ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުނު މުނާސަބާ ފާހަގަކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ރައީސް ޞާލިހް ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
02 Mar 2023 | 18:54
އަޅުގަނޑު މިގެންގުޅޭ ޗާޓުން އެންމެ ރަށެއްވެސް، ފަރުދެއްވެސް ބޭރެއް ނުވާނެ: ރައީސް ޞާލިހު

އެމަނިކުފާނު ގެންގުޅުއްވާ ޗާޓުން އެންމެ ރަށެއް އަދި އެންމެ ފަރުދެއްވެސް ބޭރެއް ނުވާނެ ކަމަށާ އަދި ބާކީއެއްވެސް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ތ. ހިރިލަންދޫ ސްކޫލަށް 71 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ޒަމާނުއްސުރެން ހިރިލަންދޫ ގެ ރައްޔިތުންގެ ބުނަމުން އައީ އެ ރަށަކީ ޗާޓުން ގެއްލިފައިވާ ރަށެއް ކަމަށެވެ. އެހެން ނަމަވެސް މިހާރު އެކަމަށް ބަދަލު އައިސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ. 

"އޭރުވެފައި އޮތް ގޮތަކީ ޗާޓުގައި އޮތަސް ވަކިބައެއްގެ ދުރުމީއަށް ނާރައި މިއޮއްހާ ދުވަހު މިރަށް އޮތީ. އަޅުގަނޑުގެ ދުރުމީއަށް ވަރަށް ފަސޭހައިން މިރަށް އެރި. އެއީ ވަކި ހިރިލަންދޫ އަށް ވީމާއެއް ނޫން. އަޅުގަނޑުގެ ދުރުމީއަށް މިރަށް އެރީ އަސާސީ ހައްގުތަކުން މަހްރޫމް ވެފައި ތިބޭތާ އެތައް އަހަރެއް ވެފައިވާ ދިވެހި ރައްޔިތުން ތަކެއް މިރަށުގައި އުޅޭތީ. ރަށްފުރިގެން ގޯތި ނުދެވި އޮންނަތާ އެތައް އަހަރެއް ވެއްޖެ. ބޯހިޔާ ކުރެވޭނެ ގޮތެއް ނެތް. ސިނާއީ މަސައްކަތް ތަކަށް އިތުރު ފުރުސަތު ތަކެއް މިރަށަކު ނެތް."

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހު ވަނީ ހިރިލަންދޫގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިގެން މިހާރު ކުރިއަށް ގެންދަވާ ކަމަށެވެ. އެކަން މި އަހަރުގެ މެދުތެރޭގައި ނިމިގެންދާއިރު، އެ ރަށުގެ މަސްވެރިކަމާއި އެހެނިހެން ސިނާއީ ކަންކަންވެސް ކުރިއަރައިގެންދާނެ ކަން ރައީސް ޞާލިހް ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުންވެސް ރައީސް ޞާލިހު ވަނީ ހިރިލަންދޫގެ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތާއި، އެރަށުގައި ސާފު ބޯފެން ފޯރުކޮށްދިނުމަށާ، އަދި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، އަދި އޭނޫން ތަރައްޤީ ގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވާފައެވެ. އަދި އެ މަސައްކަތްތައް ނިމުމުން އެ ރަށަށް ދިމާވެފައިވާ ގިނަ މައްސަލަތައް ހައްލު ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. 

އެހެންވީމާ އަޅުގަނޑު ދަންނަވާނީ، ހިރިލަންދޫ މިހާރު މާ ރަނގަޅަށް ވެސް ޗާޓަށް އަރައިފިއޭ. އަޅުގަނޑު މި ގެންގުޅޭ ޗާޓުން އެންމެ ރަށެއް، އަދި އެންމެ ފަރުދެއްވެސް ބޭރު ނުވާނެ ކަމުގެ ޔަގީންކަން ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވެސް އަރުވަން. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް ވިދާޅުވީ، ރާއްޖޭގެ ހުރިހާރަށެއް ޖަޒީރާގެ ހާރަކުން ގުޅިލާމެހެނީ އޭގައިވާ ހުރިހާ ރަށެއްވެސް ގުޅިލާމެހިގެން ކަމަށާ، އަދި އެ ރަށްރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން ވެސް ގުޅިލާމެހިގެން ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައިވެސް ހިރިލަންދޫ އަށް އަންނާނީ ފަހި ދުވަސް ތަކެއް ކަަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ސާލިހުމޫސާ
ތިޗާޓު ބޭނުމެއްނޫން އަވަހައް އިސްތިއުފާ ދެއްވާ
02 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ