އިއްޔެގެ ރެއިޑް ގައި ޝަހީދުވި މީހުންގެ ޖަނާޒާއަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައި
ހަބަރު
08 Mar 2023 | 18:02
އިއްޔެ އިޒްރާއިލުން ހިންގި ޢަމަލުތަކާއި ދެކޮޅަށް ފަލަސްޠީނުގައި މުޒާހަރާކުރަނީ

އިއްޔެ އިޒްރާއިލުން ހިންގި އަނިޔާވެރި ޢަމަލުތަކާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

އިޒްރާއިލުން ފަލަސްޠީނުގެ ޖެނީންގައި އިއްޔެ ހިންގި މިލިޓަރީ ރެއިޑެއްގައި ވަނީ ފަލަސްޠީނުގެ 6 މީހަކު ޝަހީދުކޮށްލައިފައިވެއެވެ. ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފައިމިވަނީ އެ ކަމާއި ގުޅިގެންނެވެ.

ޖެނީން އާއި ނާބުލުސް އާއި ރާމައްﷲ ގެ ވިޔަފާރިތައް ބަންދުކޮށް ވިޔަފާރިވެރިން ވެސް ވަނީ މުޒާހަރާގައި ބައިވެރިވެފައެވެ. ސްކޫލްތަކާއި ޕަބްލިކް އިންސްޓިޓިޔުޝަންތައްވެސް މުޒާހަރާ ތަކުގައި ބައިވެރިވުމުގެ ގޮތުން ބަންދު ކުރަން ނިންމިއެވެ. ނަމަވެސް ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ބުދަ ދުވަހަކީ ބަންދު ދުވަހަކަށް ވަނީ ސަރުކާރުން ހަދައިފައެވެ.

"މި މުޒާހަރާއަކީ ޖެނީންގައި އިއްޔެ އިޒްރާއިލު ސިފައިން ޖެނީންގެ ރެފިޔުޖީ ކޭމްޕްގައި ހިންގި އަނިޔާވެރި ޢަމަލުތައް ކުށްވެރިކޮށް އެކަމަށް ދެކޮޅު ހެދުމުގެ ގޮތުން ކުރެވޭ މުޒާހަރާއެއް،  އިއްޔެގެ ރެއިޑްގައި 6 މީހަކު ޝަހީދުކޮށްލައިފައިވޭ އަދި އެތައް ބަޔަކު ވަނީ ޒަހަމްވެފައި" ފަލަސްޠީނުގެ ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކި އިސާމް ބަކްރް ބުނެފައިވެއެވެ.

އަންގާރަދުވަހުގެ ރޭ އިޒްރާއިލް ސިފައިން ޖެނީންގެ ރެފިޔުޖީ ކޭމްޕަށް ވަދެ ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބުބުން 6 މީހަކު ޝަހީދުވެ 26 މީހަކު ޒަހަމްވެފައިވާއިރު ވަޒަން އެރުމުގެ ސަބަބުން 3 މީހެއްގެ ހާލު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ފަލަސްޠީނުގެ ޖެނީން އިން ރިޕޯޓު ކުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނެފައިވަނީ ފިހާރަތައް ބަންދުކޮށްފައި ވާކަމަށާއި، ފަލަސްޠީނުގެ މަގުތަކުގައި ރުޅިވެރިކަމުގެ އިހްސާސްތައް ފެތުރުފައިވާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް އިޒްރާއިލް ސިފައިން ފަލަސްޠީނުގެ 68 މީހަކު ޝަހީދު ކޮށްލައިފައިވާއިރު، އިޒްރާއިލްގެ ޔަހޫދީ ރައްޔިތުން ފަލަސްޠީނުގެ ފަސް މީހަކު ޝަހީދު ކޮށްލައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.