ކެރަމަލް ރަވާ ކަސްޓަރޑް ޕުޑިން--
ލައިފްސްޓައިލް
03 Mar 2023 | 10:23
މިއޮތީ ކެރެމަލް ރަވާ ކަސްޓަރޑް ޕުޑިން ތައްޔާރު ކުރާނެގޮތް!

މި ހުކުރު ވޮއިސް ގެ ބަދިގެއިން މި ގެނެސްދެނީ މެންދުރު ކެއުމަށް ފަހު އަނގަ ފޮނިކޮށްލަން ތައްޔާރު ކޮށްލެވޭނެ މީރު ޕުޑިން އެއްގެ ރެސިޕީ އެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. 

ބޭނުންވާނެ ތަކެތި

1/4 ޖޯޑު ހަކުރު (ކެރަމަލް ތައްޔާރު ކުރަން) 

2 މޭޒު މަތީ ސަމުސާ ކަސްޓަރޑް

1/4 ޖޯޑު ފެން

2 ޖޯޑު ފުލް ކްރީމް މިލްކް

1/2 ޖޯޑު ހަކުރު

1/4 ޖޯޑު ރަވާ (ސެމޮލީނާ)

ތައްޔާރު ކުރާނެގޮތް 

1) ތަވައެއްގެ ތެރޭގައި މަޑު ގިނީގައި ހަކުރު ކޮޅު (1/4 ޖޯޑު ހަކުރު) ކެރަމަލައިޒް ކޮށްލާށެވެ. އެއަށްފަހު އޭތި ބޭކިންގ ޓްރޭ އަށް އަޅާލާ އެއްވަރު ކޮށްލުމަށްފަހު ހިހޫ ވަންދެން ބަހައްޓާށެވެ. 

2) ދެން ކަސްޓަރޑް ކޮޅާއި 1/4 ޖޯޑު ފެނާއި ތައްޓެއްގެ ތެރޭގައި އެކުލަވައި ލުމަށްފަހު ބަހައްޓާށެވެ. 

3) އެއަށްފަހު ފުލް ކްރީމް ދިޔާ ކިރާއި ހަކުރު ކޮޅު ތެއްޔެއްގެ ތެރޭގައި ރަނގަޅަށް ކައްކާލާށެވެ. 

4) ކެކެން ފެށުމުން އޭގެ ތެރެއަށް ރަވާ ކޮޅާއި ކަސްޓަރޑް މިކްސްޗަރ އަޅާލައިގެން އޮލަވަންދެން މަޑު ގިނީގައި ރަނގަޅަށް ހަލުވަމުން ކައްކާލާށެވެ. 

5) ރަނގަޅަށް އޮލަވުމުން އެ މިކްސްޗަރ ކެރަމަލައިޒް ކުރި ހަކުރު މައްޗަށް އަޅާލާށެވެ. 

6) ދެން އާވިން ނުވަތަ އަވަނުގައި ޕުޑިން ފިހެލާށެވެ. އަވަނުގައި ފިހާނަމަ ފިހާނީ 175 ޑިގްރީ ސެލްސިއަސް އަށް ހޫނު މިން ބަހައްޓައިގެން. ގާތް ގަނޑަކަށް 20 މިނެޓް ތެރޭގައި ޕުޑިން ފިހެ ނިމޭނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.