މި މަހުގެ ރީތި ތާރީޚުގައި ފެމިލީ ކޯޓުގައި 36 ކައިވެނި

މާލޭގައި ކުރެވުނު ކައިވެންޏެެއްގެ ތެރެއިން -- ފޮޓޯ/ ސަން

މިއަދުގެ ރީތި ތާރީހުގައި ފެމެލީ ކޯޓުގައި 36 ކައިވެނި ކޮށްދޭން ހަމަޖެހިފައިވާކަމަށް އެކޯޓުން ބުނެފިއެވެ.

ފެމެލީ ކޯޓުން މިއަދު ބުނި ގޮތުގައި މިއަދު ރަސްމީ ގަޑީގައި އެކޯޓުގައި 18 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު ނުރަސްމީ ގަޑީގައިވެސް 18 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. 

މިއަދުގެ ތާރީޚް ހިސާބު އަދަދުން ލިޔާއިރު ހިމެނެނީ ހަމައެކަނި 023، ތިން ނަންބަރު އެކަންޏެވެ. ލިޔެލާފައި އިންނައިރުވެސް 2.3.23, މި ތާރީޚް ބަލާލަން ރީއްޗެވެ.

Advertisement

އެހެންކަމުން، އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މީހުން އެއްދުވަހެއްގައި ކައިވެނި ކުރުމަކީ ތާރީޚާއިވެސް ގުޅުން ހުރި ކަމެއް ކަން ޔަގީނެވެ. އެހެނީ މީގެ ކުރިންވެސް ރީތި ތާރީޚް ތަކުގައި ކައިވެނި ކުރާ މީހުންގެ އަދަދު އިންތިހާ އަށް އިތުރު ވެގެން ދެއެވެ. 

އެގޮތުން، މިއަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުވެސް ފެމެލީ ކޯޓުގައި 18 ކައިވެނިވަނީ ކޮށްދީފައެވެ. އަދި މިދިޔަ އަހަރުގެ އެންމެ ރީތި ތާރީޚު ކަމަށްވާ 22.02.22 ދުވަހު ފެމެލީ ކޯޓުގައި ރަޖިސްްޓްރީކޮށްގެން 85 ކައިވެނި ވަނީ ކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހުގެ ރީތި ތާރީހުގައި ފެމެލީ ކޯޓުގައި ވަނީ 38 ކައިވެނި ކޮށްދީފައެވެ. އެ ތާރީޚްވެސް ހިސާބު އަދަދުން ލިޔާއިރު ހިމެނެނީ ހަމައެކަނި 023، ތިން ނަންބަރު އެކަންޏެވެ. ލިޔެލާފައި އިންނައިރުވެސް 23.02.2023, މި ތާރީޚް ބަލާލަން ރީއްޗެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement