މެމްބަރު އަލީ ހުސެއިން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
07 Mar 2023 | 13:39
ސަރުކާރުން އިންތިޚާބުތައް ނަގަން ބަޖެޓުން ބޭރުން ޚަރަދުކުރުން ހުއްޓުވަން ޖެހޭ: އަލީ ހުސެއިން

ސަރުކާރުން ނުފޫޒު ފޯރުވައިގެން އިންތިޚާބުތައް ކާމިޔާބުކުރުމަށް ބަޖެޓުން ބޭރުން ޚަރަދުކުރުން ހުއްޓުވަން ޖެހޭކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ. 

އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅުއްވި އިސްލާހަށް ފާޑުވިދާޅުވެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އަލީ ހުސެއިން ވިދާޅުވީ ގަވައިދު އިސްލާހު ކުރާގޮތަށް ޤާނޫނުތަކަށް އިސްލާހު ގެންނަ ނަމަ، އެ ގާނޫނެއްގެ ސިފަ ގެއްލިގެން ދާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ގާނޫނަށް އެތައް ފަހަރެއްގެ މަތިން އިސްލާހުތައް ގެނެސްފައިވާއިރު، އެއީ ކުޅޭ ކުޅިވަރަކަށް ހަދާފައިވާކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ އިސްލާހަށްވުރެ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ގާނޫނު ނުވަތަ އާންމު އިންތިޚާބުތަކާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުން މާ ރަނގަޅު ކަމަށެވެ. 

އެގޮތުން އިންތިޚާބުތައް ކާމިޔާބު ކުރުމަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ މިންވަރު އެންމެ ފަހުން ބޭއްވި މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުންވެސް ފެނިގެން ދިޔަކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އެ އިންތިޚާބަށް އެކަނި ސަރުކާރުން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެއީ ބަޖެޓުގައި ހިމަނައިގެން ކޮށްފައިވާ ޚަރަދުތައް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. 

ކުރިމަތީގައި މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮތްއިރު، އެ އިންތިޚާބަށްވެސް ސަރުކާރުން ނުފޫޒު ފޯރުވާނެކަމަށް ބެލެވޭކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

"ކޮމަންޑޫ ދާއިރާގެ އިންތިޚާބުގައި ދައުލަތުގެ މުޅި ބަޖެޓު އެތަނަށް އޮއްސާލައިގެން ގާތްގަނޑަކަށް 400 މިލިއަނަށްވުރެ ގިނަ ފައިސާ/ ރުފިޔާ އެތަނަށް ޚަރަދުކޮށްގެން ގޮނޑިއެއް ނެގިތަން އަޅުގަނޑުމެންނަށް ފެނުނު. އެއީތޯ ކަންކުރާ ގޮތަކީ؟ ބަޖެޓުގައި އޮތްތޯ ނެތްތޯ ބަލާލާ މީހަކު، ކަންބޮޑުވާ އިންސާނަކު ހުރިހެނެއް އަޅުގަނޑުމެންނަކަށް ނޭނގޭ. މިހާރު އަނެއްކާވެސް މި އޮތީ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނެއް މި އޮތީ ހަގީގަތުގައި ބޯމަތުވެފައި. އަޅުގަނޑުމެންނަކަށް ނޭނގޭ އޮއްސާލާނީ ކިހާ ވަރެއްކަމެއްވެސް"

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ސަރުކާރުން އެފަދައިން އަމަލުކުރުމުގެ ސަބަބުން ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭ ކަމަށެވެ. އަދި އެއީ ހުއްޓުމަކަށް ގެންނަން ޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. 

"ކޮންމެ ގޮތެއް ހަދާފަ ނަމަވެސް، ވީދާފަ ނަމަވެސް، ކޮށާފަ ނަމަވެސް، އަނބުޖަހައިގެން ނަމަވެސް، އިންތިޚާބުތައް ނަގަން ސަރުކާރުން ދިމާކުރީމާ، އަދި ވަކިން ޚާއްސަކޮށް ސަރުކާރުގައި އޮންނަ ފަރާތްތަކުން ދިމާކުރީމާ މިވާގިތަކީ ދައުލަތުގެ ބަޖެޓު އިންތިހާއަށް ހަގީގަތުގައި ބޮޑުވެގެން މިދަނީ. އެ ދާއިރާއެއްގެ ބަޔަކު ހަމަބުނާ ކޮންމެ ކަމެއް ކުރަނީ. ބެޖެޓުގައި ހެޔޮ ޖަހާފަ އޮތަސް ނެތަސް. މީ އަޅުގަނޑުމެން ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް"

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން

އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވާއިރު،  މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވެސް ވަނީ ސަރުކާރުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ގާނޫނެއްގެ ތެރެއިން ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެފަ އެވެ. 

ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ހުށައެޅުއްވި ޤާނޫނު ނަންބަރު 12/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނަށް) އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އިންތި ވިދާޅުވީ އެ އިސްލާހަށްވުރެ މުހިންމީ އިންތިޚާބުތަކާއި ދިމާކޮށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ އަދި ނުރަސްމީ ދަތުރުތައް ވަކިކުރެވޭނެ ބިލެއް ކަމަށެވެ.

އޭގެ އިތުރުން ސަރުކާރުން އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ގާނޫނެއްގެ ތެރެއިން ހުއްޓުވުން މުހިންމުކަން އިންތިގެ ވާހަކައިގައިވެސް ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.