ސައީދު ޕީޕީއެމް ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
02 Mar 2023 | 10:29
މާރިޔާއާއި އޭނާގެ ޓީމު ގައްދާރުންގެ ގޮތުގައި ޖަވާބުދާރީ ކުރުވާނަން: ސައީދު

ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އާއި އޭނާގެ ޓީމު ޤައްދާރުންގެ ގޮތުގައި ޖަވާބުދާރީ ކުރުވާނެކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ޕީޕީއެމް ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ދިވެހިރައްޔިތުންނަށް ސަރުކާރުން ވަމުންދާ އިހުމާލު ބެލޭނެ ދުވަސް އޮތީ ކައިރީގައި ކަމަށެވެ. 

ޕީޕީއެމްގެ ސެނެޓަރު އަދި ސިފައިންގެއަސް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކޮށްދެއްވާ ޝަރަފުވެރިކަމާއެކު ރިޔަޓާކުރައްވާފައިވާ ބޭކަލެއްކަމަށްވާ އަބްދުއް ސަމަދަށް ކުޑައިމީސް ބަސްތައް މާރިޔާ ރައްދުކުރި މައްސަލަ އިދިކޮޅުން ހަނދާން ނައްތާނުލާކަމަށް ސައީދު ވިދާޅުވި އެވެ. 

މާރިޔާގެ އެ ވާހަކަތަކަށް ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު، މާރިޔާ މަޖިލީހަށް ހާޒިރުކުރުމަށް މިހާރުވެސް ސިޓީ ފޮނުވާފައިވާކަމަށާއި، އޭނާ މަޖިލީހަށް ހާޒިރުކުރާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އަދި އެނޫންވެސް މައްސަލަތަކުގައި ޑިފެންސް މިނިސްޓަރާއި އޭނާގެ ޓީމުން ހަދާފައިވާ ގޯސްތައް ބަލާ، ގައްދާރެއްގެ ގޮތުގައި ޖަވާބުދާރީ ކުރުވާނެކަމަށް ސައީދު ވިދާޅުވި އެވެ. 

"މާރިޔާއަށް މިއަދު މާ ފަހި ދުވަހެއްގެ ގޮތަށް ހިތްޕުޅަށް އަރާވަޑައިގެންފާނެ. ޤަބޫލުކުރައްވާ މާރިޔާމެންގެ ޓީމު ޖަވާބުދާރީ ކުރުވާނަން ގައްދާރުންގެ ގޮތުގައި އިރާދަކުރެއްވިއްޔާ"

ޕީއެންސީގެ ނައިބު ރައީސް ސައީދު 

މާރިޔާގެ މިނިސްޓަރުކަމުގެ ދަށުން ގަވައިދާއި ޚިލާފަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާގެ އަސްކަރީ ސިފައިން ގާއިމުވުމަށް ފުރުސަތުދީ ހެދި އެއްބަސްވުންތައް ބަލައި، ޕީޕީއެމްގެ ވެރިކަމުގައި އެ އެއްބަސްވުންތައްވެސް ބާތިލު ކުރާނެކަމަށް އިދިކޮޅުން ވަނީ މީގެ ކުރިންވެސް ބުނެފަ އެވެ. 

އެ އެއްބަސްވުންތައް ބާތިލު ކުރުމުގެ އިތުރުން އިންޑިއާ ސިފައިން މި ގައުމުން ބާލާ، އެއްބަސްވުންތައް ހެދުމުގެ ފަހަތުގައި ތިބި އެންމެން ޖަވާބުދާރީ ކުރުވާނެކަމުގެ ޔަގީންކަން ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުވެސް ވަނީ ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.