ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.
ހަބަރު
03 Mar 2023 | 14:00
މައުލޫމާތު ބަދަލުވުމުން އައިޑީ ކާޑު ހައްދައިދޭ އަގު ބޮޑުކޮށްފި

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މައުލޫމާތު ބަދަލުވެގެން އާ ކާޑެއް ހައްދައިދޭ އަގު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ބޮޑު ކޮށްފިއެވެ.

މީގެ ކުރިން އައިޑީކާޑް ގައިވާ މައުލޫމާތު ބަދަލުކުރުމަށް ނަގަނީ 50 ރުފިޔާއެވެ.

ނަމަވެސް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ގެޒެޓް ކުރި އިއުލާނުގައިވާގޮތުން އިއްޔެއިން ފެށިގެން އެ އަގުވަނީ 150 ރުފިޔާއަށް ބޮޑުކޮށްފައެވެ.

މިހާރު ކާޑު ހައްދައިދޭ އަގުތައް:

އަލަށް: ހިލޭ

ކާޑުގެ މުއްދަތު ހަމަވުމުގެ ކުރިން ފޮޓޯ ނުވަތަ ސޮއިބަދަލުކުރާ ނަމަ: 150 ރުފިޔާ

އާ ކާޑެއް ހައްދާނަމަ: 150 ރުފިޔާ

މައުލޫމާތު އާކުރަން: 150 ރުފިޔާ

ކާޑު ގެއްލިގެން: 250 ރުފިޔާ

ދިރިއުޅޭ އެޑްރެހާއި އަމިއްލަ ނަން ފަދަ މައުލޫމާތު ބަދަލުވެގެން އައިޑީކާޑް ހެއްދުމަކީ އާއްމުކޮށް މީހުން ހޯދާ ހިދުމަތެކެވެ. ޚާއްސަކޮށް ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް ވެސް މައުލޫމާތު ބަދަލުވެގެން އާ ކާޑު ހައްދަން ހުށަހަޅާ މީހުން އިތުރު ވެއެވެ. 

އެކަމަކު ވޯޓާސް ލިސްޓުގައި އޮންނަ ގޮތާ ހިލާފަށް އައިޑީކާޑުގައި މައުލޫމާތެއް އޮވެއްޖެ ނަމަ ވޯޓުލުމުގެ ހައްގު ގެއްލޭނެތީ، ވޯޓުލާ މީހުންގެ ދަފުތަރު އެކުލަވާލާއިރު، އައިޑީކާޑުގެ މައުލޫމާތު ބަދަލުވެގެން އާކުރުމުގެ ހިދުމަތް މެދުކަނޑާލަ އެވެ.

އައިޑީކާޑް ހެއްދުމަށް މިހާރު ހުށަހަޅަން ޖެހެނީ އޮންލައިން ކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.