އިދިކޮޅު ލީޑަރޝިޕުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
08 Mar 2023 | 14:32
ހައިކޯޓުގެ ރަޖިސްޓްރާ ބައްދަލު ނުކުރަނީ ސަރުކާރުން އަންގައިގެން: އިދިކޮޅު

ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުން ދިގުލައިގެންދާތީ އިދިކޮޅުގެ ކޯލިޝަންގެ ލީޑަޝިޕުން ހައިކޯޓަށް ވަޑައިގެން ކޯޓުގެ ރަޖިސްޓްރާއާއި ބައްދަލުކުރުމަށް އެދުމުން، އެބޭފުޅާ ބައްދަލު ނުކުރައްވަނީ ޖޭއެސްސީން އަންގައިގެންކަމަށް އިދިކޮޅު އިއްތިހާދު ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެ އެވެ. 

އާރަށު މުއާމަލާތާއި ގުޅުވާ ރައީސް ޔާމިންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އެމަނިކުފާނު ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ނިމިފިޔަ ފެބުރުއަރީމަހުގެ 21 ގައެވެ. އެހެން ނަމަވެސް އެ މައްސަލަ ހުށައެޅިތާ ދެ ހަފްތާ ވާންދާއިރު ކޯޓުން އަދި މައްސަލަ ބަލައިގަތުމާއި ގުޅޭގޮތުން ގޮތެއް ނިންމާފައެއް ނުވެއެވެ. 

އެހެންކަމުން، އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުން ލަސްވެ ދިގުލައިގެންދާކަން ފާހަގަކުރައްވާ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕުން ވަނީ އެކި ފަހަރުމަތިން ހައިކޯޓަށް ވަޑައިގެން ހައިކޯޓުގެ ރަޖިސްޓްރާއާއި ބައްދަލުކޮށް އެ މައްސަލަ އޮތް ހިސާބެއް ހޯދުމަށް މަސައްކަތް ކުރައްވާފަ އެވެ. 

އެގޮތުން މިއަދުވެސް އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕް ބޭފުޅުން ހައިކޯޓަށް ވަޑައިގެންފައިވާއިރު މިއަދުވެސް އެ ބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ ދެކޮޅު ހައްދަވާފަ އެވެ. 

ހައިކޯޓުން ނިކުމެ ވަޑައިގެން މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ހައިކޯޓުން އަމަލުކުރަމުންދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ކަމަށެވެ. އަދި ހައިކޯޓުގެ ރަޖިސްޓްރާ ވާދަވެރި ސިޔާސީ ޕާޓީގެ ލީޑަރުންނާއި ބައްދަލުކުރައްވަން ޖެހޭ ގާނޫނެއް ނެތްކަމަށް ވިދާޅުވަމުންދާ ކަމަށެވެ. 

"އަޅުގަނޑުމެން ސުވާލުކުރިން ކޮން ގާނޫނެއްގެ ދަށުންތޯ ބައްދަލު ނުކުރަނީ. އެބޭފުޅުން ވިދާޅުވަނީ ކޮން ގާނޫނެއްގެ ދަށުން ހޭ ބައްދަލުކުރަން ޖެހެނީ. އަޅުގަނޑުމެން މި ދަންނަވަނީ އޭ ގާނޫނު އަސާސީގެ ދަށުން. ގާނޫނު އަސާސީގެ ދަށުން ބައްދަލުކުރަން ޖެހޭ މައިގަނޑު ސަބަބަކީ ދައުލަތުގެ ކަންކަމާއި ހަވާލުވެ ތިއްބަވާ ބޭފުޅުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ބޭފުޅުން"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި މައްސަލައާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއާއި އެމަނިކުފާނުގެ ފަރާތްޕުޅުން އައްބާސް ކިޔާ ބޭފުޅަކު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އިދިކޮޅު އިއްތިހާދުގެ ލީޑަރުންނާއި ބައްދަލުކުރަން ހައިކޯޓުގެ ރަޖިސްޓްރާއަށް ކެރިވަޑައި ނުގަންނަވާކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. 

އޭގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މިއީ ރޭވިގެން ހިންގާ ކަމެއްކަމަށެވެ. އަދި މީގެ ފަހަތުގައި އިންތިހާއަށް ނުފޫޒު އޮތްކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ރައީސް ނަޝީދުގެ ބޮން ގޮއްވާލި މައްސަލައާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާއާއި ބައްދަލުކޮށްފި އައްބާސް ފާއިޒް ކިޔާ ބޭފުޅެއް. ބައްދަލުކޮށްފަ އޭނާ ޓްވީޓުވެސް އެބަ ކުރޭ. އެކަމަކު އަޅުގަނޑުމެންނަކަށް ރައީސް ޔާމިންގެ މައްސަލައާއި ގުޅޭގޮތުން މިގަތުގެ ރަޖިސްޓްރާއާއި ބައްދަލުވާގޮތެއް ނުވޭ. އެހެންވީމަ މިއީ ރޭވިގެން.. އަޅުގަނޑު ހަމަ ތަކުރާރުކޮށް މި ދަންނަވަނީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މި އޮތީ ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއަށް ވަދެފަ"

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله 

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދެ ދައުވާވެސް ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ހައިކޯޓުން ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ޔާމީންގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.