އަނިޔާވި އިދްރިސް އާއިލާގެ ކާރުކައިރީގައި ބަޔަކު ހުއްޓިލައިގެން
ހަބަރު
07 Mar 2023 | 21:14
ފަލަސްޠީނުގެ ފަސް މީހަކު ޒަހަމްކޮށްލައި އިޒްރާއިލުން އުފާ ފާޅުކޮށް ނަށައިފި

ފަލަސްޠީނުގެ ބިމަށް ގަދަކަމުން ވެރިވެގަތުމަށް މަސަކަތް ކުރަމުންދާ އިޒްރާއިލްގެ ޔަހޫދީންގެ ޢާންމުންގެ ބަޔަކު ފަލަސްޠީނުގެ ހުވާރާ އަވަށުގެ އެއް އާއިލާއެއްގެ ފަސް މީހަކަށް އަނިޔާކޮށް ޒަހަމް ކޮށް ލުމަށް ފަހު އުފާފާޅު ކުރުމަށް ނެށުމުން އިޒްރާއިލް ސިފައިން އެމީހުންނާއި ބައިވެރިވެ ނަށާމަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އަލްޖަޒީރާއިން ވަނީ ޢާންމުކޮށްފައެވެ.

އިޒްރާއިލުގެ ޔަހޫދީންގެ އަނިޔާތަކުގައި ޒަހަމްވި މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހަކާއި ތުއްތުކުއްޖަކު ހިމެނެއެވެ. ހުވާރާ އަވަށަށް ވަދެ އިޒްރާއިލުގެ ޔަހޫދީން ވަނީ އެއަވަށުގެ ރައްޔިތުންނަށާއި ވެހިކަލްތަކާއި ފިހާރަތަކަށް ގެއްލުންދީފައެވެ. ޔަހޫދީން ވަނީ ބަޑީގެ ހަމަލާތަކާއި، ކޯރާޑި، ހިލަ އަދި ޕެޕަރސްޕްރޭއިން ހުވާރާގެ ރައްޔިތުންނަށް އަނިޔާތަކެއް ދީފައެވެ.

ހަމަލާތަކުގައި އަނިޔާވި އިދްރިސްގެ އާއިލާ އަށް ހަމަލާދީފައި ވަނީ ސުޕަރމާކެޓެއް ކައިރީގައި އެމީހުންގެ ކާރު ޕާކުކޮށްގެން އޭގެ ތެރޭގައި ތިއްބައެވެ. އިޒްރާއިލްގެ ތިން ޔަހޫދީއަކު އިދްރިސްގެ އާއިލާއަށް ނުވެސް އެނގި ތިއްބައި ހަމަލާދޭތަން އެސަރަހައްދުގެ ސީސީޓީވީ ތަކުން ފެންނަ ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

"ކާރުގެ ބިއްލޫރި ގަނޑު ތަޅާލައި، އޭގެތެރެއިން އެކަކު އަހަންނަށް ހަމަލާދިނީ ކޯރާޑިއަކުން، އަހަރެމެން އެންމެން ގަޔަށް ޕެޕަރސްޕްރޭ ޖެހުމުން ލޯ ނުހުޅުވިފަ އަހަރެމެންތިބީ، ކާރުން ފޭބުނުފަހުން އަހަންނަށް ފެނުނު ކާރުގެ ބިއްލޫރި ގަނޑުގަ ވަޒަން އަރާފަހުރި ތަންތަންވެސް، ލޮލުން ދިލަނަގާތީ މާބޮޑަކަށް ފެންނަ ގޮތެއް ނުވި" ޢޮމަރް އިދްރިސް ފަލަސްޠީނުގެ މީޑިއާ އަކަށް ކިޔައިދީފައިވެއެވެ.

ޢޮމަރް އިދްރިސް އިތުރަށް ބުނެފައިވަނީ ޔަހޫދީން ދިން އަނިޔާތަކުގައި ހިލައިން ތެޅުމުގެ ސަބަބުން އޭނާގެ ބައްޕަގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށެވެ.

އިޒްރާއިލްގެ އިންސާނީ ހައްޤުތަކާއި ބެހޭ ގްރޫޕް ޔެޝް ދިން އިން ބުނެފައިވަނީ ހާދިސާ ހިނގިއިރު އިޒްރާއިލް ސިފައިން އެތާ ތިބި ކަމަށާއި، ނަމަވެސް އެމީހުން އެކަން ހުއްޓުވާފައި ނުވާ ކަމަށެވެ. އިޒްރާއިލްގެ މިލިޓަރީ އިން ބުނެފައިވަނީ އެމީހުން އެވަގުތު މަސައްކަތް ކުރީ ހަމަލާދިން މީހުންއެތަނުން ފައްސާލެވޭތޯ ކަމަށެވެ.

ނަމަވެސް ޢާންމު ވެފައިވާ ވީޑިއޯ ތަކުންފެންނަނީ އެއާއި ޚިލާފު މަންޒަރުތަކެކެވެ.

ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ ޢޮމަރް އިދްރިސްގެ ބައްޕަގެ ބޮލުން ލޭ އޮހޮރޭ މަންޒަރާއި ޢޮމަރްގެ ދެއަހަރާއި ބައިގެ ދަރިފުޅު ބިރުން ރޯމަންޒަރު ވަނީ ޢާންމުވެފައެވެ.

ފަލަސްޠީނުގެ ރެޑް ކްރޮސެންޓުން ބުނެފައިވަނީ ޕެޕަރސްޕްރޭގެ އަސަރު ކޮށްގެން އިތުރު 25 މީހަކަށް ފަރުވާ ދެވުނުކަމަށެވެ.

"ހުވާރާ އަށް ވަދެގަތް ޔަހޫދީ ޓެރަރިސްޓުންގެ ހަމަލާއިން އެ އާއިލާ ސަލާމަތް ވެއްޖެ، އެ އާއިލާ ތިބި ކާރަށް ބަޑީގެ ހަމަލާތައް ދިނީ އެންމެންގެ ލޯމަތީގައި، ހަމަލާތަކުގެ އަޑު އެންމެންނަށް އިވޭ ހިސާބުގައި، އިޒްރާއިލް ސިފައިންގެ ހާޒިރުގަ، އެމީހުން ހުއްޓުވާނެ ބަޔަކު ނެތް، އެހެންވީމަ އެމީހުން އަދިވެސް އެޢަމަލުތައް އެގޮތަށް ހިންގާނެ" ފަލަސްޠީނުގެ ސަރުކާރުގެ ސްޕޯކްސް ޕާސަން އިބްރާހިމް މެލްހަމް ވިދާޅުވިއެވެ.

ހަމަލާތަކުގައި ޒަހަމްވި ފަސްމީހުން ފަރުވާ އަށް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާއިރު ދާދިފަހަކުންވެސް އިޒްރާއިލްގެ ޔަހޫދީން ވަނީ ހުވާރާ އަށް ވަދެ ހަމަނުޖެހުން ތަކެއް ހިންގައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.