އިދިކޮޅު ލީޑާޝިޕްގެ ބޭފުޅުން ހައިކޯޓުގެ ބޭރުގައި-- ފޮޓޯ/ ޕީޕީއެމް
ހަބަރު
07 Mar 2023 | 12:02
އިދިކޮޅު ލީޑަރޝިޕް ގެ ބޭފުޅުން މިއަދުވެސް ހައިކޯޓަށް ވަޑައިގެންފި

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފް ބަލައިގަތުމާއިމެދު ހައިކޯޓުން ގޮތެއް ނުނިންމާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގެ ބޭފުޅުން މިއަދުވެސް ހައިކޯޓަށް ވަޑައިގެންފި އެވެ. 

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުމުން އެކޯޓުން އެމައްސަލަ ބަލައި ގަތުމާއިމެދު އަދިވެސް ގޮތެއް ނިންމާފައި ނުވާތީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވަނީ އިއްޔެވެސް ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ. އެހެންނަމަވެސް ހައިކޯޓުގެ ރެޖިސްޓްރާރ ވަނީ އެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. 

އަދި މިއަދުވެސް ހައިކޯޓަށް ވަޑައިގަތުމުން، އިދިކޮޅުގެ ލީޑާޝިޕާއި ބައްދަލު ކުރައްވަން ރެޖިސްޓްރާރ ދެކޮޅު ހައްދަވާފައިވާކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވިއެެވެ. 

އެކަމާއި ނުރުހުން ފާޅުކުރައްވައި އަދުރޭ ވިދާޅުވީ، ހައިކޯޓުގެ ރެޖިސްޓްރާރ ގެ މަގާމުގައި ހުންނަ ފަރާތަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ހުންނަވާ ބޭފުޅެއް ކަމަށާ އެފަދައިން ބައްދަލުކުރަން ދެކޮޅު ނުހެއްދެވޭނެ ކަމަށެވެ. 

އަދި ރައީސް ޔާމީންގެ މައްސަލައިގައި ކަންކަން ވަމުން އަންނަނީ ސަރުކާރުގެ ނުފޫޒު އޭގެ ތެރެއަށް ފޯރައިގެން ކަމަށާ، އެއީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަންގަވައިގެން ހިންގޭ ކަންކަން ކަމަށްވެސް އަދުރޭ ތުހުމަތު ކުރެއްވިއެވެ. 

މިއާއެކު އަދުރޭ ވަނީ، ރައީސް ޔާމީން ގެ މައްސަލަ އަކީ ހަމައެކަނި އެމަނިކުފާނާއި ގުޅުން ހުރި ކަމެއް ނޫން ކަމަށާ އަދި އެއީ ދިވެހި ރައްޔިތުންނާއިވެސް ގުޅުން ހުރި ކަމެއް ކަން ފާހަގަ ކުރައްވައި، އެ މަނިކުފާނުގެ މައްސަލައިގެ އިސްތިއުނާފާއި މެދު ގޮތެއް ނިންމަންދެން ހައިކޯޓަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
މިއަދު
މިގައުމުގައި އދުލުއިންސާފުގެ ކަންފުޅެއްވެސް ނެތިމުދަނީ ކީއްވެ ޚުދުމުހުތާރުކަމުން ފައިސަލްނަސީމިގެ ވެރިކަން ޖަހައިގަނެގެންމިއުޅޭ މީހާއަށް މިކުރެވޭކަންކަން އެގިލައްވަނީ ކިހާވަރަކަށްބާ
07 Mar 2023
މުޖުތާޒު
އަބުދުއްރަހީމް ވިދާޅުވާގޮތައް ތިމަސްއަލާގެތެރެއްއް ސަރުކާރުގެނުފޫޒު ވަދެފައޮތްކަން ވަރަށްރަގަޅައްހާމަވާކަމެއް ރަޖިސްޓްރާ އެބޭފުޅުންނާ ބައްދަލުނުކުރުން
07 Mar 2023
އަލީ ރަޝީދު
ހައިކޯޓަށް ހުށައަޅާ މައްސަލަތައްވެސް ބަލައިގަންނަން ބައެއްފަހަރު ދެތިން މަސްވެސް ނަގައެވެ. ޔާމީނު ވީމާ ފާސްޓް ޓްރެކަށް ލެވިގެން ނުވާނެއެވެ. އެހެން ހެދިޔަސް ބުނާނީ ފަޓާސް ބަރިއެއްހެން ގެންގޮސް ހުކުމްކުރީއެވެ.
07 Mar 2023
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.