އިދިކޮޅުން ސްޕްރީމްކޯޓަަށް މައްސަލަ ހުށަހެޅުމަށްފަހު އެ ކޯޓުގެ ބޭރުގައި: ފޮޓޯ/ޕީޕީއެމް
27 Feb 2023 | 12:57
ނާއިބު ރައީސް ލައްވާ ރައީސް ކަމުގެ ހުވާ ކުރުވީ، ރައީސް ޞާލިހަށް ލަނޑެއް ދެއްވަން: އިދިކޮޅު

ނާއިބު ރައީސް ފައިސަލް ނަސީމް ލައްވާ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރުވި މައްސަލަ އަކީ، ސިޔާސީ ގޮތުން ބަލާނަމަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ސިޔާސީ ގޮތުން ލަނޑެއް ދެއްވުމުގެ ނިޔަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ކަމެއް ކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ސިންގަޕޫރުގައި ކުރެއްވި ތައިރޮއިޑް އޮޕަރޭޝަނަކަށް އެމަނިކުފާނު ހޭނައްތަންޖެހުމާ ގުޅިގެން ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތުމަށް ނައިބުރައީސް ފައިސަލް ނަސީމް ހުވައިކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި މިހާރު ހުންނެވީ ކޮން ބޭފުޅެއްކަން ކަށަވަރުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް/ ކޮންގުރެސް ކޯލިޝަނުގެ ފަރާތުން މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ. 

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިދިކޮޅުގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އަދި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އެ މައްސަލަ އަކީ، ކުޑަ މައްސަލައެއް ނޫން ކަމަށާ، އޭގެ ސަބަބުން ވަރަށް ބައިވަރު، ގާނޫނީ މައްސަލަތަކެއް ކުރިމަތިވެގެންދާނެ ކަމަށެވެ. 

އެހެނީ، ނާއިބު ރައީސްގެ ހުވާގައި، ރައީސުލްޖުމްހޫރިއްޔާ އަށް އެހީވުމަށް އޮންނައިރު، އެފަދަ ހުވާއެއް ކުރުމަށްފަހު، އަލުން ރައީސުލްޖުމްހޫރިއްޔާގެ ހުވާ އެމަނިކުފާނު ކުރައްވާފައިވާ ކަމަށާ، އޭގެ ފަހުން ރައީސް ޞާލިހު އަލުން ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކޮށްފައިވާކަން ވެސް އެނގިފައި ނުވާ ކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި އޭގެ ފަހުން ނާއިބު ރައީސް ޢަމަލު ކުރެއްވި ގޮތެއްވެސް ދާފު ނުވާއިރު، އެއީ ގާނޫނީ، ދުސްތޫރީ ވަރަށް ބޮޑު މައްސަލައެއް ކަމުގައި ދެކެވޭ ކަމަށްވެސް ވިދާޅުވި އެވެ. 

ޝަރީފް އިތުރަށް ވިދާޅުވީ، މިއީ ރާއްޖޭގެ ގާނޫނު ހެދުމުގެ ބާރު އޮންނަ ފަރާތެއް ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އަދި ރާއްޖޭގެ އެންމެ މަތީ ކޯޓުގެ، އުއްތަމަ ފަނޑިޔާރާއި، ނާއިބު ރައީސް އަށްވެސް އޮޅިގެން ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މިކަމަކީ، ސިޔާސީ ގޮތުން ބަލާ ނަމަ، ރައީސް ޞާލިހަށް ސިޔާސީ ލަނޑެއް ދެއްވުމުގެ ނިޔަތުގައި ރައީސް ނަޝީދު ކުރެއްވި ކަމެއް ކަމަށްވެސް ޝަރީފް ތުހުމަތު ކުރެއްވިއެވެ. 

ދެން މި ކަމަކީ، ސިޔާސީ ގޮތުން ބަލާނަމަ، ސީދާ އިބްރާހީމް މުހައްމަދު ޞާލިހަށް ސިޔާސީ ގޮތުން ލަނޑެއް ދިނުމުގެ ނިޔަތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރައްވާފައި އޮތް ކަމެއް ކަމުގައި އަޅުގަނޑުމެން ދެކެނީ. 

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފު އުމަރު

ޝަރީފް ވިދާޅުވީ، ނާއިބު ރައީސް ފައިސަލް ނަސީމް، ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ދެން ޢަމަލު ކުރެއްވި ގޮތަކީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ދިރާސާ ކުރަންޖެހޭ ކަމެއް ކަމަށާ، އަދި ޕީޕީއެމްގެ ރައީސް، އަދި ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި އެ މައްސަލަ ބައްލަވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.