އަމީނިއްޔާ އަދި މަޖީދިއްޔާ ލޯގޯ
ހަބަރު
08 Mar 2023 | 17:33
އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތް: ދެ ސުކޫލެއްގެ ދަރިވަރުންނާއި ބެލެނިވެރިން މާރާމާރީ ހިންގައިފި

މާލޭގެ ދެ ސުކޫލެއްގެ ދެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަންފަށައިފި އެވެ. 

މި މާރާމާރީ ހިނގާފައިވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 5:15 ހާއިރުއެވެ. އަދި މާރާމާރީ ހިންގާފައިވަނީ މަޖީދިއްޔާ ސުކޫލްދަރިވަރެއް އަމީނިއްޔާ ދަރިވަރެއްގައިގާ ޖެހުމުންނެވެ.  ހަމަ ނުޖެހުން ހިނގި ދަރިވަރަކީ މަޖީދިއްޔާ ހޭންޑްބޯލް ޓީމުގައި ހިމެނޭ މެންބަރެއް ނޫނެވެ. 

އެގޮތުން އިއްޔެ ކުރިއަށް ދިޔަ ހޭންޑްބޯލް މެޗަކަށްފަހު، މަޖީދިއްޔާ ސުކޫލްގެ ދަރިވަރު ވަނީ އަމީނިއްޔާގެ ދަރިވަރު ގައިގައި ޖަހާފައެވެ.  

މި މަންޒަރު އެތަނަށް އެއްވެ ތިބި އެތައް ބަޔަކަށް ފެނިފައިވާއިރު، ފުލުހުން ވަނީ އެތަނަކަށް ގޮސް އެކަން ހައްލު ކޮށްފައެވެ. 

އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވޮއިސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މާލޭގެ ދެ ސުކޫލެއްގެ ދަރިވަރުންގެ މެދުގައި މާރާމާރީ ހިންގި މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. 

މި މައްސަލަ އާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ވޮއިސް އިން ތަކުރާރުކޮށް ގުޅައި މެސެޖު ކޮށްގެންވެސް ބަހެއް ލިބޭ ގޮތެއް ނުވިއެވެ. 

ކޮމެންޓް
ޏ.
ތިބަހެއް ނުލިބޭނެ. ދާދިފަހުން ހުޅުމާލޭގެ ސްކޫލަކަށް ވަދެ މަރާމާރީ ހިންގި ބެލެނިވެރިޔާގެ މައްސަލަ ވެސް އެމީހުން ސިއްރުކުރަން މަސަައްކަތްކުރީ.
08 Mar 2023
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.