އަތޮޅު ހޮސްޕިޓަލުގެ ކުރެހުމެއް/ ފޮޓޯ: ހަފްތާ
ހަބަރު
06 Mar 2023 | 14:21
7 ހޮސްޕިޓަލެއް އަޅަން މި ހަފްތާތެރޭ ހަވާލު ކުރެވޭނެ: އަމީރު

ކުވެއިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ މަސައްކަތް މި ހަފުތާގައި ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

އަލީ ރިޒާ ވަނީ ހޮސްޕިޓަލުތައް އެޅުމަށް ކުވެއިތު ފަންޑުން ފައިސާ ހަމަޖެހޭނެކަމަށް މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވާއިރު، އެ ފަންޑު ހަމަޖެހިފައި ވޭތޯ އައްސަވާފަ އެވެ. އަދި ހޮސްޕިޓަލު އަޅަން ފެށޭނެ މުވައްދަތެއް ސާފުކޮށްދިނުމަށް މިނިސްޓަރު އަރިހުން އެދިލައްވާފަ އެވެ. 

މެމްބަރު ރިޒާގެ ސުވާލަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ ހޮސްޕިޓަލުތައް އެޅުމަށް ކުވެއިތު ފަންޑު ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ހަފްތާގެ ތެރޭގައި ހޮސްޕިޓަލުތައް އެޅުމަށް ހަވާލުކުރެވޭނެކަމަށް މިނިސްޓަރު ވިދާޅިވިއެވެ. 

"މި ހަފުތާ ތެރޭގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެވޯޑުކޮށްފަ ނޯ އޮބްޖެކްޝަނަށް ކުވެއިތު ފަންޑަށް ފޮނުވާނަން"

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމިރު 

ކުވެއިތު ފަންޑުން 7 ސަރަހައްދެއްގައި ހޮސްޕިޓަލު އެޅުމަށް ނިންމާފައިވާކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ ހަނިމާދޫ، ށ. މިލަންދޫ، ނ.ވެލިދޫ، ކ.ތުލުސްދޫ، އދ. މާމިނގިލީގެ އިތުރުން ވ.ފެލިދޫ އަދި ތ.ވިލުފުއްޓެވެ. 

މިއިން ކޮންމެ ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކުވޭތު ފަންޑުގެ އެހީގައި ހޮސްޕިޓަލް އެޅުމަށް އިއުލާނުކުރުމުން ހުށަހެޅި ބީލަންތަކުގެ އަގު ބޮޑުވުމުގެ ސަބަބުން އެ މަޝްރޫއަށް އަލުން އިއުލާނު ކުރަން ޖެހުނުކަން ފާހަގަކޮށްލެވެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.