އިބުރަ ޖުޑިޝަރީ ކޮމިޓީގައި. ފޮޓޯ: މަޖިލިސް އިދާރާ
ހަބަރު
07 Mar 2023 | 15:33
އިބްރާހިމް އިސްމާއިލް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އައް ރައްޔިތުންގެ ހާއްސަ މަޖިލީހުގައި އައު ޤާނޫނު އަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރު އަދި އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބުރާ) ހާޒިރުވެއްޖެއެވެ.

އިބުރާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ބައްދަލު މިކުރެއްވީ މަޖިލީހުގެ މުގައްރިރް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ބައްދަލުކުރައްވައި ޤާނޫނު އަސާސީ މާނަ ކުރަމުންދާ ގޮތާމެދު ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމުން، އެމައްސަލަ ދިރާސާކުރެއްވުމަށް ނަޝީދު އެކޮމިޓީއަށް ހުށެއެޅުއްވި ހުށައެޅުއްވުމަށް އެކަން ދިރާސާކުރެއްވުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ އިބުރާ ވަނީ އޭނާގެ ކަންބޮޑުވުންތަކާއި އެކަންކަމުގެ ތަފްސީލް ކޮމިޓީއާއި ހިއްސާކޮށްފައެވެ.

އެގޮތުން ކޮމިޓީގައި އިބުރާ ވާހަކަ ދައްކަމުން ބުނެފައިވަނީ ޤާނޫނު އަސާސީގައި ހުރި ވަރަށް އަސާސީ މަފްހޫމްތަކެއް ދައުލަތުގެ އިދާރާތަކަށް ސާފު ނުވާކަމަށާއި އޮޅުން އަރާ އެފަދަ މަފްހޫމްތައް ސާފު ކުރަން އިދާރާތަކުން މަސައްކަތް ވެސް ނުކުރާކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކެއް ނިކުންނަކަމަށް އިބުރާ ވަނީ ބުނެފައެވެ.

މިކަން ތަފްސީލު ކޮށްދެމުން މިސާލެއްގެ ގޮތުން އިބުރާ ބުނީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުހަލާތަކުގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުހަލާގެ ކޯޓުތައް ތަބާވާން ވާނެކަމަށް ބުނެފައިވާ ބުނުން ވަރަށް ގިނަ ވަކީލުންނާއި ބަންޑާރަ ނައިބު ވެސް މައްސަލަތަކުގައި ބޭނުންކުރައްވަމުން އަންނަކަމަށާއި ނަމަވެސް އެ އަކުރު ލިޔެވުނު ގޮތް އެއްވެސް ބޭފުޅަކު ސާފުކުރައްވާތަން ނުފެންނަކަމަށެވެ. އަދި ޤާނޫނު އަސާސީގެ މާއްދާތަކުގެ ވަކި ވަކި އަކުރުތައް ބޭނުންކުރައްވައިގެން ދައުލަތުގެ ބަންޑާރަ ނައިބުވެސް ކޯޓުތަކުގައި ކަންކަން ވަރަށް ގޯސްކޮށް ކުރިއަށް ގެންދަވާކަން އިބުރާ ފާހަގަ ކުރިއެވެ. .

އިބުރާ ބުނީ ޤާނޫނު އަސާސީގައި ހިމެނޭ މާއްދާތަކުގެ މިފަދަ ވަކިވަކި އަކުރުތައް ނަގައިގެން ބޭނުން ނުކުރެވޭނެ ކަމަށެވެ. އިބުރާ ވަނީ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) ލިޔެވުނު ގޮތުގެ ތަފްސީލު ކިޔާދީފައެވެ. .

އެގޮތުން ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައްޔިތުން މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނު އަސާސީއާ ހިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސްޕްރީމް ކޯޓަށްކަމަށެވެ..

އެހެންކަމުން 143 ވަނަ މާއްދާގެ މަފްހޫމްގައި އޮތީ ޤާނޫނު އަސާސީއާ ޤާނޫނު މާނަކުރުމުގެ ވާހަކަކަމަށް އިބުރާ ބުނެފައިވެއެވެ..

މީގެ އިތުރުން  އެ މާއްދާގެ (ށ) ގައި ކޮންމެ ކޯޓެއްގައި ވިޔަސް ބަލަމުންދާ މައްސަލައެއް ޤާނޫނު އަސާސީ މާނަ ކުރަން ޖެހިއްޖެ ނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަށް ޤާނޫނު އަސާސީ މާނަކުރުމަކީ މާއްދާގެ (ހ)އާ ތައާރުޒްވާކަމެއް ނޫންކަމަށް ބަޔާންކޮށްފައިވާކަމަށް އިބުރާ ބުންޏެވެ.

 (ށ) އިސްތިސްނާއެއްގެގޮތުގައި ލިޔެފައިވަނީ ދަށު ކޯޓުގައި މައްސަލަތައް ހިނގަމުންދާއިރު ސްޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެއް އެ މައްސަލަ ނުނިންމާ ނުބޭއްވޭނެތީކަމަށާއި، އެހެންކަމުން މި އަކުރުގެ ސަބަބުން އެ މައްސަލައެއް ބައްލަވާ ފަނޑިޔާރަކަށް އެ މައްސަލައަކާ ގުޅިގެން ޤާނޫނު މާނަ ކުރެއްވުމުގެ ބާރު އޮންނާނެކަމަށް އިބުރާ ބުންޏެވެ..

އެ މާއްދާގެ (ނ) ގައި ބުނެފައިވަނީ ކޮންމެ ކޯޓަކަށް އެ ކޯޓެއް ހިމެނޭ މަރުހަލާއަށްވުރެ ދަށު މަރުހަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަމަށް ވާއިރު މަތީ މަރުހަލާތަކުގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާ ވާން ވާނެކަމަށް ބުނާ އަކުރު (ރ) އަންނަނީ (ނ)ގެ ފަހަތަށްކަން އިބުރާ ފާހަގަކުރިއެވެ..

އެހެންކަމުން އިބްރާ ބުނީ 143 ވަނަ މާއްދާގެ (ރ)ގެ މަފްހޫމަކީ ރައްޔިތުން މަޖިލީހުން އިތުރު ބަދަލެއް ނުގެންނަހާ ހިނދަކު ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ މާނަކަމަށް ސްޕްރީމް ކޯޓުން ނުވަތަ ހައިކޯޓުން ގޮތެއް ނިންމުމުން ދެން އެ މާއްދާ ނުވަތަ އެ ގާނޫނު މާނަކުރަން ޖެހޭނީ އެގޮތަށް ކަމެވެ.

ދިވެހިރާއްޖޭގައި ހުރިހާކަމެއްވެސް ހިންގަން ޖެހޭނީ ޤާނޫނު އަސާސީގެ އިމުގެ ތެރެއިންކަމަށާއި، ދައުލަތުގެ އިދާރާތަކުންވެސް އަދި ކޯޓުތަކުގެ ފަނޑިޔާރުންވެސް އަމަލުކުރަން ޖެހޭނީ ޤާނޫނު އަސާސީއާ ޤާނޫނަށްކަމަށް އިބުރާ ބުނެޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.