ހައިކޯޓަށް ވަޑައިގެންނެވުމަށް ފަހު އިދިކޮޅުން ނޫސްވެރިންނާއިއެކު ބޭއްވި ބައްދަލުވުން: ފޮޓޯ/ ޕީޕީއެމް
ހަބަރު
06 Mar 2023 | 14:26
ރައީސް ޔާމީންގެ އިސްތިއުނާފު ބަލައިގަތުމާމެދު ގޮތެއް ނިންމަންދެން ހައިކޯޓަށް ދާނަން: އިދިކޮޅު

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފް ބަލައިގަތުމާއިމެދު ހައިކޯޓުން ގޮތެއް ނިންމަންދެން އެ ކޯޓަށް ދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. 

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން އެމައްސަލަ ބަލައި ގަތުމާއިމެދު އަދިވެސް ގޮތެއް ނިންމާފައި ނުވާތީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ މިއަދު ހައިކޯޓަށް ވަޑައިގެންފައެވެ. 

ހައިކޯޓަށް ވަޑައިގަތުމަށްފަހު، ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން އަކީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަށް ވާއިރު، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލައި ގަތުމާއި މެދު އެ ކޯޓުން ގޮތެއް ނުނިންމާ ލަސްކުރާ ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތައް އިތުރުވާ ދުވަހެއް ކަމަށެވެ.

އެހެން ނަމަވެސް ހައިކޯޓުގެ ރެޖިސްޓްރާރ އިދިކޮޅުގެ ކޯލިޝަނާއި ބައްދަލު ނުކުރައްވާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. 

އަދުރޭ އިތުރަށް ވިދާޅުވީ، އިދިކޮޅުގެ ލީޑާޝިޕުން މާދަމާވެސް ހައިކޯޓަށް ދާނެ ކަމަށާ، ހައިކޯޓުން މައްސަލަ އާއި މެދު ގޮތެއް ނިންމަންދެން އިދިކޮޅުގެ މަސައްކަތް ހުއްޓާ ނުލައްވާނެކަމަށެވެ. 

"14 ދުވަސް ތެރޭގައި ޖަވާބު ދޭން ގާނޫނުގައި އޮންނާތީ، ކޮންމެހެން 14 ދުވަސް ހަމަކުރަން ޖެހޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. މައްސަލައިގެ ބާވަތުން އިސްކަންދޭންޖެހޭ މައްސަލަތައް ހުންނާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. މިވަގުތު ހައިކޯޓަށް ހުށަހެޅިފައިވާ އެންމެ މުހިންމު އެންމެ ހައްސާސް މައްސަލައަކަށްވާނީ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައި އޮތް މައްސަލަ. އެއީ ސަބަބަކީ އެމަނިކުފާނަކީ ފަސް އަހަރު ވަންދެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއް. އަދި މިވަގުތު ދިވެހިރާއްޖޭގެ އިދިކޮޅު ލީޑަރު. އަދި އޭގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް. މި ހުރިހާ ގޮތަކަށް ވިސްނާއިރުވެސް އެ މައްސަލަ އަށް އިސްކަންދޭންޖެހޭ." އަދުރޭ ވިދާޅުވިއެވެ. 

އަދުރޭ އިތުރަށް ވިދާޅުވީ އިދިކޮޅުން ކުރަމުން ދަނީ ހަމައެކަނި ޕީޕީއެމް، ޕީއެންސީގެ މަސައްކަތެއް ނޫން ކަމަށާ، އެއީ ދިވެހި ރައްޔިތުންގެ މަސައްކަތެއް ކަމަށެވެ. 

އަދި މީގެ ކުރިންވެސް ރައީސް ޔާމީން ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފް ކޮށްގެން އެ މައްސަލައަށް ހައިކޯޓުގައި އަހަރެއްވެގެން ދިޔަ ކަމަށާ، އެއަށްފަހު ސްޕްރީމްކޯޓަށް މައްސަލަ ލައި، އެ ކޯޓުން އެމަނިކުފާނުގެ ކުށެއް ނެތް ކަން ސާބިތުވެފައިވާކަން އަދުރޭ ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން އެމަނިކުފާނުގެ އާއިލާއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަކަނޑ ފާހަގަކުރައްވައި އަދުރޭ ވިދާޅުވީ މިފަހަރު ވެސް ކަންކަން ހިނގަމުންދަނީ އެފަދައިން ކަމަށެވެ. 

ވުމާއެކު އިދިކޮޅުން ހައިކޯޓަށް އައީ އެ ކަންބޮޑުވުން އޮތުމުން ކަމަށާ، އެ މައްސަލަ އާއި މެދު ގޮތެއް ނިމެންދެން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.