ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: ފޮޓޯ/ މަޖިލިސް
ހަބަރު
07 Mar 2023 | 15:28
ކުށްކުރުމުގައި ބައިވެރިވެފައިވާ އެތައް ފުލުހުންނެއް އަޅުގަނޑުގެ އަތުން ސޮއިކޮށް ކަނޑާލައިފިން: ޢިމްރާން

ކުށްކުރުމުގައި ބައިވެރިވާ އެތައް ފުލުހުންނެއް ވަޒީފާއިން ވަކިކޮށްފައި ވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ވަނީ އެކި ކުށްތަކަށް ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނާއި އާއްމު ފަރާތްތަކުގެ އިތުރުން ފުލުހުންވެސް އަރައިގަންނަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުން ކުށްތަކަށް އަރައިގަންނަ ކަމަށްވާނަމަ އެކަން މިނިސްޓަރެއްގެ ހައިސިއްޔަތުން ދެނެގަނެވިފައިވާ މިންވަރާއި އެކަމާއި މެދު ފިޔަވަޅު އެޅިފައިވާ މިންވަރު އަންގައި ދިނުމަށް އާމިރު ވަނީ މިނިސްޓަރު އިމްރާން ގެ އަރިހުން އެދިލައްވާފައެވެ. 

ޢާމިރުގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ކުށްކުށަށް އަރައިގަތުމުގައި ބައެއް ފުލުހުންގެ ބައިވެރިވުން އޮންނަކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނު ސޮއި ކުރެއްވުމަށްފަހު އެފަދަ އެތައް ފުލުހުންނެއް ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށާ، އެފަދަ މައްސަލަތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ ފުލުހުންގެ އަދަދު، ހާމަކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރަށްވާނެ ކަމަށެވެ. 

"މިދަންނަވާ ބައިގެ ތެރޭގައި ފުލުހުންގެ ތެރެއިން ބައެއް ފަރުދުން ހިމެނޭ. އަޅުގަނޑުމެންނަށް އެކަން އިނގޭ. އެކަމަށްޓަކައި އަޅުގަނޑުގެ އަތުން ސޮއިކޮށް އެތައް ފުލުހުންނެއް ވާނީ ކަނޑާލާފަ. އަދަދު އަޅުގަނޑު ހާމަކުރަންޖެހޭ ހިސާބަށް ދިޔައިމަ ގެނެސްވެސް ފާނަން. އެތައް ފުލުހުންނެއް އަޅުގަނޑު ވާނީ ސީދާ ފިޔަވަޅު އަޅައި ކަނޑާލާފަ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތައް އިންވޯލްވާ މިންވަރާއި ދޭތެރޭ ޝައްކު އުފެދުނީމާ އެމީހުން ވާނީ ޑީމޯޓް ކޮށްފައި. އަދި ބައެއް ފަރާތްތައް ވާނީ އެފަދަ ކަމެއް ނުހިންގޭ ފަދަ ޔުނިޓްތަކަށް ބަދަލުކޮށްފައި. އެހެންވީމާ އެކަމާއި ދޭތެރޭ ފިޔަވަޅު ނާޅައެއް ނުހުންނަން." 

މިނިސްޓަރު ޢިމްރާން އަބްދުالله

އިމްރާން އިތުރަށް ވިދާޅުވީ، ފުލުހުން ކުށްތަކަށް އަރައިގަންނަ މައްސަލަ ތަކަކީ އެންމެ ސީރިއަސްކޮށް ބައްލަވާ މައްސަލަތައް ކަމަށާ، އޭނާ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކުރާއިރު ވެސް ކުށަށް އަރައިގަތުމުގައި ފުލުހުންގެ ބައިވެރިވުން ހިމެނޭކަން އެނގިއްޖެ ނަމަ ސީދާ އޭނާއަށް އެންގުމަށް އެދިފައިވާނެ ކަމަށެވެ.

"އެންމެ ސީރިއަސް ކޮށް އަޅުގަނޑުމެން ބަލާ އެއްކަންތައް އެއީ. ފުލުހުންގެ ތެރޭގައި އެފަދަ ކަމަކަށް އަރައިގަންނަ އެއްވެސް މީހަކު ހުރިތޯ ބެލުން. އެކަމެއް އެނގިއްޖެނަމަ އަޅުގަނޑު ފިޔަވަޅު އަޅާނަން. އެކަން ކުރާނަން. އަޅުގަނޑު ވަރަށް ގިނަ ފަހަރަށް ކައުންސިލްތަކާއި ބައްދަލުވާއިރު ވެސް ދަންނަ ވަން ތިބޭފުޅުންނަށް ވަކި ފުލުހަކު މީގެ ކަމެއްގައި ޝާމިލްވާކަން އެނގޭ ނަމަ އެހެންފަރާތަކަށް ނާންގާ ސީދާ އަޅުގަނޑަށް އަންގާށޭ. އަޅުގަނޑު އަމިއްލަ އަށް ބަލާފަ އެކަމަށް ފިޔަވަޅު އަޅާނަމޭ."

މިނިސްޓަރު ޢިމްރާން އަބްދުالله

އެހެން ކަމުން އެއްވެސް މެންބަރަކަށް ނަމަވެސް، އެފަދަ މައްސަލައެއް އެނގިވަޑައިގަންނަވާ ނަމަ، އޭނާއަށް އެންގުމަށް އިމްރާން ވަނީ އެދިލައްވާފައެވެ. އަދި އޭގެ ކަމެއް އެއްވެސް ފުލުހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އެ ފުލުހަކީ އެޒިންމާ އަދާކުރަން ހުރުން އެކަށީގެން ނުވާ މީހެއް ކަމަށާ އޭނަގެ މައްޗަށް އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ. 

މީގެ އިތުރުން، ކުށަށް އަރައިގަތުމުގައި ސިޔާސީ ބައެއް ފަރާތްތަކުގެ ބައިވެރިވުން ވެސް ހިމެނޭކަން ފާހަގަކުރަށްވައި އިމްރާން ވިދާޅުވީ އެމަޢުލޫމާތު ހާމަކުރަންޖެހޭ ހިސާބަށް ދިއުމުން އެކަން މަޖިލީހުގެ 241 ކޮމެޓީއާ ހިއްސާ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.