ރައީސް އަބްދުﷲ ޔާމީން ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނިކުމެވަޑައިގަންނަވަނީ/ ފޮޓޯ: ހަމަ
ހަބަރު
07 Mar 2023 | 09:15
ރައީސް ޔާމިނަށް ހުކުން ކުރާ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދޭ މައްސަލަ މަޖިލީހަށް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ޖަލު ހުކުން ކުރާ ކޮންމެ ފަނޑިޔާރަކަށް ޕްރޮމޯޝަންދެމުންދާތީ އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހުށައަޅައިފި އެވެ. 

އެ މައްސަލަ ހުށައަޅުއްވާފައިވަނީ އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕީއެންސީގެ ނައިބުރައީސް އަދި މަޖިލީހުގެ ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އުމަރެވެ. 

އާދަމް ޝަރީފު ހުށައެޅި މައްސަލައިގައި ބުނެފައިވަނީ މީގެ ކުރިން ކްރިމިނަލް ކޯޓުން ރައީސް ޔާމިނަށް ހުކުމް ކުރި އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު، ހުކުމަށްފަހު ސުޕްރިމް ކޯޓަށް ޕްރޮމީޓުކޮށްފައި ވަނިކޮށް، އެފަހުން ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލުހުކުމެއް ކުރި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލު ހައިކޯޓަށް އައްޔަންކޮށްފައި ވާކަމަށެވެ. 

ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ފާހަގަކުރި ގޮތުގައި ޝަކީލް ހައިކޯޓަށް އައްޔަންކުރަން ނިންމި އިރު، މީގެ ކުރިން ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދު ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާ ވިދިގެން އޭނާވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކޮށްފަ އެވެ.

ސަރުކާރުގެ އިސްވެރިންގެ އަގުލަބިއްޔަތު އޮންނަ ޖޭއެސްސީއާ ގުޅިގެން ސަރުކާރުން ރައީސް ޔާމީނަށް ހުކުމްކުރި ފަނޑިޔާރުންނަށް ޝަރުއީ ދާއިރާގެ އެންމެ މަތީ ކޯޓުތަކުން އިސް މަގާމުތައް ދިނުމަކީ ރައީސް ޔާމީންގެ މައްޗަށް އަނިޔާވެރިވުމަށް ސަރުކާރުން ހިތްވަރުދެމުންދާކަން ވަރަށް ސާފުކޮށް އެނގޭ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެކަމަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ރައްޔިތުން ކުރަންޖެހޭ އިތުބާރަށް ބުރޫއަރައި، ރާއްޖޭގެ ރޫލް އޮފް ލޯ ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެދާނެ އަދި ގައުމުގެ ސުލްހަމަސްލަހަތު ގެއްލި، މުޅި ގައުމު ޖަރާބުގެ މަގަށް ފުރޮޅިގެން ހިނގައިދާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި، ޔާމީންގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނިކޮށް، ކްރިމިނަލް ކޯޓުން އެ ހުކުމްކުރި ގާޒީ ޝަކީލް ހައިކޯޓުގެ މަގާމަކަށް ކުރިއެރުން ދިނުމަކީ ހައިކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައަށް އިންސާފު ލިބުމަށް ހުރަސް އަޅައި، މައްސަލައަށް ސަރުކާރުގެ ނުފޫޒު ފޯރުވައި ބޭނުން ގޮތަކަށް ހުކުމް ކުރުމަށް ހިންގާފައިވާ ކަމެކެވެ.

އެހެންކަމުން އެ ކަމަކީ ކޮރަޕްޝަން ހިމެނޭ ކަމެއްކަމަށް ވާތީ، އެ މައްސަލަ ސީރިއެސް މައްސަލައެއްގެ ގޮތުގައި ބެލުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް އާދަމް ޝަރީފު ވަނީ އެދިލައްވާފަ އެވެ. 

ކޮމެންޓް
ރަމީ
ހާދަހާދާންބައްޔޭދޯ ތިކަންފުރަތަމަފެށީ ޔާމީނު ،އޭނާދެއްކިމަގުންހިގުމަކީ ގޯހެއްތޯ
07 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.