ޕީޕީއެމް ޖަލްސާއެއްގައި ޑރ ޖަމީލު ވާހަކަދައްކަވަނީ/
ހަބަރު
04 Mar 2023 | 14:45
މީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފު ދިން 5 އަހަރު: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގެ 5 އަހަރަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފުދިން ފަސް އަހަރުކަމަށް ކުރީގެ ނައިބުރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޞާލިހާއި، މި ވެރިކަމަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެ ޓްވީޓުގައި ޑރ ޖަމީލު ވިދާޅުވީ ރައީސް ޞާލިހަކީ ސިޔާސީ މައިދާނުގައި ތިބި ހުރިހާ ލީޑަރުންގެ ތެރެއިންވެސް އެންމެ ފެންވަރުދަށް ބޭފުޅާ ކަމަށެވެ. 

އެމަނިކުފާނު ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ގިނަ ވައުދުތަކެއް ފުއްދާދެވިފައި ނުވާކަން ޑރ ޖަމީލު ފާހަގަކުރެއްވި އެވެ. އަދި މި ވެރިކަމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަންވެސް ފާހަގަކުރެއްވި އެވެ. 

އެއާއެކު ޑރ ޖަމީލު ވިދާޅުވީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވާކަމަށެވެ. އެމަނިކުފާނު ރިޔާސީ އިންތިޚިބާގުގައި ނާށިގަނޑު ހިއްޕަވައިގެން ނިކުމެވަޑައިގެން ސަލާން ޖެހި ނަމަވެސް، ބަޔަކު އެމަނިކުފާނަށް ވޯޓު ނުދޭނެކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

"މިއީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ތަކުލީފު ދިން 5 އަހަރު. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަކީ މިވަގުތު ތިބި ސިޔާސީ ކޮންމެ މީހަކަށް ވުރެ ފެންވަރު ދަށް ފަރާތެއް. ދެން ނާށިގަނޑު ހިފައިގެން ސަލާންޖެހިޔަސް ބަޔަކު އެކްސައިޓްނުވޭ"

ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު 

ޑރ ޖަމީލު އިތުރަށް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ރައީސް ޞާލިހުގެ ސިޔާސީ ކެރިއަރު ކުރިއަރުވަން ނޫން ކަމަށެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ރައްޔިތުން ނިކުންނަނީ ގައުމަށް ހެޔޮ ގޮތް ހޯދައިދީ ގައުމު މިހާރު މި އޮތް ހާލަތުން ނެގުމަށްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، ގައުމު މިހާރު މި އޮތް ހާލަތުން ނަގައި ކޮޅަށް ޖެހުމަށް ވަރުގަދަ އިގްތިސާދީ ލީޑަރެއް ބޭނުންވާކަމަށް އިދިކޮޅު އިއްތިހާދުން ދަނީ ބުނަމުންނެވެ. އަދި އެކަން ކޮށްދެވޭނެ ހަމައެކަނި ލީޑަރަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކަމަށް އެ ފަރާތްތައް ދަނީ ތަކުރާރުކޮށް ބުނަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.