އިޒްރާއިލް ސިފައިން ހަތިޔާރާއި އެކު ހަރަކާތްތެރިވަނީ
ހަބަރު
09 Mar 2023 | 16:40
އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލައިފި

އިޒްރާއިލް ސިފައިން ފަލަސްޠީނުގެ ޖެނީންގައި ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްޠީނުގެ ތިން މީހަކު ޝަހީދުކޮށްލައިފިއެވެ.

މިތިން މީހުން ޝަހީދުކޮށްލުމުގެ 48 ގަޑިއިރު ކުރިންވެސް އިޒްރާއިލް ސިފައިން ހިންގި މިލިޓަރީ ރެއިޑެއްގައި ޖެނީން ސިޓީ އިން 6 މީހަކު ޝަހީދު ކޮށްލައިފައިވެއެވެ.

ފަލަސްޠީނުގެ ހެލްތް މިނިސްޓްރީ އިން ބުނެފައިވަނީ ޝަހީދު ވެފައިވަނީ 22 އަހަރާއި 26 އަހަރާއި ދެމެދުގެ ތިން ޒުވާން ފިރިހެނުން ކަމަށެވެ.

މިތިން ޒުވާނުންގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފައި ވަނީ ޖަބާ ޕްރޮވިންސްގެ މަގުމަތީގައި ކާރެއްގެ ތެރޭގައި ތިއްބައެވެ. އިޒްރާއިލްގެ ސްޕެޝަލް ފޯހުން، އަންޑަރކަވަރ ޕޮލިހުން ހިމެނޭގޮތަށް ކުލަހެދުމުގައި ތިބެ ވަނީ ޖަބާ އަށް ވަދެ ރެއިޑެއް ހިންގައިފައެވެ.

އިޒްރާއިލްގެ އޮތޯރިޓީ ތަކުން ބުނެފައިވަނީ ބޯޑަރ ޕޮލިހުން ހިމެނޭގޮތަށް މިހިންގުނު އޮޕަރޭޝަނަކީ އިޒްރާއިލްގެ ފޯސްތަކަށް ހަމަލާދިނުމަށް ތައްޔާރުވަމުންދިޔަ ބަޔަކު ހައްޔަރުކުރުމަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އަލްޖަޒީރާގެ ޖާރުއްސަލަމް ބިޔުރޯގެ ޗީފް ވާލިދް އަލް އޮމަރީ ބުނެފައިވަނީ މިއަދުގެ ހަމަލާގައި ޝަހީދުވެފައިވަނީ ޖަބާ ބްރިގޭޑްސްގެ 3 މުޖާހިދުން ކަމަށެވެ. ހަމަލާތަކުގައި ޝަހީދުވި ތިން މީހުން ތިބި ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.