ހޯމް މިނިސްޓަރު އިމްރާނު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
07 Mar 2023 | 10:19
އާދައިގެ ކުށްތަކުގައި ވާނުވާ ޖަހާ ބަންދުކޮށްފައި މިހާރު ނުބައިތިއްބަން: އިމްރާނު

އާދައިގެ ކުށްތަކުގައި ވާނުވާ ޖަހާ ބަންދުކޮށްފައި އެއްވެސް މީހަކު ނުހުންނާނެކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުالله ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު ވަނީ ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވީ ވައުދުފުޅު ކިހާ ވަރަކަށް ފުއްދިއްޖެތޯ އައްސަވާފަ އެވެ. އަދި ވާނުވާ ޖަހާ ބަންދުކޮށްފައި ޖަލުގައި ކިތަށް މީހުން ތިބިތޯ ޖާބިރު މިނިސްޓަރު އިމްރާނު އަރިހުން އެއްސެވި އެވެ. 

ޖާބިރުގެ އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ވާނުވާ ބަންދުގައި ތިބޭނީ ހަމައެކަނި ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ ފަރާތްތައް އެކަނި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެއްޗާއި، މާރާމާރީ ނުވަރަ ގަތުލުގެ އިތުރުން ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މީހުންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

އެއާއެކު މިނިސްޓަރު ވިދާޅުވީ އާދައިގެ ކުދި ކުދި ކުށްތައްކަމަށް ގަބޫލުކުރެވޭ ކަންކަމުގައި ވާނުވާ ޖަހާ ބަންދުކޮށްފައި މިހާރު މީހުން ނުތިބޭނެ ކަމަށެވެ. 

"މިހާރު ވާނުވާ/ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭނީ މައިގަނޑު ގޮތެއްގައި ގޭންގު މާރާމާރީތައް، ނުވަތަ މީހެއްގެ މަރާއި ގުޅުންހުރި މައްސަލަތަކުގައި، ނޫނީ ޑްރަގުގެ ވިޔަފާރި ކުރުމުގެ މައްސަލަތަކުގައި، ނޫނީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރައެއް ކޮށްފައިވާ މައްސަލަތަކުގައި. މި މައްސަލަތައް ނޫން އާދައިގެ އާންމުކޮށް މި ކިޔާ މައްސަލަތަކުގައި މިހާރު ވާނުވާ ޖަހާފަ ނުވަތަ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި މީހުން ނުބައިތިއްބާނެ"

ހޯމް މިނިސްޓަރު އިމްރާނު އަބްދުالله 

ހޯމް މިނިސްޓަރު ވިދާޅުވީ ހޯމް މިނިސްޓްރީން މަދުވެގެން މަހަކު އެއްފަހަރު ޕްރޮސެކިއުޓާ ޖެނެރަލާއި ބައްދަލުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ މީހުން ބެލުމަށްފަހު އޭގެ ތެރެއިން ދޫކޮށްލެވެން ތިބި މީހުން ދޫކުރަމުން ދާ ކަމަށެވެ. 

ބޮޑެތި ކުށްތަކަށް އަރައިގަނެގެން ހައްޔަރުކޮށްފައިވާ ގިނަ ބައެއްގެ ޝަރީއަތް ނުނިމި ދިގުލައިގެން ދާތީ، ޖަލުގައި ބައިތިއްބަން ޖެހުމަކީ ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރު އިމްރާނު ވިދާޅުވި އެވެ.

އެފަދަ ފަރާތްތައް މުޖުތަމައަށް ދޫކޮށްލައިގެންވެސް ނުވާނެކަމަށާއި، އެކަންކަމަށް އޮތް ހައްލަކީ ޝަރީއަތް އަވަސް ކުރުންކަން މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.