ސްރީލަންކާގެ އާއިލާއެއް
ދުނިޔެ
02 Mar 2023 | 15:12
މާލީ ހާލަތުދަށްވެ ލަންކާގެ އާއިލާތަކުން ކުދިންނަށް ކާންދޭ ވަރު މަދުކޮށްފި

އަވައްޓެރި ސްރީލަންކާގައި މާލީ ފުއްދުންތެރިކަން ކުޑަވެ އާއިލާތަކުން އެއާއިލާތަކުގެ ކުޑަ ކުދިނަށް ކާންދޭ މިންވަރު މަދުކޮށްފިއެވެ.

ސްރީލަންކާގެ މިކުދިން ގެއްލުމުގެ ކުރިން މިކަމަށް, ސްރީލަންކާގެ ސަރުކާރާއި ބައިނަލްއަޤްވާމީ ފަރާތްތަކުން އެހީތެރިވުމަށް, ކުޑަކުދިންގެ ހައްޤުތަކަށް ވަކާލާތުކުރާ ޗައިލްޑް ރައިޓްސް ޗެރިޓީ އިން ވަނީ ގޮވާލައިފައެވެ.

2021 ގެ ފަހުކޮޅުން ފެށިގެން ލަންކާއަށް ވަނީ މާލީ ދަތިކަން ކުރިމަތިވެފައެވެ. އެކަމުގެ ސަބަބުން އެޤައުމުގެ ރައްޔިތުން ދަނީ އެތައް ތަކުލީފުތަކެއް އުފުލަމުންނެވެ.

22 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ ލަންކާއިން ވަނީ އައިއެމްއެފްގެ މާލީ އެހީއަށް އެދިފައެވެ. ފާއިތުވި އޭޕްރީލް މަހު 46 ބިލިއަން ޑޮލަރުގެ ލޯނެއް ލަންކާއަށް އައިއެމްއެފްއިން ވަނީ ދޫކޮށްފައެވެ. އެލޯނު ދެއްކުމަށްވެސް ލަންކާ ސަރުކާރުން ވަނީ ނުކުޅެދިފައެވެ.

"މީގެ އަހަރެއްހާ ދުވަސް ކުރިން ސްރީލަންކާ ސަރުކާރުވަނީ ދަރަނި ދެއްކުމަށް ނުކުޅެދިފަ، އިންފްލޭޝަން ރޭޓު ދަނީ މައްޗަށް، ކާބޯތަކެއްޗާއި، ބޭސް، އަދި ތެލުގެ ދަތިކަން ވަނީ ކުރިމަތިވެފައި، ރަނގަޅު އާމްދަނީ އެއްލިބޭ ވަޒީފާއެއް ނެތުމުގެ ސަބަބުން އާއިލާތަކަށް ދަނީ ހަރަދުތައް ނުހިފެހެއްޓޭ ވަރުވަމުން" ޗެރިޓީ އިން ބުނެފައިވެއެވެ.

ސްރީލަންކާގެ ގޭބިސީތަކުން ދެބައިކުޅަ އެއްބައި ގޭބިސީތަކުން ހަރަދު ކުޑަކުރުމަށް ކުދިންނަށް ކާންދޭ މިންވަރު ވަނީ މަދުކޮށްފައި، 2،300 އެއްހާ ގޭބިސީ ތަކުގައި ކުދިންނަށް ކާންދިނުމަށް ބޮޑެތިމީހުން ތިބެނީ ރަނގަޅަށް ނުކައި ކަމަށް ޗެރިޓީ އިން ބުނެފައިވެއެވެ.

ކޮންމެ 10 ގޭބިސީއަކުން 9 ގޭބިސީ އިން ބުނެފައިވަނީ ކުދިންނަށް ފައިދާހުރި ކާނާއެއް ދެވޭނެ ކަމުގެ ގެރެންޓީއެއް ނެތްކަމަށްބުނެފައެވެ.

"ދަ ސޭވް ޗިލްޑްރެން" ރިޕޯޓު ޗެރިޓީ އިން މިނެރުނީ ލަންކާގެ މަސައްކަތް ތެރިން ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރިތާ އެއްދުވަސް ފަހުންނެވެ. ލަންކާގެ އެތައްހާސް މަސައްކަތް ތެރިންނެއް އެމީހުންގެ އަސާސީ ޚިދްމަތައް މެދުކަނޑާލައި މުޒާހަރާ ކޮށްފައިވަނީ ޤައުމު ދަރަނިވެފައިވާ އިރު ސަރުކާރުން ޢަމަލު ކުރަމުންދާގޮތާއި މެދު ހިތްހަމަ ނުޖެހިގެނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.