ހުޅުމާލެ ފޭސް 2/ ފޮޓޯ: އެޗްޑީސީ
ހަބަރު
02 Mar 2023 | 11:38
ސަރުކާރަށް ވިއްކީ ހައުސިން ޕްރޮޖެކްޓު ހިންގަން ބޭނުންވާ ބިންތައް: އެޗްޑީސީ

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) ސަރުކާރަށް ވިއްކި 5 ލައްކަ އަކަފޫޓަށްވުރެ ބޮޑު ބިމަކީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް ވިއްކި ބިންތަކެއްކަމަށް އެ ކުންފުނިން ބުނެފި އެވެ. 

އެޗްޑީސީން ވަނީ ސަރުކާރަށް 17 ބިމެއް ވިއްކާފަ އެވެ. އެއީ 15،000 އަކަފޫޓާއި 66،000 އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. އެ ބިންތައް އެ ކުންފުނިން ވިއްކާފައިވަނީ 878 މިލިއަން ރުފިޔާއަށެވެ. 

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮންނަ ހުޅުމާލެއިން ސަރުކާރުން 17 ބިމެއް ވިއްކުމަށްފަހު ސިވިލް ކޯޓުގައި ވަނީ މިދިޔަ ހަފްތާގައި އެ މުއާމަލާތް ސައްހަކަމަށް ކަނޑައަޅާފައެވެ.

އެކަމާއި ގުޅޭގޮތުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާއި ގުޅިގެން އެޗްޑީސީން ބުނީ އެ ބިންތައް ވިއްކާފައިވަނީ އިޖްތިމާއީ ބޯހިޔާވަހިކަމަށް ސަރުކާރުން ކުރިއަށްގެންދާ 4،000 ހައުސިން ޔުނިޓުގެ މަޝްރޫއުއާ ގުޅިގެން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. 

އެޗްޑީސީން އިތުރަށް ބުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށާއި އެހެނިހެން އުމްރާނީ ހަރަދުތައް ކޮށްފައިވަނީ އެ ކުންފުނިން ލޯނު ނަގައިގެން ކަމަށް ވުމާއެކު، އެކި ބޭނުމަށް ވިއްކާ ބިމަށް އަގު ކަނޑައެޅިފައިވާކަމަށެވެ.

ސަރުކާރަށް ވިއްކި ބިންތަކަކީ ސޯޝަލް ހައުސިން އަށް ދޫކުރި ބިންތަކެއްކަމުން، ބިމުގެ އަގު ކަނޑައަޅާފައިވާނީ އާންމުންނަށް ހައުސިން ޔުނިޓުތައް ދޫކުރުމުގައި ލުއި އަގުތަކެއް ހަމަޖެއްސޭނެ ގޮތަށް ބަލައިގެންކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

ސަރުކާރުން ގަނެފައިވާ ބިންތަކަށް ފައިސާ ދައްކާފައިވާތި ސިވިލް ކޯޓުން ވަނީ މި ހަފްތާގެ ތެރޭގައި އެ މުއާމަލާތް ސައްހަ ކަމަށް ނިންމައި، އެ ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ބަދަލުކޮށްފައިވާކަމަށް ކަނޑައަޅާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.