ހުޅުމާލެ ފޭސް-2/ ފޮޓޯ: ޕީއެސްއެމް
ހަބަރު
28 Feb 2023 | 21:35
ހުޅުމާލެއިން ފަސްލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް 800 މިލިއަނަށް ސަރުކާރުން ގަނެފި

ހުޅުމާލޭ ދެވަނަ ފިޔަވަހިން ފަސް ލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމެއް 800 މިލިއަން ރުފިޔާއަށް ސަރުކާރުން އެޗްޑީސީގެ އަތުން ގަނެފި އެވެ. 

ހުޅުމާލެއިން ގަތް ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ބަދަލުކުރުމުގެ މުއާމަލާތްތައް ވަނީ ސިވިލް ކޯޓުގައި ހިނގައިފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީިން އެޗްޑީސީގެ އަތުން އެކު ޖުމުލަ 567،516.87 އަކަފޫޓުގެ 17 ޕްލޮޓެއް ގަނެފައިވެ އެވެ.

މި ޕްލޮޓުތަކުގެ ޖުމްލަ އަގަކީ 878،363،556.90 (އަށްސަތޭކަ ހަތްދިހަ އަށް މިލިއަން ތިން ސަތޭކަ ފަސްދޮޅަސް ތިންހާސް ފަސްސަތޭގަ ފަންސާސް ހަ ރުފިޔާ ނުވަދިހަ ލާރި)އެވެ.

އެ މުއާމަލާތާއި ގުޅޭގޮތުން ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގަތް ބިންތަކަށް ފިނޭންސް މިނިސްޓްރީން ފައިސާ ދައްކާ ޚަލާސްކޮށްފައިވާކަން އެ މުއާމަލާތްތަކާއި ގުޅޭ ފުލް ޕޭމަންޓު ސްޓޭޓްމަންޓުން އެނގޭ ކަމަށެވެ. 

އެއާއެކު އެ ބިންތަކުގެ މިލްކުވެރިކަން ސިވިލް ކޯޓުން ވަނީ ފިނޭންސް މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ. 

ސަރުކާރުން ސަރުކާރުގެ ކުންފުންޏަކަށް އެވަރުގެ ބޮޑު އަދަދެއް ދައްކާ ޚަލާސްކުރުމަށްފަހު ބިންތަކެއް ހޯދި ސަބަބު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. 

އެހެން ނަމަވެސް ހުޅުމާލޭ ދެވަނަ ފިޔަވަހިން އަގުބޮޑު ބިންތަކެއް ސަރުކާރުން ގަނެފައިވާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ. އަދި އެފަދައިން ދެކޮޅު ހެދީ ފިނިޝިން މަސައްކަތް ނިންމުމަކީ ސަރުކާރަށް މާލީގޮތުން ބުރަވާނެ ކަމަކަށް ވާތީކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

އެހެން ނަމަވެސް އެޗްޑީސީން 17 ޕްލޮޓެއް ސަރުކާރުން ގަނެފައިވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ނިންމުމަށް ބޭނުންވާ އަދަދަށްވުރެ ބޮޑު އަގުގައިކަން ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.