އިޒްރާއިލް ސިފައިން ނާބުލްސް ގައި ހަތިޔާރާއި އެކު ހަރަކާތް ތެރިވަނީ
ހަބަރު
27 Feb 2023 | 22:10
ތުރްކިޔޭ ބިންހެލުމުގައި މީހުން ސަލާމަތްކުރަން ދިޔަ ފަލަސްޠީން ޒުވާނަކު ޝަހީދުވެއްޖެ

ފެބްރުއަރީ 6 ވަނަ ދުވަހު ތުރްކިޔޭ އާއި ސީރިޔާ އަށް އައި ބިންހެލުމުގައި ވެއްޓުނު އިމާރާތް ތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ދިޔަ ފަލަސްޠީނުގެ ރެސްކިޔު ވޯކަރަކު އިޒްރާއިލް ސިފައިން ނާބުލްސް ގައި ހިންގި މިލިޓަރީ ރެއިޑްގައި ޝަހީދުވެއްޖެއެވެ.

ޑެއިލީޞަބާޙުގައި ބުނެފައިވަނީ ކަހްރަމަންމަރާސްގައި މީހުން ސަލާމަތްކުރަން މަސައްކަތް ކުރި 37 އަހަރުގެ ސަމެހް އަޤްތަޝް ޝަހީދުވެފައިވަނީ ފަލަސްޠީނުގެ ދެކުނު އައްސޭރީގެ ނާބުލްސްގައި އިޒްރާއިލް ސިފައިން ދިން ހަމަލާއެއްގެ ސަބަބުން ކަމަށް ފަލަސްޠީންގެ ރެޑް ކްރެސެންޓުން ބުނެފައިވާކަމަށެވެ.

ފަލަސްޠީނުގެ ރެޑް ކްރެސެންޓުގެ ސްޓޭޓްމަންޓެއްގައި ބުނެފައިވަނީ ސަމެހް އަޤްތެޝް ނިޔާވެފައިވަނީ އޭނާގެ ބަނޑަށް ލިބުނު ޒަހަމްތަކުގެ ސަބަބުން ކަމަށެވެ.

އާދީއްތަ ދުވަހު އިޒްރާއިލްގެ މީޑިއާ ރިޕޯޓެގައި ބުނެފައިވަނީ އިޒްރާއިލުން ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން ބަދަލު ހިފަނީ ކަމަށެވެ. ފަލަސްޠީނުގެ މީޑިއާއި ބުނެފައިވަނީ ގަދަކަމުން ފަލަސްޠީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިޒްރާއިލުގެ މީހުން ފަލަސްޠީނުގެ ރައްޔިތުންގެ ގެތަކުގައި ހުޅުޖަހަމުންދާ ކަމަށެވެ.

ފަލަސްޠީނުގެ ދެކުނު އައްސޭރީގައި މިހާރު އިޒްރާއިލުން ކުރިއަށްގެންދާ އަނިޔާވެރި ޢަމަލިތައް ހުއްޓާލުމާއި މެދު މަޝްވަރާ ކުރުން ތަކެއް ޖޯޑަންގައި އާދީއްތަ ދުވަހު ކުރިއަށް ގެންގޮސްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.