މެމްބަރު ޒަރީރު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
01 Mar 2023 | 16:26
ސަރުކާރު އެސްޓުތައް ބޭރު ފަރާތްތަކާއި ހަވާލު ކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ: ޒަރީރު

ދިވެހި ސަރުކާރުގެ ކުންފުނިތަކާއި އަގު ހުރި އެސެޓުތައް ބޭރު ކުންފުނިތަކާއި ހަވާލުކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ. 

ޒަރީރު މިފަދައިން ވިދާޅުވެފައިވަނީ ސްޓްރެޓެޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އައްޑޫ އެއާޕޯޓާއި ރީޖަނަލް ސީޕޯޓު ޕްރައިވެޓައިޒް ކުރުމަށް ގޮވާލާ މަޖިލީހުގެ ހިތަދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށައެޅުއްވި ޤަރާރަށް ތާއީދު ކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ޒަރީރު ވިދާޅުވީ ސަރުކާރު ކުންފުނިތަކާއި، އެއާޕޯޓުތައް ހިންގުމުގެ ވާހަކައަކީ ދެއްކުންވެސް މަނާ ވާހަކައަކަށް ހަދާފައިވާކަމަށެވެ. އަދި އެފަދަ ވާހަކައެއް ދައްކައިފިނަމަ އެއީ ގައުމު ވިއްކާލުންކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާކަމަށް ޒަރީރު ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން އެފަދަ މަސައްކަތްތަކަށް ހުރަސްއެޅޭކަން އޭނާ ފާހަގަކުރެއްވި އެވެ. 

"ދުނިޔޭގެ އެންމެ ކާރުބާރު ބޮޑު އެއް އެއާޕޯޓު ހިރިތަރު އެއާޕޯޓުވެސް އެވެސް ބޭރުބަޔަކު ކުއްޔަށް ނަގައިގެން ހިންގަމުން ދާ ތަނެއް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި ދެން އިދިކޮޅު ފަރާތްތަކުން ނިކުމެ ގައުމު ވިއްކާލީ، ހަނާވަނީ.. ފަނާވަނީ.. މި ޝުއޫރުތައް މުޅި ޕަބްލިކުގައި ފާޅުކޮށް ރައްޔިތުންގެ މެދުގައި އެ ދަނީ ނަފްރަތު އުފައްދަމުން"

މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

ޒަރީރު ވިދާޅުވީ ދިވެހި ކުންފުނިތައް ބޭރު ފަރާތްތަކަށް ދިނުމާއި ގުޅޭގޮތުން ގެންގުޅޭ ވިސްނުން ބަދަލުކުރަން ޖެހޭކަމަށެވެ. ދިވެހި ރާއްޖެ ނޫނަސް ވަރަށް ގިނަ ގައުމުތަކުން އެފަދައިން ކަންކަން ކުރާކަމަށް ޒަރީރު ވިދާޅުވި އެވެ. 

އެހެންކަމުން، އެ ވިސްނުން ބަދަލުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވި އެވެ. 

"ރާއްޖޭގެ ކުންފުނިތަކާއި އެހެނިހެންވެސް ވެލިއުބަލް އެސެޓުތައް އަޅުގަނޑުމެން ބޭނުންކޮށްގެން ބޭރުގެ ފަރާތްތަކާއި ގުޅިގެންވެސް އަދި ރާއްޖޭގެ ކުންފުނިތަކާއި ގުޅިގެންވެސް އަޅުގަނޑުމެން އެބަ ޖެހޭ އެކަން ކުރަން. ބައެއް ފަރާތްތަކުން އެބަ ވިދާޅުވޭ ތިމަންނަމެން ބޭނުންވަނީ ހަމައެކަނި ދިވެހި ކުންފުނިތަކަށް ދޭން. އަޅުގަނޑު ހިތަށް އަރާ ކިހެނެއްބާއޭ އަޅުގަނޑުމެންގެ ވިސްނުމަށް ވެފައި މި ހުރީ؟ އަޅުގަނޑުމެންގެ އަތުގައި އެފަދަ ބޮޑެތި ކުންފުނިތައް ނެތިއްޖެއްޔާ ދެން އަޅުގަނޑުމެން ޖެހޭނީ ބޭރާ ދިމާލަށް ދާކަށް ނޫންތޯ؟ "

މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު

ޒަރީރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށް ބޭރު ފަރާތްތަކާއި ހަވާލުކުރުމުން އޭގެ މަންފާ އެމްޑީޕީގެ ފުރަތަަމަ ވެރިކަމުގައިވެސް ލިބިފައިވާކަން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައިވެސް އެކަން އެ އުސޫލުގެ ތެރެއިން ކުރަން ޖެހޭކަމަށް މެމްބަރު ޒަރީރު ވިދާޅުވި އެވެ. 

ކޮމެންޓް
އދ
ގައުމު ވިއްކުމުގައި ހަމަ އަވަދި ނެތި
01 Mar 2023
ގުޅޭ ލިޔުންތައް
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.