ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް: ފޮޓޯ/ މަޖިލިސް
ހަބަރު
01 Mar 2023 | 15:11
"ހިތަދޫ ޕޯޓުގެ ތަރައްގީއަށް ބޭނުންވާ 170 މިލިއަންގެ ތެރެއިން 40 މިލިއަން ރުފިޔާ މިއަހަރު ހަމަޖެހޭނެ"

އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ 170 މިލިއަން ރުފިޔާގެ ތެރެއިން 40 މިލިއަން ރުފިޔާ މި އަހަރު ތެރޭގައި ހަމަޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސްޓްރެޓީޖިކް ޕާޓްނަރޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން އައްޑޫ އެއަރޕޯޓާއި، އައްޑޫ ރީޖަނަލް ސީޕޯޓް ޕްރައިވަޓައިޒްކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ޤަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެެވެ. 

އެ ގަރާރަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ، ވިދާޅުވީ ހިތަދޫ ޕޯޓް ތަރައްޤީކުރަން 170 މިލިއަން ރުފިިޔާ ބޭނުންވާކަމަށާއި އޭގެތެރެއިން 40 މިލިއަން ރުފިޔާ މި އަހަރު ތެރޭގައި ލިބޭނެ ކަމަށެވެ..

"ޕޯޓްގެ ވާހަކަ ދެކެވޭއިރު އަޅުގަނޑު ހަމަ ސީދާ އަދަދު ދަންނަވާލަން ބޭނުންވޭ. ޕޯޓް ތަރައްޤީ ކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭނަށް ބޭނުންވަނީ 170 މިލިއަން ރުފިޔާ. 170 މިލިއަން ރުފިޔާގެ ތެރެއިން މިއަހަރު 40 މިލިއަން ރުފިޔާ ހަމަޖެހިގެންދާނެކަމުގެ ފުރިހަމަ ގްރީން ސިގްނަލް ވަނީ ލިބިފައި." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ 40 މިލިއަން ރުފިޔާ ހަމަޖެހިގެންދާއިރަށް ހިތަދޫ ޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާނެކަމަށެވެ.

މީގެ އިތުރުން އަސްލަމް ވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯރޓް ތަރައްޤީކުރުމުގެ މަސައްކަތާއި ގުޅޭ އަދާހަމަވެސް ދެއްވާފައެވެ  އެގޮތުން ވިދާޅުވީ، އެ މަސައްކަތް އިންޑިއާގެ ކޮންސްޓްރަކްޝަން ކުންފުނި، ރެނާޓަސްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިމަހުގެ 5 ވަނަ ދުވަހު ސޮއި ކުރާނެ ކަމަށެވެ. އަދި އެ ޙަފްލާއަށް ދަޢުވަތުވެސް ލިބިފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 28.5 މިލިއަން ޑޮލަރު ކަމަށެވެ.

ހިތަދޫ ރީޖަނަލް ޕޯޓް، ދެކުނުގެ މައި ހަބްގެ ގޮތުގައި ހިދުމަތް ދޭން ފެށީ 2009 ވަނަ އަހަރު ޖުލައި މަހު އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގައި އޮޕަރޭޓް ކުރާ ތިން ބަނދަރުގެ ތެރޭގައި ހިމެނޭ އެއް ބަނދަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.