މެމްބަރު ސަނީފު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
28 Feb 2023 | 13:25
އަންހެނުން ވިހާކަންވެސް އެނގުނީ ރައީސް ޞާލިހުގެ ސަރުކާރަށް: ސަނީފު

އަންހެނުންނަކީ ވިހާ ބައެއްކަންވެސް އެނގުނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު ވިދާޅުވެއްޖެ އެވެ. 

މެމްބަރު ސަނީފު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޞާލިހުގެ ސަރުކާރުން އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެކުލަވާލި ސިޔާސަތުތަކަށް ތައުރީފުކުރައްވާ މަޖިލީހުގައި ވާހަކަދައްކަވަމުން ނެވެ. 

ސަނީފު ވިދާޅުވީ އަންހެނުން ބާރުވެރި ކުރުވާ، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް އެންމެ ވަރުގަދަ ސިޔާސަތެއް އެކުލަވާލާފައިވަނީ ރައީސް ޞާލިހުގެ ސަރުކާރުން ކަމަށެވެ.

އެގޮތުން މި ސަރުކާރުން އަންހެނުންނަށް ޚާއްސަ ގޮނޑިތަކެއް ކައުންސިލްގައި ކަނޑައަޅާދީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގައި ތިއްބަވާ ފަރާތްތަކަށް އިނާޔަތް ކަނޑައަޅުއްވާދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ވިހެއުމާއި ގުޅިގެން އަންހެނުންނަށް 6 މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާދީފައި ވަނީ ރައީސް ޞާލިހުގެ ސަރުކާރުން ކަމަށެވެ.

މީގެ ކުރީ ސަރުކާރުތަކަށް، އަދި ވެރިކަން ކުރެއްވި ބޭފުޅުންނަށް އަންހެނުންނަކީ ވިހާ، އަދި ދަރިފުޅަށް ގާތުން ކިރުދޭން ޖެހޭ ބައެއްކަންވެސް އެނގިނުލައްވާކަމަށް ސަނީފު ވިދާޅުވި އެވެ. 

"އަންހެނުން ވިހާކަން.. ދަރިން ވިހާކަން އެނގުނީ ކާކަށްތޯ؟ ކޮން ސަރުކާރަކަށްތޯ އެނގުނީ؟ މި ސަރުކާރަށް އިބްރާހިމް މުހައްމަދު ޞާލިހުގެ. އެއާ ގުޅިގެން 6 މަސް ދުވަހުގެ ޗުއްޓީ އެބޭފުޅުންނަށް. ގާތުން ދަރިއަށް ކިރުދޭން ޖެހޭކަން އެނގިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް ދިނީ ކާކުތޯ؟ އިބްރާހިމް މުހައްމަދު ޞާލިހު ދިނީ. ދެވަނަ ދައުރެއް ދޭން ޖެހެނީ މި ސަބަބާ ހުރެ"

 ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފު

އެކަން ކަން ފާހަގަކުރައްވާ ސަނީފު ވިދާޅުވީ އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން ކޮށްފައިވާ ކަންކަމަށް އެކަނި ބަލާލި ނަމަވެސް ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ.

އެމަނިކުފާނު އަންހެނުންގެ ހައްގުގައި ކުރައްވާ ބުރަ މަސައްކަތްޕުޅު ރާއްޖޭގެ އަންހެނުން ބަލައިގަންނަ ކަމަށާއި، އެ ފަރާތްތައް ތިބީ ރައީސް ޞާލިހު ދެވެނަ ދައުރަކަށް އިންތިޚާބުކުރަން ކެތްމަދުވެފައި ކަމަށް މެމްބަރު ސަނީފު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް