މުހައްމަދު އިސްމާއިލް އިދިކޮޅު މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: ވޮއިސް
ހަބަރު
01 Mar 2023 | 08:46
ހައްގުތަކޭ ކިޔައިގެން ރައްޔިތުންނަށް ދެއްކީ ހުސް ދަޅަ: މުހައްމަދު

ހައްގުތަކޭ ކިޔައިގެން އެމްޑީޕީން ރައްޔިތުންނަށް ދެއްކީ ހުސް ދަޅަތަކެއްކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ އަދި މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

މުހައްމަދު އިސްމާއިލް މިފަދައިން ވިދާޅުވެފައިވަނީ އިދިކޮޅުގެ ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާ މުޒާހަރާތަކަށް ފުލުހުން މެދުވެރިކޮށް ހުރަސްއަޅަމުންދާކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެ ޓްވީޓުގައި މުހައްމަދު އިސްމާއިލް ވަނީ ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމުގެ ހައްގު އެމްޑީޕީގެ ވެރިކަމެއްގައި ކަށަވަރުކޮށްދޭނެކަމަށް އެ ޕާޓީން މީގެކުރިން ދެއްކި ވާހަކަތަކަށް ފާޑުވިދާޅުވެފަ އެވެ. 

މުހައްމަދު އިސްމާއިލް ވިދާޅުވީ، އެއީ އެމްޑީޕީން ރައްޔިތުންނަށް ދައްކާލި ދަޅައެއްކަމަށެވެ. ހައްގުތަކުގެ ވާހަކަދައްކައިގެން ވެރިކަމަށް އައިފަހުން ފެނިގެންދަނީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގުތަކަށް އަރައިގަންނަމުންދާ މަންޒަރުކަމަށް އޭނާ ވިދާޅުވި އެވެ. 

"އިންސާނީ ހައްގުތަކޭ ހިއުމަން ރައިޓުސްއޭ އަދުލްއިންސާފޭ ހަމަހަމަކަމޭ ހައްގުތައްކަށަވަރޭ ގޮވަމުން ރައްިތުންނައް ދެއްކީ ހުސްދަޅަ.ގާނޫނުއަސާސީގެ27 ވަނަ މާއްދާއިން ލިބިދީފަވާ އެއްވެއުޅުމާ ހިޔާލްފާޅުކުރުމުގެ ހައްގުތަކައް އަރާގަނެ ބާރުގެބޭނުންކޮށް ހުއްޓުވާ މަންޒަރު ކޮބާޑިމަކްރަސީ؟ "

އިދިކޮޅުގެ އެކްޝަން ޑިޕާޓުމަންޓުގެ ޗެއާ މުހައްމަދު އިސްމާއިލް 

މުހައްމަދު އިސްމާއިލް ވަނީ ރައްޔިތުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންދޭން މި ސަރުކާރަށް ނުކެރޭއިރު، އެމީހުން ގެންނަން ބުނި ޑިމޮކްރަސީ އޮތީ ކިހާ ހިސާބަކުތޯ އައްސަވާ ސުވާލު ކުރައްވާފަ އެވެ. 

މުހައްމަދު އިސްމާއިލްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކުރައްވާފައިވާއިރު، އިދިކޮޅުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކަށް ފުލުހުން ދަނީ ތަކުރާރުކޮށް ހުރަސްއަޅަމުން ނެވެ. އަދި މުޒާހަރާތަކަށް ހުރަސްއެޅުމަށް ހާލާތާއި ނުބައްދަލު ބާރުގެ ބޭނުން ކުރަމުންނެވެ. 

އިދިކޮޅުގެ މުޒާހަރާތަކުގެ ތެރެއިން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން އެކި ފަހަރުމަތިން ހައްޔަރުކޮށްފައިވާއިރު، ހައްޔަރު ކުރާ މީހުންނަށް އިހުމާލުވާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.