ރައީސް ޔާމީން އާއި ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ހަލްފާގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
27 Feb 2023 | 14:18
ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކީ ޕީޕީއެމް: ޝިޔާމު

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓެއް ދެއްކީ ޕީޕީއެމުން ކަމަށާއި، އެއީ ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ނޭގިގެން ވަރަށް ގިނަ ބޭފުޅުން ސުވާލު ކުރަމުންދާ ކަމަށެވެ. އެ ސުވާލުތައް ކުރަނީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ ހުކުމުން އެމަނިކުފާނު މިނިވަންވާނެކަމާމެދު ސުވާލު އުފައްދާ ފަރާތްތަކުންކަމަށް ޝިޔާމު ވިދާޅުވި އެވެ. 

އެއާއެކު ޝިޔާމު ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެންމެ ފުރަތަމަ ކެންޑިޑޭޓެއް ދެއްކީ ޕީޕީއެމުން ކަމަށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއް ނެތްކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށާއި، ޕާޓީގެ ކެންޑީޑޭޓަކީ ރައީސް ޔާމީންކަމަށް އިއުލާނުކޮށްފައިވާ ކަމަށާއި، އެ ނިންމުމަށް ބަދަލެއް ނާންނާނެކަމަށް ޝިޔާމު ވިދާޅުވި އެވެ. 

"އަޅުގަނޑުމެންނަށް ފަޚުރުވެރިކަމާއެކީގަ ދަންނަވަން ކެރޭ، އުފަލާއެކީގަ އަޅުގަނޑުމެންނަށް ދަންނަވަން ކެރޭ، 2023 އަށް ސިޔާސީ ޕާޓީއަކުން އެންމެ ފުރަތަަމަ ކެންޑިޑޭޓެއް ދައްކައިގެން ތިބީ އަޅުގަނޑުމެން. އެހެންވީމަ ތަކުރާރުކޮށް ދަންނަވާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓެއް އެބަހުއްޓޭ. ރައީސް ޔާމީން ވަނީ 2023 ގައި މި ނެގޭ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަށް"

ޕީޕީއެމްގެ ރައީސް އަހުމަދު ޝިޔާމު 

ރައީސް ޔާމިނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދޭން ނިންމާފައިވަނީ އެ ޕާޓީގެ ޖޮއިންޓު ކައުންސިލްގެ އިއްތިފާގުންނެވެ. އެފަހުން ބޮޑު ހަފްލާއެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށްތައް ތަމްސީލުވާގޮތަށް މަންދޫބުންގެ އަތްޕުޅުން ރައީސް ޔާމިނަށް ވަނީ ރިޔާސީ ޓިކެޓު ހަވާލުކުރައްވާފަ އެވެ. 

އެހެން ނަމަވެސް މިވަގުތު އެމަނިކުފާނު ގެންދަވަނީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ވ އާރަށުގެ މުއާމަލާތާއި ގުޅުވާ އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރު މަހުގެ 25ގައި ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމެވެ. 

އެ ހުކުމް މިހާރު ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފުކޮށްފައިވާއިރު، ހައިކޯޓު މަރުހަލާއިން އެމަނިކުފާނު މިނިވަންވާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ކެމްޕޭނު ކުރުމުގެ ފަހި ފުރުސަތެއް ލިބިގެންދާނެކަމަށް ގާނޫނީ ޓީމުން ވިދާޅުވެފައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.