ިއިޒްރާއިލް ސިފައިން ޖެރިކޯ ދޫކޮށް ދަނީ
ހަބަރު
02 Mar 2023 | 16:06
ތިން ދުވަހަށް ފަހު ފަލަސްޠީނުގެ ޖެރިކޯ ހުޅުވައިފި

އިޒްރާއިލް ސިފައިން ޗެކްޕޮއިންޓު ތަކާއި، ހަރިކަށިފިޔަވަޅު ތަކާއި އެކު ބަންދުކުރި ފަލަސްޠީނުގެ  ޖެރިކޯ ހުޅުވައިފިއެވެ.

އިޒްރާއިލް ސިފައިން ޖެރިކޯ އަށް ހަތިޔާރާއި އެކު ވަދެގަތީ ހޯމަ ދުވަހު ފަލަސްޠީނުގެ ބަޔަކު ދިން ބަޑީގެ ހަމަލާތަކެއްގައި އެމެރިކަން އިޒްރާއިލް ރައްޔިތެއް ކަމަށްވާ 26 އަހަރުގެ އެލަން ގަނެލެސް މަރުވުމާއި ގުޅިގެން އޭނާ މަރާލި މީހާ ހޯދުމަށް ކަމަށް ބުނެއެވެ. އެލަން އަކީ ކުރިން އިޒްރާއިލްގެ ސިފައިންގެ ތެރޭގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އޭނާ މަރުވެފައިވަނީ ޖެރިކޯގެ ކައިރީގައި އޮންނަ ހައިވޭއެއްގެ މަތީގައެވެ.

އިޒްރާއިލް ސިފައިން ޖެރިކޯ ހުޅުވާފައިމިވަނީ އެލަން މަރާލިކަމަށް އެމީހުން ބުނާ ފަލަސްޠީނުގެ 22 އަހަރުގެ ޒުވާނެއް ކަމަށްވާ މަހްމޫދް ޖަމާލް ހަސަން ހަމްދާން ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލުމަށް ފަހުއެވެ. މަހްމޫދު ގަޔަށް ބަޑިޖަހައިފައި ވަނީ ޖެރިކޯގެ އަޤަބަތް ޖަބެރް ރެފިޔުޖީ ކޭމްޕްގައި ހުއްޓައެވެ. ހަމްދާން މަހްމޫދަށް ބަޑީގެ ހަމަލާދީފައި ވަނީ ބުދަދުވަހުގެ ފަތިސް ވަގުތުއެވެ. ހަމަލާތަކަށްފަހު ޒަހަމްތަކުގެ ސަބަބުން މަހްމޫދު ނިޔާވެފައި ވަނީ އެދުވަހުގެ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ.

ފަލަސްޠީނުން ދިން ހަމަލާއެއްގައި އެލަން މަރުވުމާއި ގުޅިގެން އިޒްރާއިލްގެ އާންމުން ވަނީ ފަލަސްޠީނުގެ ވިލެޖް ތަކަށް ވަދެ ހަމަނުޖެހުން ހިންގައިފައެވެ.

ޔަހޫދީން ވަނީ ހުވާރަ ވިލެޖަށް ވަދެ އެތައް ގެއްލުންތަކެއް ދީފައެވެ. އެގޮތުން އެތައް 100 ބަޔަކު ވަނީ ޒަހަމްވެފައެވެ. އެތައް ގެޔަކާއި އެތައް ކާރެއް ވަނީ އަންދާލާފައެވެ.

އާދީއްތަ ދުވަހު ހިނގި ކުރިމަތިލުމެއްގައި އިޒްރާއިލްގެ ދެބެން މަރުވުމާއި ގުޅިގެން އިޒްރާއިލް ސިފައިންގެ އަނިޔާވެރިކަން ވަނީ އިތުރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.