ފިނޭންސް މިނިސްޓަރު އަމީރު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
06 Mar 2023 | 10:48
ވެންޓިލޭޓަރުތަކަށް އެޑްވާންސް ލާރި ދީ އާބިޓްރޭޝަނަށް ދިއުން ލަސްކުރި ސަބަބު ހާމައެއް ނުކުރި!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެންނަން އޯޑަރު ކުރި ވެންޓިލޭޓަރުތަކުގެ މައްސަލައިގަ އާބިޓްރޭޝަނަށް ދިއުމަށް ސަރުކާރުން ނިންމާފައިވާކަމަށް 2021 ވަނަ އަހަރު ބުނި ނަމަވެސް އެ މައްސަލަ ހުށައެޅުން ދިގުލައިގެން ދިޔަ ސަބަބާއި ގުޅޭގޮތުން މަޖިލީހުގައި ކުރި ސުވާލަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޖަވާބުދެއްވަން ދެކޮޅު ހައްދަވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު އަމީރު ހާޒިރުކުރައްވާ މެމްބަރުން ވަނީ ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ގިނަ ސުވާލުތަކެއް ކުރައްވާފަ އެވެ. 

އެގޮތުން މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަނީ ވެންޓިލޭޓަރުގެ މައްސަލައިގައި އާބިޓްރޭޝަނަށް ދިއުން މިހާ ލަސްވެގެން ދިޔައީ ކޮން ސަބަބަކާއި ހުރެތޯ ސުވާލު ކުރައްވާފަ އެވެ. 

އާމިރުގެ އެ ސުވާލާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ އާބިޓުރޭޝަނަށް ހުށައެޅިފައި އޮއްވާ އެއާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ބޭނުންފުޅުވެ ނުލައްވާ ކަމަށެވެ. އަދި އެ މައްސަލައާއި ގުޅޭގޮތުން މަޖިލީހުގައި ވާހަކަދެއްކުމަކީ އާބިޓްރޭޝަނުގައި އޮތް މައްސަލައަށް އަސަރު ކުރާނެ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"އާބިޓްރޭޝަނަށް މިހާރު މައްސަލަ ހުށައެޅިފަ އެ އޮތީ. ދެން އާބިޓްރޭޝަނާއި ބެހޭގޮތުން އިތުރަށް ވާހަކަދެއްކުމަކީ މިހާރު އާބިޓްރޭޝަންގައި މައްސަލަ އޮތީމަ އެއަށް ކޮންމެސް ވަރެއްގެ އަސަރެއް ކޮށްފާނެ. އެހެންވީމަ އެއަށް އިތުރަށް ވާހަކަދައްކަން އަޅުގަނޑު ނެތިން"

ފިނޭންސް މިނިސްޓަރު އަމީރު 

އެފަހުން މެމްބަރު އާމިރު ވަނީ ނިޒާމީ ނުގުތާއެއް ނަންގަވާ، 75 ވެންޓިލޭޓަރު ގަތުމަށް އެޑްވާންސްކޮށް 31 މިލިއަން ރުފިޔާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ދިނީ މާލިއްޔަތު ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތިންތޯ މިނިސްޓަރު އަރިހުން ސުވާލު ކުރައްވާފަ އެވެ. 

އާމިރުގެ އެ ސުވާލަށްވެސް ފިނޭންސް މިނިސްޓަރު އަމީރު ޖަވާބެއް ނުދެއްވި އެވެ. ތަކުރާރުކޮށް ވިދާޅުވީ އެ މައްސަލަ މިހާރު އާބިޓްރޭޝަންގައި އޮތުމުން ސުވާލަށް ޖަވާބު އެރުވެން ނޯންނާނެ ކަމަށެވެ. 

"އަޅުގަނޑު ހަމަ ކުރިން ފާހަގަކުރެއްވި ގޮތަށް، މިހާރު މައްސަލަ އޮތީ އާބިޓްރޭޝަންގަ. އިތުރަށް އަޅުގަނޑު ތިވާހަކައިގަ ޖަވާބު އަޅުގަނޑު ނެތިން އެގޮތަށް ޖަވާބުދޭކަށް"

ފިނޭންސް މިނިސްޓަރު އަމީރު 

ވެންޓިލޭޓަރު މައްސަލައިގައި އާބިޓްރޭޝަނަށް ދާން ނިންމާފައިވާކަމަށް ސަރުކާރުން ބުނެފައިވަނީ 2021 ވަނަ އަހަރުގައެވެ. 

އޭރު ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ނޫސްވެރިންނާއި ބައްދަލުކުރައްވާ މައުލޫމާތު ދެއްވަމުން ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް އެކި މުއްދަތުތައް ދެވިފައިވާ ކަމަށާއި، ވެންޓިލޭޓަރުތައް ހޯދުމުގެ އެކި ޓައިމްލައިންތައް ވެސް ފަހަނައަޅާ ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ވެންޓިލޭޓަރުތައް ހޯދަން ސަރުކާރުން ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ލިބިފައި ނުވާތީ ކަމަށާއި ސަރުކާރުން ނިންމާފައިވަނީ ވެންޓިލޭޓަރުތައް ގަތުމަށް ސަރުކާރުން ދެއްކި ފައިސާ އަނބުރާ ހޯދުމަށްކަމަށް މަބުރޫކު ވިދާޅުވި އެވެ. 

އެ ކުންފުންޏަށް ވެންޓިލޭޓަރު ގަންނަން ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. އެއްބަސްވުމުގެ ދަށުން 75 ވެންޓިލޭޓަރު ރާއްޖެއަށް ދޭން ޖެހުނު ނަމަވެސް އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.