އިދިކޮޅު ލީޑަޝިޕުން ހައިކޯޓުން ނިކުމެވަޑައިގެން އިންޓަވިއު ދެއްވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
08 Mar 2023 | 12:33
ޖޭއެސްސީ އިސްލާޙުކުރުން ފަސް ކުރަނީ ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން: އިދިކޮޅު

ޖުޑިޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) ގައި ސިޔާސީ މީހުންނަށް ނުތިބެވޭގޮތަށް ކޮމްޕޮސިޝަން ބަދަލުކޮށް ޖޭއެސްސީ އިސްލާހުކުރުން ސަރުކާރުން ފަސްކުރަނީ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަށްކަމަށް ވާދަވެރި ސިޔާސީ ޕާޓީން ބުނެފި އެވެ. 

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުން ދިގުލައިގެންދާތީ އިދިކޮޅުގެ ކޯލިޝަންގެ ލީޑަޝިޕުން މިއަދުވެސް ވަނީ ހައިކޯޓަށް ވަޑައިގެންފަ އެވެ. 

ހައިކޯޓުގެ ރަޖިސްޓްރާއާއި ބައްދަލުކުރުމަށް ގިނަ ވަގުތުތަކެއް ވަންދެން ކޯޓުގައި ހޭދަކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މިއަދުވެސް އިދިކޮޅުގެ ލީޑަޝިޕާއި ބައްދަލުކުރެއްވުމަށް ހައިކޯޓުގެ ރަޖިސްޓްރާ ދެކޮޅު ހައްދަވާފައިވާ ކަމަށެވެ. 

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގައި އެ ކޯޓުން ޖަާބުދާރީ ވާނީ ރައީސް ޔާމީންގެ ގާނޫނީ ޓީމަށްކަމަށް ހައިކޯޓުން ބުނެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"މީ 3 ވަނަ ދުވަސް އަޅުގަނޑުމެން ކޯޓަށް އައި. އެހެން ނަމަވެސް މިތަނުގެ ރަޖިސްޓްރާއާއި އަޅުގަނޑުމެންނާއި ބައްދަލުވާގޮތެއް ނުވި. ކޯޓުން ބުނީ އެ މައްސަލައާއި ގުޅޭގޮތުން މުއާމަލާތު ކުރަން ބޭނުންވާކަމަށް ވަންޏާ، މައްސަލައިގެ މުސްތައުނިފާއި ނުވަތަ ވަކީލަތު މެދުވެރިކޮށް ވާހަކަދައްކާށޭ. އަޅުގަނޑުމެން މި އުޅެނީ މުސްތައުނިފާއި ވަކީލާއި މެދުވެރިކުރަންވެގެން ނޫނޭ. އަޅުގަނޑުމެން މި އުޅެނީ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓުގެ މައްސަލަ  މި ތަނުގައި (ހައިކޯޓުގައި) ރަޖިސްޓާނުކޮށް ލަސްވާތީ އެކަމާއި ކަންބޮޑުވެގެން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އެއާއެކު އަބްދުއްރަހީމް ވިދާޅުވީ ހައިކޯޓުގެ ރަޖިސްޓްރާ އިދިކޮޅުގެ ލީޑަޝިޕާއި ބައްދަލުނުކުރެއްވީ ޖޭއެސްސީން އަންގައިގެން ކަމަށެވެ. ހައިކޯޓާއި، އެ ކޯޓުގެ ރަޖިސްޓްރާގެ މައްޗަށް ޖޭއެސްސީން އިންތިހާއަށް ނުފޫޒު ފޯރުވަމުން ދާކަމަށް އަބްދުއްރަހީމް ތުހުމަތު ކުރެއްވި އެވެ. 

އިދިކޮޅު ލީޑަޝިޕްގެ ފަރާތުން އަބްދުއްރަހީމް މީޑިއާއަށް އިންޓަވިއު ދެއްވަނީ/ ފޮޓޯ: ވޮއިސް 

"އަޅުގަނޑުމެން މި ދަންނަވަނީ ރަޖިސްޓާ އަޅުގަނޑުމެންނާއި ބައްދަލުނުކޮށްގެން މި އުޅެނީވެސް ނުފޫޒު އޮވެގެންނޭ. ބައްދަލު ނުކުރަން އަންގާފަ އޮވެގެންނޭ. އަޅުގަނޑުމެން މި ސުވާލު ކުރީމު ޖޭއެސްސީއާ. އެބޭފުޅުންނަކަށް ޖަވާބެއް ނުދެވުނު. މި އެންމެންގެ ހާޒިރުގައި (އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން) ގެ ހާޒިރުގައި އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެންނަށް ވިދާޅުވެބައްލަވާށޭ ރައީސް ޔާމީނުގެ މައްސަލައަށް ޖޭއެސްސީ މެދުވެރިކޮށް ސަރުކާރުން ކިހާވަރެއްގެ ނުފޫޒެއް ފޯރުވާ ހެއްޔޭ؟ ޖޭއެސްސީގެ ސެކެޓްރީ ޖެނެރަލް ވިދާޅުވީ ތިޔަށް ޖަވާބެއްދެއްވާކަމަށް އަޅުގަނޑު ނެތީމޭ. އެހެން ވިދާޅުވި ވިދާޅުވުމުން އެނގެނީ އިންތިހާއަށް ނުފޫޒު އޮތްކަން" 

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލުކޮށް އެ ކޮމިޝަނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން ވީ ވައުދުވެސް ނުފުއްދާ ފަސް ކުރަމުންދަނީ ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ މަގްސަދުގައި ކަމަށެވެ. 

ސަރުކާރުގެ ވައިދު ފުއްދަން މަޖިލީހުގެ މަޖިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު 3 ފަހަރުމަތިން މަޖިލީހަށް ހުށައެޅުމުން އެ މައްސަލަ ބޭރުކޮށްލާފައިވާއިރު، މި ސަރުކާރުން ޖޭއެސްސީ އިސްލާހު ކުރާނެކަމަށް ގަބޫލު ނުކުރެވޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. 

"ރައީސް ޔާމީންގެ މައްސަލަ މި މީހުން (ސަރުކާރުން) ބޭނުންވާ ގޮތަކަށް ކުރުމަށް ބޭނުންވާ ހުރިހާ ކަމަކަށް މަގުފަހި ކުރާނެ. އަޅުގަނޑުމެންގެ މަހިބަދޫ ދާއިރާގެ މެމްބަރު ޓޮމް 3 ފަހރުމަތިން ހުށައަޅައިފި، 2ފަހަރު ބޭރުކޮށްލީ. އެހެންވީމަ އަޅުގަނޑުމެން ގަބޫލު ކުރަނީ މި ހުރިހާކަމެއް ތަރުތީބުވެގެން މި ދަނީ ރައީސް ޔާމީންގެ ޝަރީއަތަށް އެމީހުންނަށް ބޭނުންވާ ގޮތަކަށް ނުފޫޒުފޯރުވޭނެ ގޮތްތަކެއް ހޯދުމަށްޓަކައޭ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله

އިދިކޮޅުން ބުނީ ރައީސް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ލަސް ކުރުމަކީ އެމަނިކުފާނުގެ އިންތިޚާބީ ހައްގަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށެވެ. އަދި އެއީ އެކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

އެކަން ފާހަގަކުރައްވާ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފު ބަލައިގަތުމާމެދު ގޮތެއް ކަނޑައަޅާ އެމައްސަލަ ފަށައިގަންނަންދެން އިދިކޮޅު ލީޑަޝިޕުން ކޯޓަށް ވަޑައިގެން އެވާހަކަ ހުށައަޅުއްވާނެ ކަމަށެވެ. އަދި އެ މައްސަލަ އަވަސްކުރުމަށް އެދި ކޯޓުގައި ދަންނަވަމުން ގެންދާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.