ފަލަސްޠީނުގެ ހުވާރާ ވިލެޖް
ހަބަރު
02 Mar 2023 | 06:16
ފަލަސްޠީނުގެ ހުވާރާ ވިލެޖް ވީ ފުހެލަން ކަމަށް އިޒްރާއިލްގެ މިނިސްޓަރަކު ބުނެފި

އިޒްރާއިލްގެ ސީނިއާ މިނިސްޓަރެއް ކަމަށްވާ ބެޒޭލް ސްމޮޓްރިޗް އިޒްރާއިލް ޓީވީގައި ވާހަކަ ދައްކަމުން ބުނެފައިވަނީ ފަލަސްޠީނުގެ ހުވާރާ ވިލެޖް ވީ ފުހެލަން ކަމަށެވެ.

"އަހަންނަށް ފެންނަނީ ފަލަސްޠީނުގެ ހުވާރާ ވިލެޖް ފޮހެލަން، އިޒްރާއިލްގެ ސިފައިން އެކަން ކުރަން އަހަންނަށް ފެނޭ" އިޒްރާއިލްގެ ފައިނޭންސް މިނިސްޓަރު އަދި އިޒްރާއިލުން ވެރިވެގަނެގެން ތިބި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ސިވިލް އެޑްމިނިސްޓްރޭޝަނާއި ގުޅުންހުރި ކަންކަން ބަލަހައްޓާ ބެޒޭލް ސްމޮޓްރިޗް ބުނެފައިވެއެވެ.

އިޒްރާއިލުގެ އިސްވެރިއަކު މިގޮތަށް ވާހަކަ ދައްކައިފައި މިވަނީ ދާދި އާދީއްތަ ދުވަހު ހުވާރާ ވިލެޖްގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފައިވަނިކޮށެވެ. އިޒްރާއިލުގެ މީހުން ގަދަކަމުން ހުވާރާ ތެރެއަށް ވަދެގަނެ އުނދަގޫތަކެއް ކުރުމުން ހުވާރާގެ ރައްޔިތުން ދިން ރައްދުގައި އިޒްރާއިލްގެ ދެ މީހަކު ވަނީ މަރުވެފައެވެ.

ހުވާރާގައި އިޒްރާއިލުން ހިންގި ކަންތައްގަނޑުގެ ތެރޭގައި ފަލަސްޠީނުގެ 37 އަހަރުގެ ފިރިހެނަކު ވަނީ ޝަހީދުވެފައެވެ. އިޒްރާއިލް ސިފައިން ބުދަ ދުވަހު ވަނީ ވިލެޖްގެ މީހުންނަށް ހަމަލާދިން ކަމަށް ޝައްކު ކުރެވޭ ކަމަށްބުން 6 މީހަކު ހައްޔަރުކޮށްފައެވެ.

"އެހާ މަތީ މަގާމެއްގައި ހުރި މީހަކު ފަލަސްޠީނުގެ ވިލެޖެއް ނައްތާލުން ފަދަ ވާހަކަދެއްކުމަކީ ވަރަށް ބޮޑަށް ނަފުރަތުއުފެދޭނެ ކަމެއް" ޖާރުއްސަލަމްގައި ހުރެ ވާހަކަ ދައްކަމުން އަލްޖަޒީރާގެ ރިޕޯޓަރު ޢިމްރާން ޚާން ބުނެފައިވެއެވެ.

ހަމަ މިފަދަ ވާހަކަތަކެއް ދާދި ފަހަކުން ނަތަންޔާހޫ ލީޑް ކުރާ ފާ ރައިޓް ކޯލިޝަންގެ މެމްބަރެއް ކަމަށްވާ ޒިވިކާ ފޮގެލް ވެސް ވަނީ ދައްކާފައެވެ. އަދި އޭނާއަކީ އިޒްރާއިލްގެ ޕާލިމެންޓުގެ މެމްބަރެއްވެސް މެއެވެ.

"ހުވާރާއިން ޓެރަރިސްޓަކު އައީ، ދެން އެވީ ހުވާރާ ބަންދުކޮށް ރޯކޮށްލައި އަންދާލަން، މިއީ އަހަރެން ދެކެން ބޭނުންވާ މަންޒަރަކީ، އަހަރެމެނަށް އެމީހުން ބިރުގަންނަވައިލެވޭނީ އޭރުން، އާދީއްދަ ދުވަހުގެ މަރަށް ފަހު ވިލެޖްތައް ވީ އަންދާލަން، އިޒްރާއިލް ސިފައިން ފިޔަވަޅެއް ނާޅަންޏާ" ޒިވިކާ ފޮގެލް ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.