މެމްބަރު އަސްލަމް މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
01 Mar 2023 | 16:40
އެންމެ ބޮޑަށް ރޭވުންތެރިކަމާއެކު އައްޑޫ ސިޓީ ތަރައްގީ ކުރަމުންދަނީ މި ސަރުކާރުން: އަސްލަމް

އައްޑޫ ސިޓީ ތަރައްގީކުރުމަށް އެންމެ ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރެވޭނީ ފަތުރުވެރިކަން ފުޅާކުރެވިގެން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި އެނާގެ ވާހަކައިގައި ޚުލާސާކޮށް އެ ކަންކަމަށް އަލިއަޅުވާލެއްވި އެވެ. 

އަސްލަމް ވިދާޅުވީ ޝަންގްރިއްލާ އަލުން ހުޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި، އައްޑޫ ސިޓީގައި ޓުއަރިޒަމް ޒޯނު ހުޅުވުމަށް ކުރާ މަސައްކަތްތަކަކީ ފަތުރުވެރިކަން ފުޅާ ކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ. 

"ގައުމުގެ ދޫގަސް އަދި އިކުއިޓޯރިއަލް ވިލެޖު.. ދޫގަސްގެ 130 ކޮޓަރީގެ ހޮޓަލެއް އެޅުމަށް އަދި 50 ކޮޓަރީގެ ހޮޓަލެއް އެޅުމަށް، 35 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް އެކުލަވާލެވި ބިޑަށް އިއުލާނު ކުރެވިގެން މީހުން ކުރިމަތިލާ ބިޑު އިވެލުއޭޓުކޮށް މިހާރު ނިމެމުން އެ ދަނީ. އޭގެ އިތުރަށް ގަމުގަ ކާގޯ ސްޓޯރޭޖު ފެސެލިޓީ އިތުރުކުރެވޭނެ، ކޯލްޑް ސްޓޯރޭޖު ފެސެލިޓީ އިތުރުކުރެވޭ"

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް

އޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ވިޔަފާރި ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ 170 މިލިއަން ރުފިޔާގެ ތެރެއިން 40 މިލިއަން ރުފިޔާ މި އަހަރު ތެރޭގައި ހަމަޖެހޭނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފަ އެވެ.

އެކަންކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މި ސަރުކާރުން އައްޑޫ ސިޓީ ތަރައްގީ ކުރަމުންދަނީ ޕްލޭނެއްގެ ދަށުން، ވަރަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ. 

"އައްޑޫގެ ތަރައްގީއަށް މިއަށްވުރެ ފަހި މިއަށްވުރެ ރަނގަޅަށް އޯގަނައިޒްވެގެން ވެގެން ތައްޔާރުވެގެން ޕްލޭން ކުރެވިގެން އަދި މި ވީ ހިސާބަކަށް އެއްވެސް ސަރުކާރަކުން މި މަސައްކަތެއް ނުކުރޭ"

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް

އައްޑޫ ސިޓީ ތަރައްގީ ކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ހެޔޮ އަސަރު މުސްތަގުބަލުގައި ރައްޔިތުންގެ ދިރިއުޅުމަށް ކުރާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ