ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Mar 2023 | 14:39
މި ސަރުކާރުން ތަރައްގީ ގެންނަނީ ކޮންމެ 5 އަހަރަކުން އޮންނަ އިންތިހާބަކަށް ނޫން: ރައީސް ޞާލިހު

މި ސަރުކާރުން މަޝްރޫއުތައް ރާވާ، ކުރިއަށް ގެންދަނީ ކުރިއަށް އޮތް އިންތިހާބުތަކަކީ އެއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެނެއް ނޫން ކަމަށް ރައީސް އިބްެރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. 

ހިރިލަންދުއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ހިރިލަންދޫ ފެނަކަ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިސަރުކާރު އައިއިރު ރާއްޖޭގެ ގިނަ ރަށްރަށުގައި ފެނާ ނަރުދަމާ އާއި ކަރަންޓް ފަދަ އެންމެ އަސާސީކަންކަންވެސް ހުރީ ނުކުރެވި ފުނި ޖެހިފައި ކަމަށެވެ.

އަދި 2018 ވަނަ އަހަރު ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި އެކަން ފެނި ތަރައްގީ ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފެނިވަޑައިގެންނެވި ކަމަށާ މީގެ ކުރިން ސަރުކާރުތަކުން ކުރަން ފަށާފައި ހުރި ކަންތައްތަކުން ފެނިގެން ދަނީ ކޮންމެ ފަސް އަހަރަކުން އަންނަ އިންތިހާބަށް ތައްޔާރުވާ ތަން ކަމަށްވެސް ވިދާޅުވި އެވެ.

"މީގެ ކުރިން ސަރުކާރު ތަކުން ކަންކަން ކުރަމުން އައި ގޮތުގެ ތަފްސީލަަށް ނުދިޔަ ނަމަވެސް، ކުރަން ފަށާފައި ހުރި މަސައްކަތްތަކުން ފެންނަނީ، ކޮންމެ ފަސް އަހަރަކުން އެ އަންނަ އިންތިހާބަަކަށް ތައްޔާރުވާތަން، ކުރިއަށް އޮތް އިންތިހާބު، އެއީ ރިޔާސީ އިންތިހާބު ކަމުގައިވިޔަސް، އެ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ބޭނުންވާ ދިމަދިމާލަށް ކުރަން ޖެހޭ ކަންތައްތައް ކުރުން، އެއީ މި ވޭތުވެދިޔަ ތަނުގައި ސަރުކާރުތަކުން ކަން ކުރަމުން އައިސްފައި ގޮތް"

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

އެފަދައިން ކަންކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބެމުން އައި އާމްދަނީއާ އަޅާބަލާއިރު މީގެކުރިން ރާއްޖެ އޮތީ ތަރައްޤީވާންވީ މިންވަރަށް ތަރައްޤީ ނުވާ ކަން ރައީސް ފާހަގަކުރެއްވިއެވެ. 

މިއާއެކު ރައީސް ޞާލިހު ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ރާވާ، ކުރިއަށް ގެންދަނީ ރިޔާސީ އިންތިހާބު ނޫނީ މަޖިލީސް އިންތިހާބު އެއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެނެއް ނޫން ކަމަށެވެ. އަދި މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖެ ތަރައްގީ ކޮށް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑުމެން ވިސްނުން ތަފާތު ކުރިން. އަޅުގަނޑުމެން މަސައްކަތް ރާވައި، ކުރިއަށް މިގެންދަނީ، ކޮންމެހެން ކުރިއަށްއޮތް ރިޔާސީ އިންތިޚާބު، ނުވަތަ މަޖިލީހުގެ އިންތިޚާބު އެއީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކިގެނެއް ނޫން. ރާއްޖެ ތަރައްގީ ކުރުން. ތިބޭފުޅުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުން. އެއީ އަޅުގަނޑުމެންގެ ވިސްނުން، އަޅުގަނޑުމެންގެ ޕްލޭނަކީ އެއީ".

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ވިދާޅުވީ ތަރައްގީއާއެކު ކުރިއަށްދާނީތޯ ނުވަތަ މަޑުޖެހިގެން ތިބޭނީތޯ ނިންމާނީ ދިވެހި ރައްޔިތުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.