ބިލަތްދޫ ދާއިރާގެ މެމްބަރ އަހްމަދު ހަލީމް
ހަބަރު
08 Mar 2023 | 16:52
ސިނަމާލެ ބްރިޖަކީ ރައީސް ޔާމީން އެޅުއްވި ބްރިޖެއް ނޫން: އަހުމަދު ޙަލީމް

ސިނަމާލެ ބްރިޖް އެޅުނީ އެމްޑީޕީ އިން ގެނައި ސިޔާސީ އިސްލާހު ތަކުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރ އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ހަލީމު ވިދާޅުވީ މި ރާއްޖޭގައި ތަރައްގީގެ މަސައްކަތްތައް ކޮށްދިނީ 2018 ގެ ފަހުން އުފެދުނު އެމްޑީޕީގެ ސަރުކާރަކުން އެކަނި ނޫން ކަމަށެވެ.

"2018 ގައި އުފެދުނު އެމްޑީޕީ ސަރުކާރަކުން އެކަންޏެއް ނޫން ކަންކަން ކޮށްދީފަ އޮތީކީ، ކަންކަން ކޮށްދީފަ އެބެއް 2008 ގައި އުފެދުނު އެމްޑީޕީ ސަރުކާރުންވެސް، ވިދާޅުވެދާނެ ޕީޕީއެމް ބޭފުޅުން އެއީ ރައީސް ޔާމިން އެޅުއްވި ބްރިޖެކޭ، ނޫން އެއީވެސް އެމްޑީޕީ އިން މިގެނައި ސިޔާސީ އިސްލާހާއި އެކީގައި ގެނައި ޕާޓީ ނިޒާމުގެ ސަބަބުން އެޅުނު ބްރިޖެއް އެއީ، އެއީ ރައީސް ޔާމިންގެ މޮޅު ކަމުން އެޅުނު ބްރިޖެއް ނޫން، އެމްޑީޕީ މަގުމައްޗަށް ނުކުމެ ގެނެވުނު ބަދަލުގެ ނަތީޖާ އެވެސް" ދޮންބިލެތް ހަލީމްގެ ވާހަކައިގައި ވިދާޅުވިއެވެ.

އަދި އިތުރަށް އޭނާ ވިދާޅުވީ މިއަދު ރާއްޖެއަށް ގެނެވިފައިވާ ތަރައްގީގެ ބަދަލަކީ އެމްޑީޕީ އިސްވެ އޮވެ ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ނިކުމެ ކުރެވުނު މަސައްކަތުން އަންނަން ފެށި ބަދަލުތަކެއްކަމަށެވެ.

ސިނަމާލެ ބްރިޖަކީ އެމްޑީޕީ ގެ ސަބަބުން އެޅުނު ބްރިޖެއް ކަމަށް ދޭހަވާ ގޮތަށް ހަލީމް ވާހަކަ ފުޅު ދައްކަވައި ފައިވާ އިރު ސިނަމާލެ ބްރިޖްގެ މަސައްކަތް ފަށައި އެމަސައްކަތް ނިންމައި ފައިވަނީ ވެސް ރައީސް ޔާމިންގެ ވެރިކަމުގައެވެ.

ރައީސް ޔާމިންގެ ތަސައްވުރު ގެ ދަށުން ބްރިޖް އަޅުމުގެ ވާހަކަ ދެކެވުނު ހިސާބުން އެކަމަކީ ނުވާނެ ކަމެއް  ކަމަށް ބުނެ އޭރުގެ އިދިކޮޅު އެމްޑީޕީ އިން އެތައް ފާދުކިޔުންތަކެއް ކިޔައި ފައިވެއެވެ.

މިހާރު މިހިނގާ އެމްޑީޕީގެ ވެރިކަމުގައި ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ފެށިތާ އެތައް ދުވަހެއް ވެފައިވާއިރު އެކަންކުރިއަށް ދަނީ ވަރަށް ދަށް ސްޕީޑެއްގައެވެ.

ކޮމެންޓް
އަސަދު
ދެން ގެނާ އިސްލާހުން މިހާރު ބުރިޖު ނޭޅިގެން ތިއުޅެނީ ކީއްވެތޯ
08 Mar 2023
މަރޭ
ވަރަށްބޮޑު ތެދެއް. ޗައިނާމީހުން އެޅީ.
08 Mar 2023
ސަފޮކޭޓް
ވަޓް ޑިޑް ހީ ސްމޯކް...
08 Mar 2023
ހެޔޮކޮށް
ބުރިޖުގެ ސާވޭއާ. ޑިޒައިނާއި ފަންޑާ ހަމަޔަށް އެމްޑޯޕީން މަސައްކަތް ކުރި، އަދި މިފަދަ ކަމަކަށް ރާއްޖެ ކުޅެދުނީ ސަރުކާރަށް ލިބެންފެށި ޢާމްދަނީގެ ސަބަބުން، އެއީ އެމްޑީޕީގެ ވެރިކަމުގައި ގެނައި ޓެކްސްގެ ނިޒާމުން.
08 Mar 2023
ވ
އެއީއަހުމަދުއާ ކަޑުރަސްގެފާނާ އެޅި ބުރިޖެއްދޯ ހެހެ
08 Mar 2023
ކަނބޯ
މިވަރުގެ މީހުން މިއުޅެނީ.ޔާމީނު އެޅި ބުރިޖެއް ވީމަ ނާރަންވެސް އުޅުނު މީނަ.އެކަމަކު މިހާރު މިކިޔަނީ ޔާމީނު އެޅި ބުރިޖެއް ނޫނޭ.މިތިބީ މޮޔަވެފަ.
08 Mar 2023
މުޖުތާޒު
ތެދެއްއެބްރުޖުއެޅީ ހިންނަވަރު ދަވާލިކަލޭގެ
09 Mar 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.