ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޮހިންޔާ ރެފިއުޖީން: ފޮޓޯ: ޔޫއެންއެޗްސީއާރް
ހަބަރު
03 Mar 2023 | 16:42
ރޮހިންޔާ ރެފިޔުޖީންގެ ހައިހޫނުކަން ފިލުވަން ބަޖެޓެއް ނެތް: އދ

ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނަށް ބަނޑުފުރާނަ މުއްތިކުރެވޭނެ ވަރަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވޭނެ ވަރަށް ބަޖެޓު ލިބިފައި ނުވާ ކަމަށް އ.ދ.ގެ އިދާރާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔު.އެފް.ޕީ)އިން ބުނެފިއެވެ.

ރޮހިންޔާ ރެފިއުޖީންނަށް ކާބޯތަކެތި ފޯރުކޮށްދޭނެ ބަޖެޓު ނެތި، އެކަމަށް އެހީވަމުންދިޔަ ގައުމުތަކުގެ އެހީވެސް ލިބެމުންނުދާތީ ކަންބޮޑުވުން ޑަބްލިޔު.އެފް.ޕީ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރޮހިންޔާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީދޭ ޤައުމުތަކުން ދިނުމަށް ވަޢުދުވެފައިވާ 125 މިލިޔަން ޑޮލަރުގެ އެހީ ލިބިފައި ނުވާ ކަމަށާއި، އެ ސަބަބަށް ޓަކައި، ރޮހިންޔާ މުސްލިމުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

އަދި، މީހެ ކުރިން ރޮހިންޔާ ރެފިއުޖީންނަށް ފޯރުކޮށްދެމުންއައި "ފުޑް ވައުޗަރ" ދެމުންއައީ މަހެއްގެ މައްޗަށް ބޮލަކަށް 12 ޑޮލަރުގެ މަގުން ކަމަށާ އެހެން ނަމަވެސް އެ ވައުޗަރ ގެ އަގު 10 ޑޮލަރަށް މިހާރު ދަށްކުރަން ޖެހިފައިވާއިރު ކުރިއަށް އޮތް ތަނުގައި އިތުރު އެހީ ނުލިބިއްޖެ ނަމަ، ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތަށް ހުރަސްއެޅި ރޮހިންޔާ މުސްލިމުން ބަނޑަށް ޖެހުމުގެ ބިރު ބޮޑުވެފައިވާ ކަމުގައި ވެސް އިދާރާއިންވަނީ އިންޒާރު ދީފައެވެ. 

ބަންގްލަދޭޝް ގައި ހުންނަ ރޮހިންޔާ ކޭންޕުތަކުގައި މިލިއަނަކަށްވުރެ ގިނަ މުސްލިމުން އަންނަނީ ދިރިއުޅެމުންނެވެ. އެ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝްގެ ސަރުކާރުން ނުކުޅެދިފައިވާއިރު، އެ މީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދެވޭނެ ކަމުގެ އުންމީދު ވަނީ ފަނޑުވެފައެވެ.

އެކަމާއި ގުޅިގެން ރޮހިންޔާ މުސްލިމުންގެ ހައްޤުތަކުގެ ދިފާޢުގައި ވަކާލާތުކުރާ މަދަނީ ޖަމުޢިއްޔާއެއް ކަމުގައިވާ އަރަކަން ރޮހިންޔާ ނޭޝަނަލް ޔޫނިއަންއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބަންގްލަދޭޝްގައި ހާލުގައި ޖެހިފައިވާ ރޮހިންޔާ މުސްލިމުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތީ ފޯރުކޮށްނުދެވުމަކީ އ.ދ.ގެ ވަރަށް ބޮޑު ފޭލުވުމެއް ކަމަށްވެސް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.

އަދި، މި ކަމުގެ ސަބަބުން ރޮހިންޔާ މުސްލިމުންގެ ހާލަތު ދެރަވެ، ކުޑަކުދިން ލައްވާ މަސައްކަތްކުރުވުމާއި، އިންސާނީ ވަގުފާރިއާއި، ހަށިވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފަދަ ނުރައްކާތެރި ކުށްތަކަށް މަގުފަހިވުމުގެ ފުރުޞަތު ބޮޑުވެފައިވާ ކަމުގައި ވެސް އެ ޖަމުޢިއްޔާއިން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.