އިދިކޮޅުގެ ހޯޕް ކޮންފަރެންސް ނިންމުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
05 Mar 2023 | 09:30
މި ސަރުކާރުން އަންނަނީ ގާނޫނީ ވަކީލުންގެ ހައްގުތަކަށް އަރައިގަނެ ބިޑި އަޅުވަމުން: އިދިކޮޅު

މި ސަރުކާރުން އަންނަނީ ޤާނޫނީ ވަކީލުން ގެ ޙައްޤުތަކަށް އަރައިގަނެ، އެފަރާތްތަކުގެ މަސައްކަތަށް ހުރަސް އަޅާ ހައްޔަރުކޮށް ބިޑި އަޅުވަމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ. 

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލާން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅުން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ޕީޕީއެމްގެ އިސްތިޢުނާފް ކޮމިޓީގެ މުޤައްރިރު އަދި ޤާނޫނީ ވަކީލު މުޙައްމަދު ރާޤިބު ހައްޔަރު ކުރުމާއި ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެގެ ޖުމްހުރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނޫ ތަކުން ލިބިދީފައިވާ ޚިޔާލު ފާޅު ކުރުމާއި ސުލްޙަވެރިކަމާއެކު އިޙުތިޖާޖު ކުރުމުގެ ޙައްޤުގެ ބޭނުންކޮށް ޕީ.ޕީ.އެމް އިން މަގުމަތީ ހިންގާ ހަރަކާތްތަކަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅަމުންގެންދާ ކަމަށެވެ. 

އަދި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ދިވެހި ރައްޔިތުންނަށް އަނިޔާކޮށް، އިޙުތިޖާޖުގެ ބައިވެރިން ސުލްޙަވެރިކަމާއެކު ތިއްބާ، އެއްވެސް ކަމަކާ ނުލާ ހިފާ ހައްޔަރުކޮށް އެތައް އިރެއް ވަންދެން ކޮންމެ ރެއަކު ބަންދުކޮށްފައި ބޭތިއްބުމަކީ ޑިމަކްރަސީއާއި ވަރަށްވެސް ބީރައްޓެހި ކަންކަން ކަމަށާއި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ވެސް ޚިލާފު ކަމެއް ކަމަށް އިދިކޮޅުން ބުނެފައިވެއެވެ. 

މީގެ އިތުރުން އިދިކޮޅުން ބުނީ، އެ ޕާޓީން ހިންގާ ޙަރަކާތްތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޤާނޫނީ ވަކީލުންގެ މަސައްކަތަށް ހުރަސް އަޅާ އެމީހުންގެ ޙައްޤުތައް ގެއްލޭ ގޮތަށް ޢަމަލު ކުރަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.

"އިޙުތިޖާޖުގެ ކަންކަން މޮނިޓަރކޮށް ކަން ހިނގާ ނުހިނގާ ގޮތް ބައްލަވަން އިސްކޮށް ތިއްބަވާ ޤާނުނީ ވަކީލުންގެ ޙައްޤުތަކަށް އަރައިގަނެ، އެފަރާތްތައް ހައްޔަރުކޮށް ބިޑިއެޅުވުން ފަދަ ޢަމަލުތައްވެސް މިހާރުވަނީ ކުރަން ފަށާފައެވެ. އެގޮތުން މިޕާޓީގެ އިސްތިޢުނާފް ކޮމިޓީގެ މުޤައްރިރު އަދި ޤާނޫނީ ވަކީލު މުޙައްމަދު ރާޤިބު ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ރާޤިބު މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލަމެވެ." އިދިކޮޅުން ބުނެފައިވެއެވެ. 

މީގެ އިތުރުންވެސް އިިދިކޮޅުން ވަނީ ސަރުކާރުގެ ޣައިރު ޤާނޫނީ ޢަމުރު ތަންފީޒުކޮށް އިޙުތިޖާޖުތަކުގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް ޤާނޫނާއި ޚިލާފަށް ދިވެހި ރައްޔިތުން ހިފާ ހައްޔަރު ކުރަމުން ގެންދާ މައްސަލަ ބައްލަވައިދެއްވުމަށް ދައުލަތުގެ ކަމާއިބެހޭ މުއައްސަސާތަކަށްވެސް ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.