިދާޅުވީ މުޅި ޕީޕީއެމް އޮތީ އެޕާޓީގެ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ލަފާފުޅާއި އިރުޝާދުގެ މަތިން ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިމުގެ އަޒުމުގައި ކަމަށެވެ. އަދި އެ މަސައްކަތުގައި ސާބިތުކަމާއެކު ޕީޕީއެމް އޮންނާނެކަމަށް ޣައްސާނު ވިދާޅުވި އެވެ. 

"ރައީސް ޔާމީންގެ ލަފާފުޅާއެކު މުޅި ޕީޕީއެމް ކެތްތެރިކަމާ އިޚްލާސްތެރިކަމާއެކު އެއް އަޒުމެއްގައި ގަދަ ހިތްވަރުގައި ސާބިތުގެ މަސައްކަތުގައި އެބަތިބީން. إِنْ شَاءَ ٱللَّٰهُ އިންތިޚާބު ކާމިޔާބު ކުރައްވާނީ ރައީސް ޔާމީން"

ޕީޕީއެމްގެ ނައިބުރައީސް ޣައްސާނު މައުމޫނު 

ޣައްސާނު ވިދާޅުވީ ރައީސް ޔާމީން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. 

އެމްޑީއޭއިން ރައީސް ޞާލިހާއެކު ކޯލިޝަން ހަދަން ނިންމާފައިވަނީ އިއްޔެ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހުގަ އެވެ. އެފަދައިން އެ ޕާޓީން ނިންމާފައިވަނީ ކައުންސިލު ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ ސާފު އަގުލަބިއްޔަތުންނެވެ. 

އެހެން ނަމަވެސް ކައުންސިލުގެ ނިންމުމާއި ދޭތެރޭ ހިތްހަމަ ނުޖެހިގެން ސޯޝަލް މީޑިއާގައި ޕާޓީގެ ބައެއް އާންމު މެމްބަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ޕާޓީގެ އާންމު މެމްބަރުންގެ ޝަކުވާތަކާއި ގުޅިގެން އެ ފަހުން އެމްޑީއޭއިން ވަނީ އާންމު މެމްބަރުން މި ދަނޑިވަޅުގައި ރުޅި އިސް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.