އިދިކޮޅުން ދެއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ޕީޕީއެމް
ހަބަރު
06 Mar 2023 | 18:26
ޝަކީލު ހައިކޯޓަށް އައްޔަން ކުރަން ނިންމި ނިންމުން މުރާޖާ ކުރަން ޖެހޭ: އިދިކޮޅު

ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހުމަދު ޝަކީލު، ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުން މުރާޖާ ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ. 

އިދިކޮޅު ކޯލިޝަނުން މިފަދައިން ގޮވާލާފައިވަނީ ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ނިމިދިޔަ ޑިސެމްބަރު މަހުގެ 25 ގައި އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަހުމަދު ޝަކީލު، ހައިކޯޓަށް އަންޔަން ކުރުމާއި ގުޅިގެން އިދިކޮޅުގެ ކަންބޮޑުވުންތައް ހިއްސާކޮށް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ހުކުން ކުރާ ކޮންމެ ފަނޑިޔާރަކަށް ޕްރޮމޯޝަން ލިބިގެން ދިއުމަކީ އިއްތިފާގެއްކަމަށް ޤަބޫލު ނުކުރައްވާކަމަށެވެ. 

ވޮޑުމުއްލާ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް ހުކުމްކުރި ފަނޑިޔާރު އަލީ ރަޝީދަށް ސުޕްރިމް ކޯޓުން ޖާގަ ދީފައިވާއިރު، ޝަކީލަށް ހައިކޯޓުން ޖާގަ ދިނުމަކީ އިއްތިފާގެއް ނޫންކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެއީ ރައީސް ޔާމިނާއި ދެކޮޅަށް ހުކުން ކުރުމުގެ އިނާމެއްގެ ގޮތުން ދިން ޕްރޮމޯޝަނެއް ކަމަށެވެ. 

އަނެއްކޮޅުން ޝަކީލު ހައިކޯޓަށް އައްޔަންކޮށްފައިވަނީ އޭނާގެ ދެ މައްސަލައެއް އިދިކޮޅުން ޖޭއެސްސީއަށް ހުށައަޅާފައިވަނިކޮށްކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

އިިދިކޮޅުން ޝަކީލުގެ 2 މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ ނިމިދިޔަ ފެބްރުއަރީ 12 ގަ އެވެ. އެހެން ނަމަވެސް ހައިކޯޓަށް އައްޔަންކޮށްފައިވަނީ އެއިން އެއްވެސް މައްސަލައެއް ނުބަލައެވެ. 

"އަޅުގަނޑުމެންގެ ވަކީލުންގެ ފަރާތުން އެބޮތް ދެ މައްސަލައެއް ޝަކީލާއި ބެހޭގޮތުން ޖޭއެސްސީއަށް ހުށައަޅާފަ. އެއީ ގާނޫނު ނަންބަރު 3/2010 ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 3ވަނަ ބާބުގެ 29 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރުގައި ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާނޫނާއި ޤާނޫނު އަސާސީއަށް ތަބާވާން ޖެހޭނެކަމަށް ބަޔާންކޮށްފައި ވަނިކޮށް ކްރިމިނަލް ކޯޓުގައި 2022 ވަނަ އަހަރު ޑިސެމްބަރުމަހު 25 ވަނަ ދުވަހު ބޭއްވި އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައިގައި މައްސަލަބެއްލެވި ޤާޟީ އަހުމަދު ޝަކީލު ހުކުމް ކުރެއްވުމުގެ މަޖިލީސް ފެއްޓެވުމަށް ކަނޑައެޅިފައިވާ ވަގުތަށްވުރެ، އެތައް ގަޑިއިރެއް ލަސްކުރުމަށްފަހު ހުކުމް އިއްވުމަށްފަހު ޤާނޫނު ނަންބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހެދިފައިވާ ޝަރީއަތް ކުރުމާއި ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ 138 ވަނަ މާއްދާގެ (ނ) ގެ ދަށުން މައްސަލައިގެ ހުކުމް ކުރާ ދުވަހު އެ މައްސަލައިގެ ޚުލާސާ ރިޕޯޓު ދައުވާކުރާ ފަރާތަށާއި، ދައުވާލިބޭ ފަރާތަށް ހަވާލުކުރަން ކޯޓުން ލާޒިމުކޮށްފައި ވާއިރު، ހަވާލާދީފައިވާ މައްސަލައިގެ ހުކުމް އިއްވުމަށްފަހު އެ ރިޕޯޓު އެ ދުވަހު ހަވާލުކޮށްފައި ނުވާތީ އެ މައްސަލަ ބައްލަވާދެއްވުން އެދި ވަކީލުން ވަނީ މައްސަލަ ހުށައަޅުއްވާފަ"

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް ވިދާޅުވީ އެ މައްސަލަތައް ހުށައަޅާފައި ވަނިކޮށް، މައްސަލަތައް ނުބަލާ ޝަކީލު ހައިކޯޓަށް އައްޔަންކޮށްގެން ނުވާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ހިމެނޭ ފަނޑިޔާރުން ފަރިއްކުޅުއްވި އެއްޗެކާއި ގުޅިގެންވެސް ޖޭއެސްސީން މައްސަލަ ބަލާފައިވާއިރު، ޝަކީލާއި ދެކޮޅަށް ހުށައެޅި މައްސަލަތައް ނުބަލައި އޭނާ ހައިކޯޓަށް އައްޔަން ކުރުމަކީ ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ޝަކީލުގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް، ހައިކޯޓަށް ކުރާ އިތުބާރު ނެގެހެއްޓުމަށް ވެސް ޖޭއެސްސީއަށް ހުށައެޅި މައްސަލަތައް ބަލަން ޖެހޭކަމަށެވެ. އަދި އެ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅެންދެން ޝަކީލު ހިއޯޓަށް އައްޔަން ކުރަން ޖޭއެސްސީން ނިންމި ނިންމުން މުރާޖާ ކުރުމަށް ވެސް އަބްދުއްރަހީމް ގޮވާލެއްވި އެވެ. 

"ޝަކީލަކީ އަދުވެރިކަމާއެކު ހުކުން ކުރާ މީހެއް ނޫންކަން އެދުވަހު (ރައީސް ޔާމިނަށް ހުކުމް އިއްވި ދުވަހު) ކަންތައް ހިނގިގޮތަށް ބަލާލުމުންވެސް އެނގޭ... އެވަރުގެ ހުކުމެއް ކުރި މީހަކު މިދަނީ ރައީސް ޔާމިނުގެ މައްސަލަ އިސްތިއުނާފުކޮށްފަ އޮއްވާ ހައިކޯޓަށް... އަޅުގަނޑު ހަމަ ގޮވާލަން ހައިކޯޓަށް ޝަކީލު އައްޔަންކުރަން ނިންމި ނިންމުން މުރާޖާ ކުރުމަށް އަދި އޭނާގެ މައްސަލަ ބެލުމަށް" 

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޝަކީލު ހައިކޯޓަށް އައްޔަން ކުރީ ސަރުކާރުން އަންގައިގެން ކަމަށެވެ. އަދި އެ ނިންމުމުން ރައީސް ޔާމިންގެ މައްސަލަތަކަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ހާމަވާކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޔާމިނަށް އިންސާފު ލިބުނަ ނުދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ދިއުމަކީ އިންތިހާއަށް ކަންބޮޑުވުން އޮތް ކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.